ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަޑަ ޖައްސަވާކަށް ވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާނު ވަޑައިގަންނަވާނީ ތަރައްޤީޤެ މަޝްރޫޢުތައް ނިންމަވާ ރައްޔިތުންގެ އުފަލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކަމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ލ.ފޮނަދޫގެ މަގުތަކުގައި ތާރު އެޅަން ފެށުމުގެ ގޮތުން ބޭއްވެވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް ޔާމީނު ގެންގުޅެއްވަނީ ތަފާތު ސިޔާސަތެއް ކަމަށާއި ރައްޔިތުންގެ ލޮލުގައި އަދުން އެޅުއްވުމަށް ރައީސް މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށެވެ.

"އެމަނިކުފާނުގެ ސިޔާސަތަކީ އެމަނިކުފާނު ބިންގާއަޅުއްވާކަށް ކަޑަ ޖައްސަވާކަށް ވަޑައެއް ނުގަންނަވާނެ ރަށްރަށަކަށެއް. ތިބޭފުޅުންނަށް ފާހަގަ ކުރެއްވޭނެ، ކުރީގެ ބައެއް ވެރިން، ރައީސުން ކަންތައް ކުރައްވާ ގޮތަކީ ކަޑަ ޖަނީ ނޫނީ ބިންގާ އަޅައިދެނީ. އެބިންގާ އަޅާއިރަކު ނުބަލާ މިއީ ކުރިޔަށް ދާނެ މަޝްރޫޢު އެއްތޯ، މީގެ ބަޖެޓް ހުރިތޯއެއް. މިއިން އެއްވެސް ކަމެއް ނުބަލާ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމުގެ މަސައްކަތެއް ކުރައްވާތަން ފެނިގެން ގޮސްފައިހުރީ." މިހެން ވިދާޅުވަމުން މުއިއްޒު ވިދުޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީ މިއީ ނޫން ކަމަށާއި ރައީސް ވަގުުތު ހުސްކުރައްވައިގެން ވަޑައިގަންނަވާނީ ތަރައްޤީޤެ މަޝްރޫޢު ތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ދަށައް މަގުހެދުމުގެ ކަނަކަން އައިފަހުން ވަރަށް ބާރު ސްޕީޑެއްގައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާ ކަމަށާއި އަދި ހަމަ އެހެންމެ ފޮނަދޫގައި މިއަދު މަގު ހެދުމުގެ މަޝްރޫޢުއެއް ފެށޭއިރު މިމަސައްކަތްވެސް އަންނަ މަހުގެ ތެރޭގައި ނިމިގެން ދާނެ ކަމަށެވެ.

"އދ.މަހިބަދޫގައި ނުނިމި އޮތް މަގު ހެދުމުގެ މަޝްރޫއު ނިންމައިފިން މިހާރު. ރ މީދޫގައި ނުނިމި އޮތް މަގު ހެދުމުގެ މަޝްރޫއު ނިންމައިފިން. ހއ.ދިއްދޫ އަދި ހދ.ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއުވެސް ވަނީ ނިމިފައި. އަޅުގަނޑުމެންނަށް 4 ރަށެެއް މިހާރު ނިންމައިފިން. މިހާރު ކުރިއަށް ދަނީ މިރަށުގެ ތާރު އެޅުން މިފެށުނީ. މެޝިނަރީޒްއާއި، އަޅުގަނޑުމެން އަތުގައި ހުރި ހުރިހާ އިކުއިޕްމަންޓްސް ބޭނުންކޮށްގެން. ދެން ތާރު އަޅަން ތައްޔާރުވާ ރަށްރަށުގައި އެމަސައްކަތްވެސް ކުރިއަށްދާނެ" ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި މަގުހެދުމަށް ރައީސް ޔާމީންގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކޮށް ވިދާޅުވީ، މަގުހެދުމަކީ ރަށުގެ އުމްރާނީ ތަރައްޤީއަށް ސީދާ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހްމަދު ޔާނު

    ޔާނު އަންނަންވެގެން ރ. މީދޫގެ މަގުތައް އޮތީ މުއިއްޒު ވެފަ، ހަމަ އެހާވެސް ކަޑަކޮށް ހާވާލާފަ އޮތީ

  2. ކަބީރު ޢަޙްމަދު

    މައުމޫނު ކުރެއްވި ކަމަކީ ކޮންމެފަސްއަހަރަކުން ކަޑަ އާކުރުން! 30 އަހަރުގެ ވެރިކަމެއް ނިމުނުއިރު ރާއްޖޭގެ 8 ރަށުގައިވެސް ފާޚާނާ ނޭޅުނު! 4 ރަށުގައި ފެން ނޭޅުނު! ބަދަރު ހެދުނީ 28 ރަށުގައި! އެއްގަމުތޮއްޓާ ގެބުރުތޮށި ލެވުނީ 15 ރަށުގައި! ބިންހިއްކުނީ 11 ރަށުގެ! މަގުހެދުނީ 3 ރަށުގައި ! ޔާމީންގެ 4 އަހަރުގެ ވެރިކަމުގައި އުޅެނީ މީގެ އެތަކެއް ގުނަ މަތީގައި! މިއީ ލިޔެލާ ކޮމެންޓެއްނޫނެވެ. މިއީ ލޮލަށް ފެންނަން ހުރި ޙަޤީޤަތެވެ.

  3. މުރާލިބެ

    އާ ތިބުނީ ރަގަޅަށް ތިޔަބުނާ މީހާ ދަންޏާ ބަރުހަތިޔާރު ގެންދަން ޖެހޭނެ ވިއްޔަ
    ދޮރުން ދޮރަށް ހިގީވެސް ބަޔަކަށް ކުލި ދީގެން