ދިވެހިން ދީނީ ކަންތައްތަކަށް ސަމާލުކަން ދޭމިންވަރު އެނގި ފުދިއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ މި ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައިއެވެ.ޑރ. އިޔާޒު މިގޮތަށް ޓްވީޓު ކުރައްވާފައި މިވަނީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މީހުންނަން އަލުން ވަޒީފާ ދިނުމަށް ޝައިޙް އަލީ ޒައިދު ގޮވާލާލައްވާފައި ވަނިކޮށެވެ.

ޑރ.އިޔާޒު ވިދާޅުވީ އާ އަހަރު ފާހަގަކުރަން އޭކަން މިއުޒިކް ޝޯ ބޭއްވީ އެކަން ނުކުރަން އިސްލާމިކް މިނިސްޓަރ އާދޭސް ދަންނަވަނިކޮށް ކަމަށާއި މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކި ކުރީ އެކަން ނުކުރުމަށް އިލްމުވެރިން އާދޭސް ކުރަނިކޮށްކަމަށެވެ.

" ފައިކުރި ކުރުކޮށްފައި ތުނބުޅި ދިގުކޮށް ތިބުމުން ވަޒީފާއިން ވަކިކުރި މޯލްޑިވްސް އިމިގްރޭޝަންގެ މުއައްޒަފުންނާއި ދޭތެރޭ ކަންތައް ކުރީވެސް ހަމަ އެގޮތަށް "ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ އިޔާޒު ވިދާޅުވީ އެހެން ކަމުން މި ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭ މިންވަރު އެނގި ފުދިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.ޑރ. އިޔާޒު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހެޔޮ އެދުމަކީ ނުބައި މަގަކުން ދާއިރު އެކަމަށް އިންކާރު ކުރުންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމުމާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަން އިޙްތިރާމް ކުރަން ޖެހޭކަމަށެވެ.

ޝައިހް އަލީ ޒައިދު ވިދާޅުވީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒިފުންނަށް އަލުން ވާޒިފާ ދިނުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ބޭނުން ކުރާ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖެހުމަށް އިލެކްޝަން ކޮމިޝަން އިން ނިންމައިފައިވާތީ އެކަމާ ކަންބޮޑުވާކަމަށް އިދިކޮޅު ފަރާތަކުންވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އެޑްމުންޑޯ

    ތިޔަލިސްޓަގައި ފޮޓޯ ނުޖެހިޔަސް އޯކޭ ، އެކަމަކު އައިޑީ ކާރޑް ނުޖެހުމަކީ މައްސަލައަކީ ، އިންސާފުން ވޯޓް ނުދާނެކަން ޔަގީން އައިޑީ ނެތި

  2. ގާސިމް

    ޝައިހް އަލީ ޒައިދޫ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖެހީމާ އިދިކޮޅުން އެއޮތީ ކަންބޮޫވުން ފާޅުކޮއްފަ ކަލެޔަކައް އިދިކޮޅު އެމްދީޕީ އަކައް ރައްދެއްނުދެވޭ.

  3. ޖިހާދު

    ޝައިހް އަލީ ޒައިދޫ އިސްކޫލްތަކުން މޫނުބުރުގާ އަޅާމީހުނައް ވަޒީފާނުދެން ނިންމާފަވަނީވެސް ކުދިންގެ ރައްކަލަކައްޓަކާދޯ އެއީ އޭރު މޫނުބުރުގާ އަޅައިގެން ބަޔަކުވަދެ ކުދިންނައް ޖިންސީގޯނާކުރުމާއި ވަގައް ނެގްދާތީ.

    • ލަމީ

      ބަލަ މީ ފަސްދޮޅަހުގެ އަހަރު ތަކެއް ނޫން.. ސްކޫލަށް ވަންނައިރު ކާކުކަން ދެނެގަނެވިފަ ވެއްދޭނެ ދޯ!

  4. ބަތޮލް

    އެހެންވީމާތާ އެންމެ ބޮޑު އިމާމް 70 ހާސް ހަދީޘް ހިތުދަސް އިސްރާޢީލުގެ ދަރި ނަޝީދަށް ތާޢީދުކޮށްގެން ޤުރުޢާނާއި ސުންނަތް ނޫން އެއްޗެއް ހޯދަން ތިއުޅެވެނީ އިޔާޒުއަށް.

  5. ފައުޒީ

    ސަރުކާރުން ދީނީ ކަންކަމަށް ސަމާލުކަން ދޭނަމަ، އެޑިޔުކޭޝަން މިނިސްޓްރީ ގައި ހުންނާނީ ދީނީ ޢިލްމުވެރިއެއް..
    އަރަބި އިސްލާމް މަޖުބޫރު މާއްދާއަކަށް ހެދުމަކީ މިސަރުކާރުން ޖެއްސި ކުޅަދާނަ ޕޮލިޓިކަލް ސްޓަންޓެއް..އެއީ ދީނަށް ލޯބިކުރާކަން ދައްކަން..
    މިހާރުވެސް ގިނަ ސްކޫލްތަކުގައި އަރަބި ކިޔަވާދެނީ ނަމެއްގަ...
    ދެންހުރީ ޢަރަބިއްޔާ ސްކޫލް، އެތަންވެސް ތިން ތިން އަންހެނަކު ދަނީ ހަލާކުރަމުން..
    މިހާރު ހުރި ޕްރިންސިޕަލަކީވެސް ނަމެއްގަ ހުރިމީހެއް، ދެ ޑެޕިއުަޓީން ދަނީ ހެސްކިޔާފަ ލާދީނީ ފިކުރުގެ ހަރަކާތްތައް ޖައްސަމުން.

  6. ކަމަނަ މުހައްމަދު

    ޢިޔާޒް ތިކަހަލަ ފަތުވާ ދޭތީ "މޫނު ކަޅުވަނީ". ވިސްނައިފި މީހަކަށް ވަރަށް ވާހަކަ.

  7. ފައިޙް

    މީނައަށް ނޯވޭ ރަނގަޅު އެއްގޮތްވެސް.

  8. އައްޓަމަސް

    މިޔުޒިކުޝޯބޭއްވުން ގޯސްވެދާނެ އެކަމަކު ކާކުކަން ނޭގޭގޮތަށް މޫނުބުރުގާއަކީ އަޅަންޖެހޭ އެއްޗެއްނޫން، ބުރުގާއަޅަންޖެހެނީ، މޫނުބުރުގާއަޅަންއޮތްހުއްޖަތެއް ދައްކަބަލަ ގާބިލު ބޭފުޅަކު، ހައްޖުގައިކުރުން ހަރާމްވެގެންވާކަމެއް ފަރުޟުއަކަށްނުވާނެ'، އުއްމުލް މުއުމިނީން އަކީ ތަފާތުބަޔެއް އެޔީ މުޅިއުއްމަތުގެ މައިން

  9. ރައުޔު

    ޢައް ތަގުވާ ހާހުނާ. ތަގުވާވެރިކަން ވަނީ ހިތުގާއެވެ

  10. އަލީގެ މަލީ

    ޢިޔާދު ފަދަ ސޭހުން މިގައުމަށް ބޭނުމީ... ﷲ ތިބާއަށް ފުރިހަމަ ސިއްހަތެއް ދެއްވާށި

  11. ކިޔު5

    މޫނުބުރުގާ އެޅުމަކީ ދީނީކަމެއްކަން އެނގިފައި ނުވޭ. ދީނުގެ ނަމުގައި ސައޫދީގައި ކާރު ދުއްވުންވެސް މަނާކުރި.

  12. sandhuvaa

    ފައިކުރި ކުރުކޮށްފައި، ތުނބުޅިދިގުކުރުމުން އިސްލާމަކަށްވެ، ނިމުނީޔަކީނޫނެވެ. މޫނު ބުރުގާ އެޅުމުންވެސް އަދި އިސްލާމަކަށްވެ ނިމުނީޔަކީ ނޫނެވެ. ޑޮކްޓަރ އިޔާޒު ކީއްވެތޯ އެއިގެ ކުރިންނާއި، ފަހަތުން ފުރިހަމަކުރަންޖެހޭނެ ކަންތައްތައްވިދާޅުނުވަނީ.
    މީހުންގެ ޙައްޤުތައް ފޭރެނީ. މީހުންނަށް ބިރުދައްކަނީ. މީހުންގެ ދިރިއުޅުމަށް އަރައިގަންނަނީ. އިންސާނީ ޙުރުމަތުގެ ކަންފުޅެއްވެސް ނުހުންނަނީ. މަގުމަތީގެ ޙުރުމަތެއް ނެތީ. ދެބައޮޑުވުން ޙައްދަފަހަނާ އަޅާފައި. މީހުންގެ މުޅަމަސް ކަމުންގެންދަނީ. ޙަރާމް މުދަލުން ދިރިއުޅެނީ. ޑްރަގު ވިއްކަނީ. އަދި ބޮނީ. އެއްޖިންސްގެ ޢަމަލްތައް ހިންގަނީ. ކުޑައެއް، ބޮޑެއް ބެލުމެއްނެތި ޖިންސީ ޝިކާރަޔަކަށް ހަދަނީ. މިއީ އަދި މަދުވާހަކައެއް.
    ޑޮކްޓަރ އިޔާޒު. މިއީ ވިދާޅުވެފައިވާ ތުނބުޅިޔާ، މޫނުބުރުގާ ވަރަށް ޢާންމުވަމުންދާ ލާދީނީ ޢަމަލްތަކެއް. އެކަންތައްތައް ހުއްޓުވައިދެއްވާފައި، ދެން އެމީހުންގެ ޙައްޤުތަކާއިގެން ނުކުންނެވުން ވަރައްރަނގަޅުވާނެކަމުގައި ދަންނަވަން.

  13. ބޭބެ

    ޑރ. ޢެއްވެސްކަމެއްގައި ހައްދުފަހަނައަޅާ ދިއުމެއް ނޯވޭ!! އިސްލާމްދީނަކީ ފަސޭހަ މެދުމިނުގެ ދީނެއް!! އެ ދީނުގައި އުނދަގޫކުރުމެއް ނޯވޭ!! ތަކުލީފުތައް ޖެއްސުމެއް ނޯވޭ!! އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ދެމި ތިބެ އެދީނުގެ ކަންކަމަށް ފުރިހަމަޔަށް ބޯލަމައިގެން ތިބުމަކީ ބޭރުފުށުން ދައްކާދަ ދެއްކުމަށްވުރެ ތިމާގެ އެތެރެ ސާފުތާހިރު ކުރުން!! އަހަރެމންގެ ރީތި ހެދުން އާދެ ގަމީސް ، ފަޓްލޫނު އަދި މުންޑު ތާކިހާ ފަދަ އެއްޗެހި ދޫކޮށްލާފަ ބޮލުގަ ތެތް ރުމާ އަޅައިގެން ކުރުތާ ލައިގެން ފަޓްލޫނު ކަކުލާ ހަމޔަށް ބުރިކޮށް ބޮލުގަ އާއި ތުނބުޅީގެ އިސްތަށިގަނޑު ދިގުކޮށް ހާވިޔާކޮށް ދުވަހަކު ނުކޮށާ ބަހައްޓައިގެން ތިބީމަތޯ މުސްލިމަކަށްވަނީ؟ މިއީ ޕާކިސްތާނު އަފްޣާނިސްތާނު ބޯޑަރެއްނޫން!! ގަމީހާ ފަޓްލޫނު ލައިގެން ތުނބުޅި މެދުމިންވަރަކަށް ބހައްޓާ ބޯ ރީއްޗަށް ކޮށައިގެން ސާފުތާހިރުކަންމަތީ ވެސް ތިބެވިދާނެ!! މޫނާ ދެއަތްތިލަ ފިޔަވާ އަންހެނުންގެ އައުރަ ނިވާވާ ގޮތަށް ގަޔަށް ދޫ ހެދުން ލުމުން އެނިމުނީ!! ދެން ތިމާގެ އުޅުން ރަގަނޅު ކޮށް ﷲ އެންގެވި މަގުގައި އުޅެވޭތޯ ކުރެވުނު މަސައްކަތެއް ކުރަންވީ!! ކޮންމހެން ނުޖެހޭ ތިމާމީ ކާކުކަންވެސް ނޭނގޭ ގޮތަށް މޫނާއި ލޯވެސް ފޮރުވާ އަތަޔާއި ފަޔަޡް އިސްޓާކީނު ލައްވައިގެން މުޖުތަމަޢުގައި އުޅޭ މީހުންގެ ކުރި މައްޗަށް ނިކުމެ އުޅެން!!! ގޭގައި ތިބޭ މޫނު ފޮރުވައިގެން!!! މިހެންއުޅޭ މީހުންނަކީ ފުރިހަމަ މުސްލިމުންކަމަށް ޑރ މިބަލަނީ!! ތިމާގެ ހިތާއި ދޫ ރައްކާތެރިކޮށްގެން އުޅެވޭތޯ ބަލާ!!!

  14. ހިންދުކޮޅު

    ތީދީނީ ކަންކަމުގަ ހައްދުފަހަނަޅައިފައިވާ ބޭފުޅެއް

  15. ކާފަ

    މީނާގެ މޫނާއި ސޫރައަށް އެކަނި ބަލާލިމީހަކަށް މީނަގެ ފެންވަރު ވަރަޒަން ކުރެވޭނެ.. މީނައަށް ކަމުދާނެ އެމްޑީޕީން އުރެއްފިހެގެން ކެޔަސް

  16. Anonymous

    ޢިޔާޒުގެ ފިކުރަކީ ހަައްދުފަހަނަ އަޅަަާފައިވާ ދީނީ ފިކުރު

  17. އައިސް

    ތި އިޔާޒަކީ އަބަދުވެސް އެމް ޑީ ޕީ އަށް ކެމްޕެއިން ކޮށްދީގެން އުޅޭ މީހެއް އޭނާ އާމްދަނީ ހޯދަނީވެސް އެ ޕާޓީންކަން އެނގިފައިވޭ

  18. ޢަލީ

    ތިޔަބުނި އެއްވެސްކަމެއްގައި ދީނީކަމެއްނެތް. ތިޔައީ މުޅިންވެސް ޒާތީ ކަންކަން ތިއިންކަމެއް މީހަކު ނުކޮށްގެން ފާފަވެރިއެއްނުވާނެ.

  19. މޮންޓް

    ސަރުކާރުން ދީނީކަންކަށްސޭ ބުނެވާހަކަ ދައްކާއިރު ކަލޭ ދީނުގެ ހައްގުގައި ކުރީކޮންކމެއްބާ!

  20. މޮންޓް

    ބަލަކަލެޔާށް ޑޮކުޓރ ފާސްދިނީ ކޮންތަނަކުންތަ! ގައުމުގައި ފިތުނަ އުފެދޭވާހަކަ ދެއްކުމަކީ މުޅިއިންސާނިއްޔަތު ގަތުލުކުރުންފަދަ ކަމެއްކަން ނޭގެނީތަ!އަތުގައި ތިޔައޮތީއވަގަށްނެގި ފާހެއްދޯ!

  21. ބައްސާމު

    ހައްދުފަހަނަޅައި ދިއުމަކީ އަނިޔާވެރިންގެ ސިފައްކަން ޒިޔާދަށް ނެގެނީ ކީއްވެތަ!

  22. ހުސޭނުބޭ

    ސުވާލަކީ ނުގެނިވިގެން މި އުޅޭ ސަރުކާރެއްގައި ތި ބުނި ކަންތައްތައް ފުރިހަމަކޮށްދޭނެހޭ!