"މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ނަމުގައި އައްޑޫގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ފަސްޓްލޭޑީގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް އައްޑުއަށް ވަނީ ވަޑައިގެންފައެވެ. އައްޑު އަށް ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ހިމެނިވަޑައިގަންނަވައެވެ. އައްޑުއަށް ވަޑައިގެންނެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ޕީޖީ ލީޑަރު ވިލިމާލޭ ދާއިރާގެ އަހުމަދު ނިހާނާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް އައްޑު އަށް ވަޑައިގެންފައިވެ އެވެ.
#RY2018 Team traveling to Addu City with first-lady Madam Fathimath Ibrahim, to Participate in a Special Rally at Hithadhoo Island. #IstandWithHEPYamin pic.twitter.com/Qx1qbDWIVp
— Ahmed Nihan (@ahmed_nihan) February 23, 2018
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ފަސްޓްލޭޑީ، ތިން ދުވަހުގެ ދަތުރުފުޅެއް އައްޑުއަށް ވަނީ ކުރައްވާފައެވެ.
ސާބަހޭ ކަމަނާ ހިއްވަރުކޮށްލައްވާ ކާމިޔާބަކީ މަސައްކަތް ކުރާ މީހުންގެ ޙައްޤެއް
2018 އަށް ރައީސްކަމަށް ކުރިމަތިލަނީ މޭޑަމްބާ؟ މިހާރު ކަންކަން އޮޅޭ ހިސާބަށް ހިގައްޖެ. ރައީސް ޔާމިން ކެމްޕޭން އޮފީހަކާއި މެޑަމް ކެމްޕޭން އޮފީހަކާ ޕީޕީއެމް އޮފީހެއް ހަދައިގެން މިހަދާ އެއްޗެއް ނޭގުނު.
ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ، މާލޭ އިން 200 މީހުން ގެންދިޔައި މަވެސް ހުސް ބިން ނުފުރުނު.
ފްލެޓްތައްކާލި ކަދުރޭގެޓީމް ތިފެންނަނީ.