ޖުމްހޫރީ ޕާޓީން، ކޯލިޝަނުގެ ރަނިން މޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ގެންނަން ފޮނުއްވައިފިއްޔާ އަދާލަތު ޕާޓީ އަށް ބަލައިގަންނަން އުނދަގޫ ވާނެކަމަށް، އެޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިރޭ، އަދާލަތު ޕާޓީން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، "ވަގުތު" ގެ ނޫސްވެރިޔަކު، އަންހެން ބޭފުޅެއްގެ ނަން ރަނިން މޭޓެއްގެ ގޮތުގައި ބަލައިގަނެފާނެތޯ ސުވާލު ކުރުމުން، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ނަން ބަލައިގަންނަ އުނދަގޫ ވާނެކަމަށާއި ގޮތެއް ކަނޑައަޅާނީ އެޕާޓީގެ މަޝްވަރާ މަޖިލީހުންކަމަށެވެ.

މީގެއިތުރުން، އޭނާ ވިދާޅުވެފައިވަނީ އަންހެން ބޭފުޅަކު ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުން ހުއްދަ ނޫންކަމަށް ގިނަ އިލްމުވެރިން، އަދާލަތު ޕާޓީއަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، ކޯލިޝަނުގެ ރަނިން މޭޓަކަށް ހެދުމަށް ބަޔަކު ދަނީ ކެމްޕޭނު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަފްލާ

    ކޮންމެހެން އައިޝާ ރަނިންމޭޓަކަށް ލާކަށް ނުޖެހޭ އިބު އާއި އައިޝާ ނުވެސް ގުޅޭ

  2. ގާސިމް

    ޖުމްހޫރީ ޕާޓީން، ކޯލިޝަނުގެ ރަނިން މޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ގެންނަން ފޮނުއްވައިފިއްޔާ އަދާލަތު ޕާޓީ އިން ބަލައެއް ނުގަންނަނަން އެޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.