އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގެންދަނީ "މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" މި ދެ ޝިއާރު ބޭނުންކޮށްގެން ކެމްޕޭން ހަރަކާތެއް ހިންގަމުންނެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ސޮއި ހޯދުމުގެ ކަންކަން ކުރިއަށް ގެންދެއެވެ.

އިދިކޮޅުގެ އެކްޓިން ލީޑަރު އަދުރޭ ހިމެނޭހެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ފުލުހުންގެ އިދާރާއަށް ވަޑައިގަތީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވެގެން އޭގެ ތަހުގީގުގެ މައުލޫމާތު ހޯދުމަށެވެ.

ފުލުހުންގެ އިދާރާ ކައިރީ ނޫސްވެރިންނާ ބައްދަލު ކުރައްވައި، އަދުރޭ ވިދާޅުވީ، އިދިކޮޅުގެ ލީޑާޝިޕުން ވަޑައިގަތީ ސީޕީ ހަމީދުއާ ބައްދަލު ކުރަން ކަމަށާއި ނަމަވެސް ސީޕީ ހަމީދުއާއި ޗީފް އޮފް ޑިފެންސް ފޯސް ހުންނެވީ އިންޑިއާގައި ކަމުން ބައްދަލުވެވޭ ގޮތް ނުވީ ކަމަށެވެ.

"ސީޕީގެ ސެކްރެޓަރީ ވިދާޅުވީ އިންޑިއާ އައުޓްގެ ކަންތަކުގައި އިދިކޮޅުން ކުރަމުންދާ މުޒާހަރާއާ ގުޅިގެން ސީޕީ ހަމީދު އާއި ޝަމާލް ހުންނެވީ އިންޑިއާގައި ކަމަށް، އެހެންވެ އަޅުގަނޑުމެންނާ ބައްދަލު ނުވެ ދިޔައީ، މާލޭގައި ނެތުމުން އެ ކަން އެހެންވީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ބައްދަލުވުމެއް އިންތިޒާމު ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ހަމީދުއާއި ޝަމާލް ރާއްޖޭން ބޭރުގައި ހުންނެވިޔަސް މި ތަހުގީގު ނިންމަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ގާޒީއެއްގެ އަޑު ދިމާނުވާ ކަމަށް ވިދާޅުވިޔަސް، އިދިކޮޅުން އެދެނީ ބައިނަލްއަގްވާމީ ފޮރެންސިކް ތަޖުރިބާކާރަކަށް ހަވާލުކޮށްގެން އެ އޯޑިއޯތަކުގެ ހަގީގަތް ހޯދުމަށެވެ.

"ޖޭއެސްސީއަކީ މި ކަން ބަލާނެ ވަސީލަތެއް މުވައްޒަފަކު ހުރި ތަނެއް ނޫން، ފުލުހުން ވެސް ބުނަނީ މި ތާކު ނެތޭ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެނޭ މި އުޅެނީ، އަޅުގަނޑުމެން އެދުނިން ބައިނަލް އަގްވާމީ ފަރާތްތަކާ ހަވާލުކޮށްގެން ކުރަން، މިހާރު އޭގެ ސާމްޕަލް ބޭރަށް ގެންގޮސްފައޭ ކިޔާ، ޔަގީނެއް ނުވޭ އެއްވެސް ކަމެއް،" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައުޓް

    އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް

    34
    2
  2. ހާލަމް

    ކޮބާ ބޮޑުވަޒީރު އެ ރުޅިއައީ ދެންގެންދާނީ މިއަވަށުގެ މޭޔަރު މޭޔަރައް އަންގާނެ މިކަންތައް ނުހުއްޓުވޭ ކަމައްވަންޏާ
    އިސްތިއުފާދޭން އަހަރެމެން ހަމަގައިމުވެސް އިންޑިޔާއައުޓް ކިޔުމެއް ނުހުއްޓާނަން ކޮންމެސް އެއްގޮތެއްވަންދެން

    14
    1
  3. ހަސަން

    އެއުޅެނީ އިންޑިޔާ އަޑީބަ އޮވެ އެއްބަސް ވުންތައް އޮޅުވާލާ މަތި ޖަހަން

    13
    1
  4. އިބްރާހިމް

    އިންޑިއާ މިލިޓަރީ އައުޓް

    13
    1
  5. ޏަމް

    އިންޑިއާ އައުޓު ގައުމުއިންޑިއާއަށް ވިއްކި ހާއިނުންނަށް ސަލާމަތެއްނުވާނެ ތަހުގީގު ކުރިއަށްދާނެ .

    14
    1
  6. އަލީ

    އިންޑިޔާއައުޓު އިންޑިއާއައުޓުު އިންޑިއާއައުޓު އިންޑިއާއައުޓު އިންޑިއާއައުޓު އިންޑިއާއައުޓު

    12
    1
  7. އަހަރެން

    އެއުޅެނީ އިންޑިޔާ އައުޓް ކެއިންޕެއިން ހުއްޓުވޭނެ ގޮތެއް ބަލަން ހެދުނު ގޮތެއް ހަދައިގެން

  8. އަލީ

    އިންޑިއާ އައުޓް އިތުރު ހިތްވަރަކާއެކު ކުރިއަށްގެންގޮސް މުޅިރާއްޖެއައް ފަތުރާލުމަށް ގޮވާލަން. އަދިމިކަމާގުޅޭ ގިނަމައުލޫމާތު ބޭރުގެ ގިނަ މީޑިޔާތަކާ ހިއްސާކުރުމަށް ގޮވާލަން މިކަމަށް ދިޔެރެސްގެ ނޫސްވެރިން އިތުރު ހިތްވަރުކުރުމަށް ގޮވާލަން.