ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ބައެއް ވަކީލުން ސޮއިކުރައްވައި ތައްޔާރުކޮށްފައިވާ ޕެޓީޝަން، ޕީޕީއެމްއާއި އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕުން ބަލައި ނުގަންނަ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ މިއަދު ނިހާން ކުއްވާފައިވާ ޓުވީޓެއްގައެވެ. ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލީހުގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ދައްކަން ޕެޓިޝަންގައި ސޮއިކުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ޕީޕީއެމް އަދި އެމްޑީއޭގެ ޕާލިމަންޓްރީ ގުރޫޕުން އެކަން ބަލައިނުގަންނަ ކަމަށެވެ. ނިހާންގެ ޓްވީޓްގައި ވަނީ މަޖިލީހުގެ އެ ނިންމުން ސައްހަ ކަމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަން ފާހަގަ ކުރައްވާފައެވެ.
Kulli Nurahkaluge Haalathaa Gulhigen Raiyyithunge Majlis in nimmi nimmun Sahkha Kamah SC Amureh Nerefai vanikoh, PG Offeehuge Baeh Vakeelun Majlis ge nimmumakee QA Khilaafu nimmumeh kamah Dhakkan Petition ga Soe kurumakee Hithaama Huri Kameh. PPMMDA PG Group mikan Balaeh Nugannan
— Ahmed Nihan (@ahmed_nihan) February 23, 2018
ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި ގޮތް ސައްހަ ނޫން ކަމަށް ޕީޖީ ދެކެވަޑައިގެން އެކަން ފުލުހުންނަށް ފޮނުއްވާފައި ވާތީ، ޕީޖީގެ އެ ލަފަޔަށް ތާއީދު ކޮށް ޕީޖީގެ 32 ވަކީލަކު ޕެޓިޝަނެއްގައި ސޮއިކޮށްފައިވެއެވެ. ޕީޖީގެ އެ ނިންމުން ބަދަލު ނުކުރުމަށް ވަކީލުންވަނީ އެދިވަޑައިގެންފައިވެ އެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންތަކެއް ވެސް ޕެޓިޝަނެއްގައި ސޮއި ކުރަން މަސައްކަތް ކުރެއްވެވި ކަމަށް ވެއެވެ. ނަމަވެސް ބަންޑާރަނައިބު އަނިލް އެންގެވުމުން އެޕެޓިޝަންގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައެވެ.
ކަލޭތީ އެއްވެސް ކަމެއް ބަލައިގަނެވޭ މީހެއްތަ ކަލޭއާ ދެކޮޅަށް ނިމިގެން؟
މިރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލު ކުރީ އެއީ ޕީޖީ އޮފީހުގައި ތިބި ކޮރަޕްޓް ވަކީލުން ތަކާ ނޫން. މިރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް ލީމީހުން ވެރިކަން ހަވާލު ކުރީ އެއީ ރައީސް ޔާމީން އާއި އެވެ. ޕީޖީ އަށް ނުފޮނުވޭނެ ޕޮލިހަށް މަޖްލީހުން ފާސް ކުރާ ގަރާރެއް އެއީ ސައްހަ ގަރާރެއް ނޫން ކަަމަށް. އެހެން ކަމަށްވާނަމަ ޕީޖީ ޖެހޭނީ ގެއަށް ކަނޑާލަން. އައި ބިލީވް އިން ދިސް. އައި ބިލީވް ދިސްވޭ. އައި ބިލީވް މައި ބިލީވް އިޒް ރައިޓް.
އައްޑޫގައި އިދިކޮޅު މީހުންގެ ހަރަކާތަށް ފުލުހުން ހުރަސް އަޅައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެއް ކޮޅުން އައްޑޫ މީހުން ބުނަނީ އެމެންގެ އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަރުވަން ބޭނުމޭ މިލަވަ ކިޔާފައި ވެރިންނަަށް ތިބޭ މީހުން ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާއި ދެކޮޅަށް ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލާ ބޮޑު ކުށްވެރި އެއް ކަމުގައިވާ ކެނެރީގެ ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން އުޅެނީ އެއީ ރާއްޖޭގެ ބައިތުލް މާލު ދަވާލުން ނޫން ދެން ކޮން ކަމެއްތޭ. ތަމެން ނުޖެހޭނެއޭ މުޒާހަރާ ކުރަން ތަމެންގެ ހާލާއިގެން ތަމެން އުޅެވޭތޯ ބަލާ އިގްތިސާދީ ގޮތުން ކުރިއެރުން ހޯދަން މީހުން އުޅޭ ގޮތަށް އުޅެން ދަސް ކުރަން ވެއްޖެ ނޫންތޭ ނާ ތަހުޒީބު ގަމާރު ގޮތް ތައް ދޫކޮށްލުމަށް ފަހު އައި ބިލީވް ޔޫއާރ ޑެޑް ރޯންގް އައި ބިލީވް މައި ބިލީވް އިޒް ރައިޓް.
ކަލޭ ބޭނުންހާ އެއްޗަކަށް ބެލޭ ގޮތަކަށް ނޫނޭ އޮންނަނީ....
ޕީޖީގެ މިނިވަންކަމާމެދު ޝައްކު. މޮޅުކަމަކީ މިހާތަނަށް އިސްތިއުފާދިން ކުދިންކޮޅަކީވެސް އެމްޑީޕީ ފިކުރުގެ މީހުން ކަމުގައިވުން. މިހާރު ނަޝީދު މަސައްކަތް ކުރަނީ ޕީޖީ އާއި ފުލުހުން ފަތަހަ ކުރަން. މީދެން ކިހާބޮޑުވެއްޖެ ކަމެށް.