އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓް އަންނަ އަހަރު ކުޑަކުރަން ސަރުކާރުން ނިންމާފައިވަނީ އިސްރާފު ކުރުން ކުޑަ ކުރުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ދައުލަތުން އާސަންދައަށް ހަރަދުކުރާ ފައިސާ އިސްރާފުވާ ގޮތަށް އެ ސްކީމް ހިންގުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އެގޮތަށް އިސްރާފުވާން ދުލެއް ނުކުރެވޭނެ ކަމަށެވެ.

"ކުރިން އަދި އެގޮތަށް ކުރެވުނަސް އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް އެއީ ރައްޔިތުންގެ އަތުން ލިބޭ ޓެކްސް އަދި ނޮން-ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ އާސަންދަ ކިޔާ މެކޭނިޒަމް އެއްގެ ތެރެއިން ލީކޭޖަށް، އިސްރާފަށް މަގުފަހިވެފައި އޮތުމަކީ ޒިންމާދާރުކަމާއެކު ކުރެވޭ ކަމެއް ނޫން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މިއީ އާސަންދައިން ދެވޭ ހިދުމަތް މަދުކުރަނީ ނޫން ކަމަށާއި، މަގްސަދަކީ އާސަންދައިން ދެވޭ ހިދުމަތް އެންމެ ކޮލިޓީކޮށް ދިނުން ކަމަށެވެ.

ދިވެހިރާއްޖެ އަކީ މި ސަރަހައްދުގައި ވެސް އެންމެ އަގުބޮޑުކޮށް ބޭސްވިއްކާ އެއް ގައުމުކަން ވޯލްޑް ބޭންކުން މިފަހުން ކުރި ދިރާސާއަކުން ހާމަވެގެން ދިޔަކަން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. ވޯލްޑް ބޭންކުގެ ދިރާސާއަށް ހަވާލާދީ އޭނާ ވިދާޅުވީ ރާއްޖޭގައި ބޭސް ވިއްކާ އަގު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ 75.9 ގުނަަ ބޮޑު ކަމަށެވެ.

މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ "އެކަންކަން އެގޮތަށް ކުރުމަށް ފުރުސަތު ދީގެން ތިބުމަކީ އެއީ އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭއިންސާފުވުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މުރާސިލް

    އިސްރާފުކުރުން ކުޑަކުރަންޏާއި މިސަރުކާރުގައި ބޭނުމެއްނެތި އަދި އެއްވެސް މަސައްކަތެއް ނުކުރާ ސިޔާސީ މަޤާމުތަކަށް ކަނޑައެޅި 450 މިލިއަން ރުފިޔާ ކަނޑާލާށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅު ތަކަށް އެކި ނަންނަމުގައި އިބުރާހިމް މުޙައްމަދު ސޯލިހު ބޮޑެތި ވަފުދުތައް ގޮވައިގެން ކުރާ ބޭކާރު ދަތުރުތައް ހުއްޓާލާށެވެ. އޭރުން އާސަންދައަށް ''އިސްރާފުކުރާ'' ކުރާ ފައިސާއަށްވުރެ މާގިނައިން ''އިސްރާފުކުރާ'' ފައިސާ ސަލާމަތް ކުރެވޭނެއެވެ.

    36
    1
  2. މޫސާ

    ތިޔައީ ހަމަބުއްދި ފިލާހުރި މިނިސްޓަރެއް ޓެކުސް ފައިސާއިން ކާރުކޮޅާ ބޮޑުމުސާރަޔާ އިނާޔައް މިނިސްޓަރަ އޯކޭ ރައިޔަތު މީހާއަތުން ފެލާޓެކުސް ފައިސާއިން ރައިޔަތު މީހާއައް މިންވަރައް ދިއްކޮއްލަން ވީމާ އިސްރާފް ބޭހުގެ އަގު ކުޑަވާނެ އެސްޓީއޯއިން ކޮންޓުރޯލް ކުރީމަ މިކަންއެގޭނެ ކުޑަކުއްޖަކައްވެސް

    32
  3. ބުރާންތިބޭ

    ރައްޔިތުމީހާޔަށް 1 އަހަރަށް 1000000 ބޭސްފަރުވާކުރާންވީމާ އިސްރާފް.1 ދުވަހަށް 33000 އޯކޭ ބޯހަލާކު

    37
  4. ޙހހހ

    މި ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ އަގުބޮޑުކޮށް ވިއްކަނީ ބޭސް އެކަނިތަ. ގެދޮރުގެ ކުލިން ފެށިގެން ދިރިއުޅުމަށް ބޭނުންވާ ހުރިހާ ބޭނުންތަކެއްގެ އަގު އެހެން ގައުމުތަކަށްވުރެ ކުޑަތަ. ރާއްޖޭގަ އެހެން ގައުމުތަކަށްވުރެ ހަމައެކަނި ކުޑަވާނީ ނިކަމެތި ރައްޔިތުމީހާގެ މުސާރަ އެކަނި

    26
  5. ހުސޭނުބޭ

    ވެންޓިލޭޓަރު ވަގުން ތިހެން ބުނާނެ!

    28
  6. ޜަނާ

    ޢިސްރާފް ކުޑަކުރަން މަޖްލިސް މެމްބަރުންގެ ދުފުމާ ސަޔާ ކެއުން ކަނޑާލަ ބަލަ . މުސާރަ އެހާ ބޮޑު އެހާ ބޮޑު އެލަވަންސް އަދި ބޭސް ފަރުވާ ވެސް ހިލޭ . ރައްޔިތުން ސަލާމް ޖެހުމުގަ.

    32
  7. ދިދަ ދަނޑި

    އެ ދޯ އިސްރާފަކަށް ފެނުނީ… އަދިވެސް ކެވޭވަރު މަދީ…

    29
  8. އުގުރި

    ކަލޭމެންނަށް އިސްރާފު ތިޔަ ފެންނަނީ އަދި އިގެނީ ކިހިނެ ކުއްތަ.
    ބަޔެތުއް މާލު ބަޑުއަޅާ ލިޔަސް ނުފުދޭނެ

    23
  9. Anonymous

    ކޮބާތޯ ލީކޭޖަކީ

    12
  10. މޮޔަ

    ކޮސް ވާހަކައެއް. ބޮޑަސް ކުޑަޔަސް އިސްރާފުކުރާމީހުން ކުރާނެ.

    17
  11. ޙަސަނާ

    ރަގަޅު ކުލިނިކުތަކުން މީގެކުރިން ދޭ ހިދުމަތައް ނަގާއަގު މިހާރުވެސް ރައްޔިތުމީހާ އަތުންނަގާފަ އޭގެއިތުރައް އާސަންދައިންވެސް އެވަރުގެ އަދަދެއް އެބަނަގާ...މީވަރައްދެރަ ކަމެއް މިކަންކުރަނީ ބޮޑުންނާއި ސިޔާސީ މީހުންގެ ނުފޫޒުން.

    20
  12. އަލީ

    އާސަންދަ ދުވަހަކު ނެތަސް ކޮން ބލއެއް. އެންމެ މުހިންމު ޒަރޫރީ ހިދުމަތެއް އާސަންދަޔަކުން ނުލިބޭ. މިސާލަކަ ދަތުގެ ހިދުމަތް ލޮލުގެ ހިދުމަތް ވެސް ނަމެއްގަ. ޑރ ދަށްކަން އަހަރުން ނުޖެހޭ ދެއަހަރު ދުވަހުން އެއްދުވަހުވެސް. އަނގާއިގެ ހުރި ދަށްޕިލަ ހަލާކުވެއްޖެ ފުޓުނި ނޭޅި ފަނިކަމުން ގޮސް. އާސަންދައިން އެހިދުމަތެއް ނުލިބޭ

    14
  13. ކާފަބޭ2020

    އެންމެބޮޑު އިސްރާފެއްކުރަނީ ގާނޫނުހަދާކޮށްޓަށް އެބަޖެޓުކުޑަކޮށްލަންކެރޭނެތޯ؟ އުމުރަށްފައިސާދެވޭމީހުނާއި ގާނޫނުހަދާކޮށްޓަށްކުރާހޭދަ ކުޑަކުރަނިކޮށްޑެފިސިޓުކުޑަކުރެވޭނެ އެކަމަކުއެކަމެއްނުކުރެވޭނެ އެއީ ހުރިހާއެންމެންގެ ނަގޫތައް ގޮށްޖެހިފަވާތީ ހުރިހާގޮށެއްހުރީކެންސަރަށްވާރުތަވެފަ އެތަންތަންކަނޑާނަގައިގެނޫނީދެން ރަނގަޅެއްނުކުރެވޭނެދޯ؟

    15
  14. ޖާމުނަގަރު

    ތީ ކާންދޭން ތިބިމީހުންއަށް ކާންދޭން ބޭނުންވަރު ބާކީކުރަން ! އެވަރު އެނެނަށް އެނގޭނެ މިހާރު !

  15. އަލީ

    އާންމު ރައްޔިތަކު ސިއްހީ ބޮޑު ކަމެއް ދިމާވެއްޖެއްޔާ ޖެހެނީ ފޭސްބުކްގަޔާ އޮތިއްޔާ އޮތްތާކު ސަލާން ޖަހަން. މަނިކުފާނުމެން މިޔަރޮދި ކެނޑުނަސް ދަށުނާރަށް ވާންވެލިޔަސް ޖެހޭނީ ރާއްޖޭން ބޭރުގެ ކޮންމެވެސް މޮޅު ދިމާލަކައް ނައްޓާލަން. އެ ހެޔޮވާނެ ދުވާލަކައް ތިރީސް ހާހުން ސާޅީސް ހާހުން ސަރުކާރުން ހަރަދު ކުރަން ޖެހުނަސް. ނިކަމެތި ރައްޔިތުންގެ ބޭސްފަރުވާ ހަރަދު ސަރުކާރުން ކުރަންވީމަ އިސްރާފް!!! ހާދަ އޯގާތެރިޔޭ!!!

  16. ޙަސަން

    އަމީރޫ ނިކަން ޑުޕުލިކޭޓު ތަށް ދުއްވާލަބަލަ. މިސާލަކަށް ކުންފުންޏެއްގައި އުޅޭ ބޭފުޅަކަށް ވިއްޔާ އިތުރު އިންސުއަރެންސް އެބަލިބޭ. ......

  17. ނަސީމް

    މިއީ ރައްޔިތުންގެ މޫނުގައި ޖެހި އެތިފަހަރެއް..ރައްޔިތުން އިސްރާފުގެވާހަކަ ދައްކަންފެށީމަ. ބަލަގަ އިސްރާފުކުރަނީ ޑޮކްޓަރީ ބޭސްކައިކައިފަ ރައްޔިތުންނެއްނޫނޭ.. އެކަން ކުރަނީ ކަލޭމެން ވެރިންނައްތިބެ ބޭކާރު ދަތުރުފަތުރުކުރުމުގައްޔާއި ބަޖެޓްނުކުރެވޭ އަދި ހައްގެއް ނެތްކަންކަމައް އަމިއްލަފައިދާއަށް ފައިސާ ޚަރަދުކޮއްގެން ދައުލަތުން.

  18. އިބްރާހީމް

    އައްޑޫ ސިޓީ ކަހަލަ ފެސެލިޓީ ތައް ގާއިމް ވެފައިވާ ހޮސްޕިޓަލް ތަކުން ޙިދުމަތް ދިނުމަށް ނުކުޅެދިގެން ދުވާލަކު އެތަކެއް ބަޔަކު ފްލައިޓް ޗާޓަރ ކޮއްފަ މާލެ ކިޔާ ތަނަކަށް އާސަންދަ އިން ޚަރަދު ކުރުން އޯކޭ (ބޭސްގުޅަ އޯކޭނޫން)

  19. ގުޑުގުޑާދޫނި

    ހާދަ ހެއްވައޭދޯ. އާސަންދަ ބަޖެޓް ކުޑަކޮށްފަ އިންޑިޔާގެ ހޮސްޕިޓަލްތަކާއެކު އެމް އޯޔޫ އެއްގައި ސޮއިކުރި. ފައްކަވާހަކަ ދެކޮޅުންކާ ވެންދޯ. ފެން ޢާއްމުމީހާ ދާންވީ ސަލާންޖަހަމުން. ޑޮކްޓަރަށް ދައްކަން ވެއިޓްލިސްޓްގަތިންމަސް. އެއްކަލަގަމާރު އިއްޒަތުންނަފްސް ވިއްކާއިގެންތިބެ ގޮނޑިހޫނުކުރާ މެންބަރުންނަށް ހިލޭބޭސްފަރުވާ. ވާހްކިޔާބާތުހޭޖީ.

  20. އަހުމަދު

    ލާދީނީ ނަޝީދު ޖެންގަ ހުންނަން 2މިލިއަން ހަރަދު ވެއްޖެ. ކޮބާ ސެކިއުރިޓީ، ކޮބާ ބޭރުން ކުރިހާ ބޭސްފަރުވާ

  21. އައްނި

    މިހާރުވެސް ގިނަބޭސް ޖެހެނީ ގަންނަން އަދި ފިސާރި އަގުވެސް ބޮޑުކޮއްފަ އެސްޓީއޯއިން

  22. Happy 123

    😡😡😡

  23. ހަސަންބެ

    އާސަންދަ އަށް ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރޭ، އެއީ ރަތްޔަތުން ސަރުކާރަށް ދައްކާ ޓެކްސްލާރިން ކުރާ ޚަރަދެއް، އެއީ ވެންމަސް ވެނަށް ކާންދިނުން، ޔިޔަގޮތަށް އާސަންދަ ކުޑަކުރީމާ، ތިޔަބޭފުންގެ ޖީބަށް ލާންލިބޭ ލާރި ކޮޅު އިތުރުވުން ނޫން ކަމެއް ނުވާނެ.

  24. Happy 12222

    ސަރުކާރުން ބޭކާރު ހަރަދުކުރުން ހުއްޓާލާ އެނިމުނީ ވ ވެދުން!