މާލެ ސަރަހައްދު ކައިރިއިން އިތުރު ބިމެއް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަގުތު"އަށް މިއަދު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ރާވަމުންދާ ކަމަށެވެ. ބިން ހިއްކަނީ ކޮން ސަރަހައްދަކުން ކަމެއް ނުވަތަ ދޫކުރަނީ ކިތައް ގޯތިތަކަން އަދި މިހާތަނަށް ނިންމާފައިނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި "މިއަހަރު ފަހުކޮޅު ޕްލޭން" އިއުލާން ކުރެވިގެންދާނެއެވެ.

މާލެއާއި ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއްދީގެން ސަރުކާރުން ދަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މާލޭގެ ރައްޔިތުންނަށް ބިން ދޫނުކުރާތީވެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ދަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ފާޑުކިޔަމުންނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރަށްވެހިންގެ ތެރެއިން ގޯއްޗެއް ނެތި 5،122 އާއިލާ އެބަ ތިބި ކަމަށެވެ. އެފަދަ މީހުންނަށް ދިރިއުޅޭނެ ވަކި ތަނެއް ނެތްއިރު މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި މާލެ ރަށްވެހިންނަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.

މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ވިދާޅުވެފައެވެ. ރައީސް ވަނީ ބޯހިޔާވަހިކަމަށް ހާއްސަ ދެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އޭގެ ތެރެއިން އެއް މަޝްރޫއަކީ ލޯން މަޝްރޫއެއް ކަމަށް ވިދާޅުވެފައެވެ. އަނެއް މަޝްރޫއަކީ މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މާބޮޑު ތަފްސީލަކެއް ރައީސް ހާމައެއް ނުކުރައްވައެވެ.

މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަކީ މި ސަރުކާރުގ ރިޔާސީ ވައުދަކަށްވީ ނަމަވެސް މި ދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށި ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާއިރު އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެމްބީސީސީއާއެކު އެގްރިމަންޓް ކޮށްފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނަރުދަމާ ނިޒާމުގެ ވެރިކަން

    ތިކަން ނުވެއުޅުނިކޮށް މިއަންނަ ސަރުކާރުގަ ބަދަލުވާނެ ނޫނީ ވޯޓުލިބި ވެރިކަމުގެ ބާރުލިބުމުން ބަދަލުވާނެ.
    # ނޯގޯތި ނޯވޯޓު
    # ކެހިވެރި ފަތިސް

    19
  2. މާލޭ މީހާ

    ނޯ ގޯތި ނޯވޯޓް ދެން.

    15
  3. ރާއްޖެ

    މާލެ ބުރި ބުރިއަށް ނަގަންވީ ނޫންތޯ؟ އަސްލަންޓޭގެ ޕްލޭންތައް އަޑު އަހާ މިހާރު ފޫހިވެއްޖެ.

    13
    1
  4. ހުސޭނުބޭ

    އިތުރު ކޮންތަނެއް ހިއްކަނީ. އޮތީ ގުޅީފަޅު. ވިލިވާލޭ ފަޅުގައި އޮންނާނެ ކުޑަ ތަންކޮޅެއް! މަށަށް ހީވަނީ މީހަކު ރުޅިއައިސްގެން ބޮނޑުއެއް އެޅީމާ އޮއިތާރަޖަހާ ތާވަޅެއްހެން ތެޅޭ މީހެއްހެން މީނައަކީ!

  5. ޔާންޔާ

    ކޮންމެހެނެއް މާލެ ރައްޔިތުންނައް ގޯއްޗޭ ދެން ކިޔާނެ ކަމެއް ނެއް . ބަދަލުވެ ނިމިޖެ . ތިޔަބުނާތަނެއް ދުވަހަކުވެސް ނުފެނާނެ ، އަދި ތިޔަތާކައް ވަދެވޭނެ ދުވަހެއް ވެސް އިނގެނީކީނޫން .
    ދެން އޮތީ އެހެން ސަރުކާރެއް ، ވަޒީރުކަމުގައި ބާކީ ދުވަސްކޮޅު ޗުއްޓީ ހޭދަކޮށްލައވާ .

  6. ޢަދުރޭ

    އަސްލު ބޭނުމަކީ އިންޑިޔާ ކުންފުންޏަކާ ބިން ހިއްކަން ޙަވާލްކޮށްފަ ކަޓަށް ބައެއް ނެގުން . ހިއްކާފަ ހުރި ބިންތަކުންވެސް މާލޭ ރައްޔިތުންނަށް ގޯތި ދެވޭވަރު ޖާގަ އޮއްވާ އެހެން މަޝްރޫޢެއް ފެށުމުގެ ބޭނުމަކީ އަމިއްލަ ޖީބައް ބައެއް އެޅުން

  7. އެހެންދީ

    މާލެ އާޢި ހުޅުމާލެއަށް ރަށްރަށުމީހުން ގެނެސް ފުރާލައިފަ މާލޭ މީހުން މާލެއިން ބޭރުކުރަނީ….ވަރަށް ސަޅި…

    6
    1
  8. ބޭބެ

    ނަމުގައި ތިމާވެށި ބައްޕަ ހިއްކަނީ ފަޅުތަކާއި ކަނޑުތައް ބޮޑު ޖޯކެއް މީ...

  9. ހަނާ

    ކޮބާ ދަފުތަރުމިހުން އޭނެތް ބައެއްތޯ؟ އެހެންނޫނީ އުވާލާ..

    5
    3
  10. ސައީދު

    ފުލުހުންގެ ފުލެޓުތައް ނިންމަން ބަޔަކާ ހަވާލު ނުކޮށް ދަންމަމުންދާތާ ކިހާ ދުވަހެއް ވެއްޖެތޯ.

  11. އަޙުމަދު

    ގިރާވަރު ކާރީގައި ފަޅެއް އޮންނާނެ، އަދި އެނބޫދޫ ފަޅުގައި ވެސް ޖާގަ އޮންނާނެ، އަދި ކ. މާފުށި ފަޅުގައި ވެސް ޖާގަ އޮންނާނެ، މީގެ އިތުރަށް ދިއްފުށި ފަޅާއި، ކާށިދޫ، ގާފަރު ފަޅު ގެ އިތުރަށް ރިހިވެލި ރިސޯޓް ފަޅުވެސް ކުޑައެއް ނުވާނެ.

  12. ޖާބެ

    މާލެގެ ވޯޓު 100% ރ.ޔާމީނައް

    4
    2
  13. ޏ

    މޑޕ ގެހިޔަޅު ދަނތުރާ ގައި ޖެހޭނެ މާލެ ރައްޔިތަކު މިހާރު
    ނެތެވެ 2023 އަކީ މޑޕއޭ މިކިޔާ ނަންފިލާ ގަނޑު
    ގޮނޑަށް އެއްލާލެވޭނެ ތާރީޚެވެ.

    7
    1
  14. ހާލުފޮޅި

    ކޮންމެ ފަހަރަކުވެސް ފަށަނީ މާލޭ މީހުނަށް ދޭ ނަމުގަ.. ބަހާލަނީ އަތޮޅުތެރޭ ރައްޔިތުންނަށް.. މާލެ، ހުޅުމާލެވެސް، މިބައިމީހުން އަރާ ފުރައިފި..

  15. ވާވާ

    އަހަންނަކީ މާލޭ މީހެކެވެ. ގިނަ ކުދިން ދިރިއުޅުނީ އެއްކޮޓަރިއެއްގައެވެ. ބައްޕައަށް ލިބިފައިވާ ގޭގައި ޖާގަ ހުރިވަރުން ތިމާގެ މީހުންނާއި ރައްޓެހިންވެސް އައިސް ސިޓިންރޫމުގައި ނިދާހަދައެވެ. ހުޅުމާލެއިން ގޯތި ދޫކުރުމަށް ޢިއުލާން ކުރުމުން ސަރުތު ހަމަވާ ހުރިހާ މީހުން ލިއެވެ. އަދި ގޭގައި އުޅުނު އެހެން ރަށެއްގެ މީހަކުވެސް ލިއެވެ. އޭނާއަކީ އަންބެތް ދަރިއެއް ހުރިމީހެތް ނޫނެވެ. ހަމައެކަނި ބަލަންޖެހެނީ މަންމައެވެ. މަންމަ އުޅެނީވެސް ވަޒީފާގައެވެ. ކަންވީ މުޅިން އެހެންގޮތަކަށެވެ. އޭނާއަށް ހުޅުމާލެއިން ގޯއްޗެއް ލިބުނެވެ. ބައްޕަގެ 10 ދަރިންނަށް ނުލިބުނެވެ. މިހާރު އޭނާއަކި ހުޅުމާލޭގައި ދިރިއުޅޭ މީހެކެވެ. އަމިއްލަ ގޭގައި ގެއިން އެހެން ފުލޯތައް ކުއްޔަށް ދީގެން އުފަލުގައި އުޅޭ މީހެކެވެ. އެކަމަކު އަދި ވެސް އަޅުގަނޑު (މާލެމިހާ) މި އުޅެންޖެހެނީ އެއްކަލަ ހާލުގައެވެ. މިކަމަށް ހައްލު ނުހޯދި މާލޭގެ ކަންކަން މިދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

  16. ހަވާސާ ހަމީދު

    މާލޭ ރައްޔަތުންނަށް ފަރެސް މާތޮޑާއިން ބިންދޫކުރަންވީނޫންތޯ އޭތުން ތިޔަ ބޭފުޅާގެ ގެކައިރިން މލޭރަޔަތުންނަށް ބިންދޫކުރެވޭނެ.