ކަނޑުމަތީގައި ކުޑަކުދިންތަކެއް ކޮންޓްރޯލް ކުރަންވެގެން އެ ކުދިންގެ ގައިގައި ފުލުހުން ބިޑިއެޅުވުން، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުށްވެރިކޮށްފިއެވެ.

ތުލުސްދޫގައި ހިންގި ކޭންޕެއްގައި ފުލުހުންގެ ފަރާތުން ކުދިންތަކަކަަށް އަނިޔާވި މައްސަލައެއްގައި އަށް ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާކަން އެޗްއާރުސީއެމުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެ ދަތުރުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑިއަޅުވާފައިވުމާއި ބާރަށް ހަޅޭލަވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކުރަން އެޗްއާރްސީއެމުން ވަނީ ޕީޖީއަށް ފޮނުވާފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލު ކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަނޑުމަތީގައި ކުދިން ބިނޑިއެޅުވުމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ، ބިޑިއެޅުވުމުގެ ގަވާއިދަކީ މީގެ 15 ވަރަކަށް އަހަރު ކުރިން އޭނާ ލިޔުއްވެވި ގަވައިދެއް ކަމަށެވެ.

"ކަނޑުމަތީގައި އަމަލުކުރަން ޖެހޭ ގޮތްތަށް ވަރަށް ތަފްސީލުކޮށް އޮންނާނެ ގަވައިދުގައި. ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭނީ ލައިފް ޖެކެޓް" ޝަމީމް ވިދާޅުވިއެވެ. "ހުރިހާ މައްސަލައެއް ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދާނެ" ކަމަށާއި ފުލުހުންނަށް ދައުވާކުރަން ޖެހުމަކީ ސީރިޔަސް އަދި ދެރަ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ އެކަމާއި އުފާވާކަމެއް ނޫން" ކުޑަކުދިންގެ މައްސަލަތަކުން އެއްވެސް ބަޔަކަށް ރެކިނުގަނެވޭނެކަން ދައުލަތް ހިންގަން ތިބި ހުރިހާ ފަރާތަކަށް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި ފުލުހުންގެ އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރަށާއި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނިޝާ ސައީދަށްވެސް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު އެ އޮފީހުން ނިންމީ އެ ދެ މީހުންނަށް ދައުވާނުކުރަންށެވެ. އެ ނިންމުމުގައި ސިޔާސީ އެއްވެސް ނުފޫޒެއް އޮވެގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. ހުރިހާ ކަމެއްގައިވެސް ގޮތް ނިންމާނީ "ލިޔުންތަކަށް" ބެލުމަށް ފަހު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އުގުރި

    ކޮޅެއްގާ ޖެހެންދެން ކަލޭ ކުރީގައި އިދެވަރިކުރި ފޮޅު ޝަހިންދާ ހައްޔަރު ކުރެވޭނެ ގޮތެއް ފެނޭތޯ ބަލާބަލަ.
    ހުސެން ޝަމީމުމީ މާމީހާއް ވުރެން ސަޅިއަގަތަޅާ ބޭފުޅެކެވެ.

  2. ޏނ

    އެ ހެޔޯނއެކުދިން ކިތަށްމެ ނުލަފާކަމެއް ދެއްކިޔަސް ....ކަނޑަށް ވެއްޓި އެދުވަހު ހިތާމަވެރި ހާދިޘާ އެއް ހިނގިނަމަ ޕޮލިހުން ވަރުގެ ނުލަފާ ބަޔަކު ނެތީސް
    ...މީސްތަކުން ވާހަކަ ޤަބޫލުކުރަނީ ތިކަހަލަ ބޭކާރު އަނގަތަކުންގެ

    13
    1
  3. ހުސޭނުބޭ

    އުންސަރު ހަމަވުމެއްވެސް ނެތީތަ؟

    10
    1
  4. މުންޖޭ

    އޭ ވާނުވާ ނޭންގިގެން ނުތެޅިބަލަ ހަމަ ނުޖެހުން ހިންގާނަމަ ބިޑިވެސް އެޅުވެންވާނެ އަދި އެނޫން ކަންކަންވެސް ކުރެވެންވާނެ ލައިފް ޖެކެޓް އަޅުވާފައި ބިޑި އެޅުވިދާނެ އަދި ހަމަ ނުޖެހުން ހިންގާ ބަޔަކު ލައިފް ޖެކެޓް އަޅާނެތަ ނާޅާނެ އެހެން ވީމާ ގަދަކަމުން ކަންކަން ކުރުވާއިރު ބުއްފުޅި ދީގެން އޯކޭ އެއް ނުވާނެ ހެޔޮނުވާނެ ކަލޭ ދޭބަލަ ދުވާ ޓްރެކް ވަށާ ބުރުޖަހަން

    15
  5. Anonymous

    މީވާ އަޖައިބެއް! ގަދަ ހަދާފަ މޫދައް ފުންމާލަން އުޅޭ ބަޔަކު ހުންނާނެތަ ލައިފް ޖެކެޓު އަޅަން ދީގެން😂🤦🏼‍♀️

    14
  6. ޢަލީ ހުސައިން

    ގާނޫނުގަ އޮތް އެއްޗެއް މަނިކުފާނަށް ވިސްނޭ ގޮތަކަށް ތަރުޖަމާ އެއް ނުކުރެވޭނެ. ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު އަމިއްލަ ނަފުސަށް ނުވަތަ ފުރާނަ އަށް ނުވަތަ އެހެނއ ބަޔަކަށް ގެއްލުމެއް ދޭން އުޅޭ ނަމަ އެންމެ ރައްކާތެރި ގޮތަކަށް އޮންނާނީ ބިޑި އެޅުވުން. ކަނޑަށް ފުންމާލަން އުޅޭ ބަޔަކު ލައިފް ޖެކެޓް އަޅާނެ ބާ؟ އެތަނުގެ ހާލަތު އޮންނާނީ އެވަގުތު އެހެން ބާ؟ ބޮޑު ޓައީއެއް އަޅާފަ ފިނި ކޮޓަރީގައި އިނދެގެން ގާނޫނު ލިޔުނީމަ ހަކުރު ވިއްކާ މީހުން ދެއިރު ދެ ދަޅަ އަށް ކޯޓުން އެ ދޫކުރަނީ. އަމާ ބުނީ ތީ ފަރަކަށްނު ފުރަތަމަ ދާންވީ.

    14
  7. Anonymous

    ރާއްޖެ ތާރީހު ދުއްއެންމެ ތާކުނުޖެހޭ ޕީޖީ

    • ޙަބޭ

      ޕީޖީ ގާތު އަހާލަބަލަ، ވ.ރަކީދޫގަ ރަހުމުކުޑަ މަންނަ އެއްގެ އަނިޔާވެރިކަމުގަ މަރާލި ކުޑަ އިބްތިހާލު ގެ މަރުގެ ދައުވާ އުފުލި އާފިޔާގެ ދިފާއީ ވަކީލެއްގެ މަގާމުގަ ހުރެ ދައުލަތަށް ކާމިޔާބް ވިޔަނުދެން މަސައްކަތްކުރީ، ހަމަ އެއީ ކުޑަކުއްޖެއްކަން ނޭގިގެންހޭ.

  8. ސަލް

    މައުމޫނު ޖަލުން ބޭރުކުރަން މަސައްކަތް ކޮއްދިނީމަ ހަދިޔާއަކައް މިލިބުނީ ޕުރޮސެކިއުޓާކަން. ދެންވާނީ މިހެން ނޫންތޯ.

  9. ކޭ

    ޕޮލިހުން ކަންތައްކުރީ ރަނގަޅަށް.

  10. ގަލޮޅު

    ގަލޮޅު މަދަރުސާގައި އަންހެނަކު ކުއްޖަކާ ބެހުމުން ސައްވިސް ގަޑިއިރު ނުވަނީސް ދޫކޮށްލީ މަނިކުފާނުގެ އެންގެވުމަށް އުންސުރު ހަމަ ނުވެއޭ ބުނެ ފިރިހެނަކު އަންހެނަކަށް ބަލައިލި އަސް އުންސުރު ހަމަވޭ ވައި އެޅިލިއަސް އުންސުރު ހަމަވޭ ކޮބައިތޯ ޝިފާގެ ކަރަޕްޝަން މައްސަލަ ކޮބައިތޯ މަހުލޫފު މައްސަލަ ... މަސްލަހަތޭ ބުނެ ހިންދާލަނީ... އިސްލާމިކް މިނިސްޓަރކަން ކުރި ޒިޔާދަށްވީމާ ސާބިތު ނުވީމާ ވެސް ދައުވާ އެހެން މީހަކު ވިއްޔާ ހަމަ އޯކޭ ޒާތީ ވިއަސް ބޮޑު ވަރު ކުރީގެ ނައިބް ރައިސް ޖިހާދު މައްސަލަ ވެސް ބޭސް ފަރުވާ އަށް ފުރިޔަ ނުދީ އަބަދު ދިޔައީ އިސްތިއާނާފު ކުރަމުން މީ ބޮޑު ވަރު އިހުމާލު މައްސަލައެއްގައި ވެސް ބޮޑު ވަރު ތިޔަ ކޮށްލަނީ ތީ ޒާތީ ވުން އިނގިރޭސި ވިލާތައް ނުގޮސް އެމް އެމް ޕީ އާރު ސީގެ މައްސަލާގައި ފައިސާ ނަންގަވާ އެފައިސާތައް ލާނެ އެކައުންޓްތައް ހޯއްދެވީމެއްނޫންތޯ މިކަން އިނގޭތީ މިދަންނާވާލީ

  11. އެހެންޏާ

    ލައިފް ޖެކެޓް އަޅުވާފަ ތިއްބާ އެކުދިން ކަނޑަށް ފުންމާލީމަ ޕީޖީ ފަތާފަ ދާނެވިއްޔަ އެމީހުން ސަލާމަތްކުރަން. އެއީ އޭނައަށް އެކަމުގަ ފެންނަ މަންޒަރަކީ.