މޫސުމާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް26 ގައި ބައިވެރިވުމަށް ރާއްޖެ އިން ސްކޮޓްލޭންޑަށް ދިޔަ ވަފްދުގައި ހިމެނޭ އެންމެ ހަގު ބައިވެރިޔާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ބައްދަލު ކުރައްވައިފިއެވެ.

"އައިލެންޑް ބޯއީ" ގޮތުގައި މަޝްހޫރު ހަސަން އަލްމާން ސުޖާއު 7، ސްކޮޓްލެންޑަށް ގޮސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށާއި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވަމުން އަންނަ ގެއްލުންތައް ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް ގެނެސް މުހިންމު މެސެޖެއް ދިނެވެ. މި ސަމިޓުގައި އަލްމާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލިހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކޮށްފައެވެ.

އަލްމާން މާލެ އައުމަށް ފަހު، އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ފިޝަރީޒް މިނިސްޓަރާއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ އަލްމާންއާ އެކު ބައްދަލުވެ ނަންގަވާފައިވާ ފޮޓޯތައް ޓުވިޓާގައި އާންމުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މިނިސްޓަރީ ވަނީ ކަނޑުގެ ދިރުންތަކާއި ރާއްޖޭގެ ތިމާވެއްޓާ ބެހޭ ގޮތުން އަލްމާން ޝައުގުވެރިވާ ކަންކަމުގެ ވާހަކަ ދެއްކި ކަމަށް ބުނެފައެވެ.

މަޖީދިއްޔާ ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރު އެންމެ ފަހުން އާންމު ކުރި ވީޑިއޯއެއްގައި ބުނި ގޮތުގައި، މޫސުމަށް އަންނަ ބަދަލަކީ ހަގީގަތުގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން ހައްލު ކުރުމަކީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އަލްމާން ގަބޫލު ކުރެއެވެ.

އަލްމާނަށް ކޮޕަށް ދާން ފުރުސަތު ލިބުނު މައިގަނޑު ސަބަބަކަށް މި ވީޑިއޯ ވާނެއެވެ. ވިލިމާލޭގައި ނެގި މި ވީޑިއޯގެ ސަބަބުން އެތައް ބަޔަކަށް މި ވީޑިއޯ ކަމުދިޔައެވެ. ގިނަ އަދަދެއްގެ ޝެއާ އާއި ލައިކްސް ވީޑިއޯއަށް ލިބިފައިވެއެވެ.

މި ވީޑިއޯ އާއްމުވުމުން އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާއާ ވެސް ވަނީ އަލްމާންއާ ބައްދަލުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙިނި އަންނަނީ

    ދައުލަތުން އުޅެނީ ލާރިގިނަވެގެން. ޢެސޮރު ގެންގޮސްގެންވެސް ބައްދަލުވީ ދިވެހިގުރޫޕާ.މިހުރީ ކުރާކަންތައް.ދެން އެސޮރަށް ލިބުނު ފުރުޞަތަށް ކޮންގުރާ.

  2. ހެހެހެ

    އައިލޭންޑް ބޯއި ރަށްގިރުން ހުއްޓުވާދޭނެތޯ

  3. Anonymous

    ފިޓް މިނިސްޓަރ

    3
    1
  4. ފަރީ

    އައިލެންޑް ބޯއި އާބެހޭ އިތުރު މައުލޫމަތު ރިޕޯޓެއް ގެނެސްދެއްވުން އެދެން.

    އަދި އެނގެނީ އެއީ މަޖީދިއްޔާ ގުރޭޑު 1ގަ ކިޔަވާ 7 އަހަރުގެ އަލމާންކަން. އަދި ވީޑިއޯއިން ވަރުގަދަ މެސެއްޖެއް ދިންކަން.

    އެވީޑިއޯ ހަދަން މެދުވެރިވި ސަބަބާ، ބެލެނިވެރިންގެ އިންޓަވިއުއެއް، އަދި ވަކިން ހާއްސަކޮށް އަލްމާންގެ އިންޓަވިއުއެއް ކިޔާލަން ވަރަށް ށައުގުވެރިވެ.

    5
    2
  5. އިންޑިއާ ޕަޕެޓް

    އިންޑިއާ ޕަޕެޓް ވިވީނުން އިންޑިއާއިން ދެކޮޅުހެދި ހުރިހާ ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ހުރިހާ ގަރާރުތަކައް ރާއްޖެއިން ދެކޮޅުހެދި.