ޖުމްހޫރީ ޕާޓީ އިން ކޯލިޝަންގެ ހުރިހާ ޕާޓީތަކެއް އެއްބަސްވާ ރަނިން މޭޓެއް ދައްކާނެ ކަމަށް އުންމީދު ކުރައްވާކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިގޮތަށް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީއާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު މިހާރު ބާއްވަމުން ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން އެއްބަސް ވެފައި އޮތީ ރިޔާސީ ކެންޑިޑޭޓްވެސް އަދި ރަނިން މޭޓްވެސް ހުރިހާ ޕާޓީތަކަށް އެއްބެސްވެވޭ ފަރާތަކަށް ވާން ޖެހޭނެކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން ޖުމްހޫރީ ޕާޓީ އިންވެސް ހުށަހަޅުއްވާނީ އަޅުގަނޑުމެން އެންމެނަށް ޤަބޫލުކުރެވޭ ކެނޑިޑޭޓް އެއް ކަމަށް"- އިބޫ ވިދާޅުވިއެވެ

އިބޫގެ ވާހަކައިން ފާހަގަވި ގޮތުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހުށަހަޅާ ކޮންމެ ނަމެއް ޤަބޫލު ކުރާކަށް ނުޖެހެއެވެ.

މިގޮތުން އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓް ހާމަކުރެއްވި ގޮތުގައި ޖޭޕީއިން ދައްކާ ރަނިންމޭޓް އަކީ ކޯލިޝަންގެ ހަތަރު ބައިވެރިންނަށްވެސް ގަބޫލުކުރެއްވޭނެ ރަނިންމޭޓެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސަބަބަކީ ކޯލިޝަނުން ނިކުމެ މިތިބީ މިހާރު އޮތް ވެރިކަން ބަދަލުކޮށް ރަތްޔިތުން އެދޭ ވެރިކަމެއް ގެނައުމަށް ކަމަށްވާތީއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ކޯލިޝަނަށް ވަރަށް އުންމީދީ އިންތިހާބެއް ކަމަށާއި ނަމަވެސް ކޯލިޝަނުން އިންތިހާބް ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށް ކޯލިޝަންގެ ރިޔާސީ ކެޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ނޫސްެރިންނާއި ވާހަކަ ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވި ގޮތުގައި ކޯލިޝަންގެ މެނިފެސްޓޯއަކީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށާއި ކޯލިޝަނުގެ އެހެން ބައިވެރިން ހުށައަޅާ ކަންތައްތައް ވެސް މެނިފެސްޓޯ ގައަި ހިމެނިގެންދާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯގެ މައިގަނޑަކަށް ބަދަލެއް ނާންނާނެކަމަށެެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ މެނިފެސްޓޯ އަދާލަތު ޕާޓީ އިން ދަނީ ދިރާސާ ކުރަމުން ކަމަށާއި އަދާލަތުޕާޓީ އިންވެސް މެނިފެސްޓޯއަށް ހުށައެޅުންތަކެއް ހުށައަޅުއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަފްޞާ / މާލ

    މާތްކަލާކޯ!!!!! އަލިބެޔަށް މާކޯ ދޭހެން ތަ ޤާސިމުގެފަރާތުން ރަނިންމޭޓެއް ދޭންވީ! ކަލޭތީ ރަނިންމޭޓް! ކަލެއަކަސް ބާރެއްނޯންނާނެ! ސާބަސް! ޤާސިމު އަދިވެސް ނިދިން ހޭލާކަށް ނުވޭބާއެވެ؟؟؟؟!!!!

  2. ކެޔޮޅު

    ތެދެއް.ޖުމުހޫރީޕާޓީގެ ޒަމާން ވީ އަމިއްލަ ގޮތް ދުކުރަން ވެއްޖެ.ފަހު ވަގުރު ކަންކަން ދުނޔެ ގަބުލު ނުކުރާގޮތަށް މުގާބޭ ކުރަން އުޅުނު ކަހަލަ ކަން ކަން ކުރަން އުޅުނީމަ ކަމަކު ނުދާނެ.

  3. އަބުރު

    އިބޫ...ތިޔައެތިއަތައްނުގޮވަނީސް ކޯލިޝަނުންވަކިވެ އެމްޑީޕީގެ ގޮތުގައި ކުރިމަތިލައްވާ...

    • ސަލީމު

      ގާސިމު އާއެކީނޫޅެވޭނެ ޢޭނަޔަގީނުންވެސް ވޯޓްދޭނެ ޔާމީނު ވައްޓާލަން

  4. ކިނބޫ

    ކިހާރަގަޅު. ޖުމްހޫރީޕާޓީގެ ރަނިންމޭޓެ ދައްކަންވީ އިބޫ ރުހޭމީހެއް. ޖުމްހޫރީޕާޓީގެ ލީޑަރަކީ ގާސިމު.. އެކަމަކު ގާސިމު ބޭނުންމީހަކު ނުލެވޭ އެޕާޓީގަތިބި މޑޕ މީހުންގެތެރޭން މީހަކަށްދޭންޖެހެނީ. އެކަމަކު ހުރިހާ ޙަރަދެކުރަންވީ ގާސިމު... ގާސިމުގެ ސިކުނޑިހުޅުވޭނީ ކޮންއިރަކުންބާ... މިއީ މިހާރު ބޮޑުސުވާލެ. ތިކުނޫޒަށް އެކަނި ހިގާހަރަދުބަލާބަލަ... ދެންއެހެން ކަންތަކަށްދާ ހަރަދު ހިސާބުކުރެވޭތޯ.. އަދާލަތަށް މިއަދަކު ނޯންނާނެ މޑޕއާ ދުރަށްދެވޭކަށްވެސް... އެއަށްވުރެބޮޑަށް ގޯސްހެދިފަ ތިތިބީ.. މޑޕ ގެ މެނިފެސްޓޯއާ ދެކޕޅަށް އެއްމެ ބަހެއް ބުނެލުމުގެ ހިއްވަރެއްނެތް.. ކެނެޑާ ސަފީރު ޖަހާލާ އެއްމެ ފުއްޓަކަކަށް އިންޑިޔާސަފީރު އަލީޒާހިރުގެ ސައިޒު ދައްކާލާނެ އެމީހުންއަތުންކޭ ސުޕާރީ ހުސްޕެކެޓްތަ ދައްކާފަ.. ރަނިންމޭޓަކަށްދީ ޝިދާތާއަށް... އެހެންނޫނީ ނައީއަށް.. ބަލަގަ ޖުމްހޫރީ ޕާޓީގަނެތޭ ގާސިމަށް ވަފާތެރު އިހުލާސްތެރި އެކަކުވެސް... ހުސްގާސިމުގެ ދޮލަނގުން ކާންވެގެން ޖައްސާފަތިބި ބައިގަޑެއްތީ... ރައްޔިތުންނޭ ހޭއަރާ. ތިޔަ ކޯޅޭޝަނަށް ވޯޓުނުދީ.. މިގައުމުގެ ހަމަކެހުމަށް އެދެންޏާ ރޔާމީނަށް ވޯޓުދީ.. ތިޔަބަކު ވެރިކަންލިބުނަސް ނުކޯޅޭނެގޮތަކީ ނެތްގޮތެއްކަމުގެ ހަރެންޓީދީފާނަން ލިޔެފަ... ގަބޫލުކުރޭ...

    • ސަލީމު

      ކަލެއަށްތައެގެނީ

    • ިހޗިހފ

      ތެދެއޯ

  5. ކަޅުބުޅަލާ

    އިބޫ ކަލޭ ބޭނުން ވަނީ ކެންދޫ ދާއިރާގެ ދޮގު ހަދާ ދެފުއް ކެހެރި އަލީ ހުސޭނު ދޯ ބަލަ އަލީ ހުސޭނަކީ ޖުމުހޫރީ ޕާޓީގަ ހުއްޓަސް އެމްޑީޕީގެ ޕަޕެޓެއްކަން މުޅި ދިވެހިރާއްޖޭގެ އެންމެން ވެސް ދަންނާނެ .

  6. ސަލީމު

    ޢިބޫ ޖޭޕީ އިން ރަނިންގ މޭޓެއް ގެންނާކަށްނުފެނޭ މިފަހަރު ޔާމީނު ބަލިކުރަން ގާސިމު ގެ އެންމެން ވޯޓްދޭނެ ތިކަމަށްވާނީ ދެމަސް ދެބަސްވާނެ ގާސިމު އެއީކާކު

  7. ވިލުފުށި

    އިބޫބުނަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހުށަހަޅާ ކޮންމެ ނަމެއް ޤަބޫލެއް ނުކުރާނަމޭ

  8. ގާސިމް

    އަދާލަތުޕާޓީ އިންވެސް މެނިފެސްޓޯއެއް ތައްޔާރުކުރާނީ. އިކޮޅުން ކޭކުބަހަނީ

  9. Abdul Latheef

    ނަޝީދު ގެ ދެވަނަ ދޫ ޙަރަކާތް ކުރަން އަދި އެފެށީ……….ހައްހައްހައް

  10. އަހްމަދު

    ބަލަ ޖުމްހޫރީޕާޓީއައް ރަނިންމޭޓެއްނެރެން ފުރުޞަތުދިނީމަ ޖުމްހޫރީޕާޓީބޭނުންވާމީހެއްދޯނެރެންޖެހޭނީ އެއީ އިބޫއަކާ އަދާލަތަކާބެހޭކަމެއްނޫންދޯ އެހެންވިއްޔާކެންޑިޑޭޓަކީވެސް ހުރިހާޕާޓީއެއް އެއްބަސްވާމީހަކަށްވާންޖެހޭނެދޯ ގާސިމްބޭ ތިޔަބައިމީހުންނައްޚަރަދުކުރުންހުއްޓާލާ ތިޔައީހަމަ ފޫނެތްފަޔައްފެންފުރުންކަހަލަކަމެއް ޚަރަދުގެބޮޑުބައި ކުރަންޖެހޭނީ ގާސިމްބޭ އަމުކުރަންތިބޭނީ އެބޭފުޅުން