މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭ މައްޗަންގޯޅީގައި ހުންނަ ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 15:42 އެހާކަންހާއިރު ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް 37 އަހަރުގެ ދިވެހި ފިރިހެނަކު ފެނިފައިވާ ކަމަށެވެ.
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފަޅު ގެއެއްގެ ތެރެއިން ފެނުމާއި ގުޅިގެން މިވަގުތު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ކުނިވެފައެވެ.
މާލޭގައި ފަޅުގެތައް ހުރޭތަ މިހާރުވެސް މާލެގެ ރައްޔިތުންނަށް ގޯތިދޭން ބިން ހިއްކާވާހަކަ އަޑުއިވެނީ މާލެ ފުރިބާރުވެގެން ހުޅުމާލޭގެވެސް ދެފިޔަވަހި ފުރިބާރުވެފަ އެކަމަކު ފަޅަށް ގެތައް ހުރީމަ ވަރަށް ކާޓޫނު
އެގެ ހަދަންވެގެން ހުސްކޮށްފަ އޮތީ.. ހުޅުމާލެ ތަރައްޤީކޮށް ފްލެޓް އެޅީ މާލެ މީހުނަށް ދޭން، އެތަން ފުރާފަ އެތަނަށް ވެރިވެގެން އުޅެނީ ރާއްޖެތެރޭ މީހުން.. އާއިލާ އެންމެނަށް ގޯތި ހޯދާފަ ގެސްޓްހައުސް ހަދަން ބޮޑުއަގުގަ ގެތައް ކުއްޔަށްދީފަ މުޅި ތަން ވެރިކުރަނީ އެމީހުން.. ނަންވަނީ މާލޭ މީހުން..
ދިވެހި ހުރިހާ ރައްޔިތުންގެ ލާރި މާޅެ މީހުނަށް ފްލެތް އަޅަން ހުހެއް ނުކުރެވޭނެ. ތިމީހުންގެ ގީބުންތަ ލާޜި ދިނީ އެތަން ހިއްކާ އެތަން ހަދަނ.ް ލަދު ކޮބާ
ތިބުނިހެން ތިޔަމީހުންނާހެދި މިހާރު އުޅެވޭކަށްނެތެއްނު. އަހަރުމެން ރާއްޖެތެރޭ ބޭފުޅުން ދޮވެލައިގެން ތިޔަމީހުން އުޅޭއިރު އެވަރުންނުވެގެން އަދިވެސް ތިޔަމީހުންނަށް ގޯތިނުދެވިގެން ތިއުޅެނީ. ޢެކަމުވެސް ފަޅުގޯތި މަދުނުވާވަރަށް މާލޭގަ އެބަހުރި. ކީކޭ ދެންބުނާނީ.
އުމުރު އެގޭ
އެހެންކަމެއް ނޭގޭ
😥
މީހާގެ ވަނަވަރު ޖެހީމަ ދޯ މި ޚަބަރު ފުރިހަމަ ވާނީ ، ކިޔާ މިހާ ޚަބަރު ކިޔާފަ ވާނުވާ ނޭންގިފަ .....
ދެން ފުލުހުން ނަން ބުނާނީ ވަޅުލާ ނިންމާފަ
މާލޭގަ ފަޅު ގެ އެކޭތަ؟
ގޭގެ އުޅޭނެ މީހަކު ނެތިގެން ފަޅުވެފަހުރި ގެއެއް ދޯ....
ޕޯސްޓްމޯޓަމް ނަހަދާތަ މީހަކު މަރާލަފަވެސް އޮވެދާނެ