ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދިނުމަށް އޭނާ މިއަދު ވެސް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު ޒަކީގެ ވީޑިއޯއެއް ޓްވީޓް ކުރައްވައިފިއެވެ.

މީގެ ކުރިން ވެސް ޝަމީމަށް ފާޑުކިޔުން އަމާޒުވާ ބައެއް ފަހަރުތަކުގައި އޭނާ މިވީޑިއޯ ޓްވީޓް ކުރައްވާފައިވެއެވެ.

ޝަމީމް ޓްވީޓް ކުރައްވާފައިވާ ވީޑިއޯގައި ފެންނަނީ 1988 ވަނަ އަހަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އާއި ގުޅޭ ގޮތުން އޭރު ބަންޑާރަނައިބުގެ މަގާމުގައި ހުންނަވައިގެން އަލްއުސްތާޛު އަޙްމަދު ޒަކީ "ޓީވީއެމް" އަށް އިންޓަވިއު ދެއްވާ މަންޒަރެވެ. އެއިންޓަވިއު އިން ޝަމީމް ފާހަގަ ކުރައްވަނީ "ކަމެއް އެނގިފައި އޮތަކަސް، އެ ހިސާބަކުން ނުނިމޭނެ" ކަމަށް އަލްއުސްތާޛު އަޙްމަދު ޒަކީ ވިދާޅުވި ތަންކޮޅަށެވެ.

އަލްއުސްތާޛު އަޙްމަދު ޒަކީ އަކީ 1982 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުން ފެށިގެން 1993 ވަނަ އަހަރުގެ ނޮވެމްބަރ 22 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ބަންޑާރަނައިބެވެ.

އަލްއުސްތާޛު އަޙްމަދު ޒަކީގެ އިންޓަވިއުއެއް ބޭނުން ކުރައްވައިގެން ޝަމީމް ދިފާއު ވުމުގެ މަސައްކަތް އަނެއްކާ ވެސް ފައްޓަވާފައި މިވަނީ ބައެއް މައްސަލަތަކާއި ގުޅިގެން އޭނާ އަށް ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ. ދާދިފަހުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެއްމައްސަލަ އަކީ ކަނޑަށް ފުންމާލަން އުޅުނު ކުދިންތަކެއް ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ފުލުހުންތަކެއްގެ މައްޗަށް ދައުވާ އުފުލި މައްސަލައެވެ. އެމައްސަލައިގައި ފުލުހުންގެ އެފްސީޕީގެ އިސްވެރިޔާ އާއި ޖެންޑަރ މިނިސްޓަރަށް ދައުވާ ނުކޮށް އާދައިގެ ރޭންކްތަކުގެ 13 ފުލުހެއްގެ މައްޗަށް ދައުވާ ކުރާތީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އޭގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ނުކޮށް ހަމަސް ދުވަސް ހޭދަވެގެން ދިއުމުންނާއި އަދި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ވެސް ދައުވާ އުފުލާފައި ނުވާތީ ޝަމީމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ޝަމީމް ބައެއް މައްސަލަތަކުގައި ދައުވާކޮށް ބައެއް މައްސަލަތައް އަނބުރާ ފޮނުވާލަނީ ނުފޫޒު އޮވެގެން ކަމަށް ކުރާ ތުހުމަތުތައް އިއްޔެ ވެސް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަން

    އެބުނާ ދިރޭ ޕާނަކީ މިއީތަ؟

  2. އައްނި

    ސަމީމޫ ނުފޫޒުން ކަލޭ އެއްފަރާޔްނުވެވޭނެ އެއައްވުރެ ގިނައިން ރުފިޔާ ނަގާފާ ތިހުރީ މީވވވވ ވާހަކަ ކަލޭވެސް އަންނަނާނީ ހިނި މަވެސް އަންނަހެން

  3. މުރާލިދޮންބެ

    މީ ޝަމީމު ބުނަން އެއްވެސް ވާހަކަ އެއް ނޫން،
    އަދީބުއަށް 800 އަހަރުގެ ހުކުމް ގެނެވިދާނެ،
    ބޮޑެތި ކޭސް ތަކުގައި ޝަމީމު ދިއުން ، ޒަކީއެއް ނުދެއޭ ކުއްވެރިން ނާ ވަގުން ހިމާޔަށް ކުރާކަށް

  4. ތ

    މޭޔަރު ޝިފާގެ މައްސަލަ ހިންދާލީ އާއިލީ މީހަކަށް ވާތީ މަހުލޫފު މައްސަލައިގެ ހޫނު ކެނޑެންދެން މަޑުކުރީ ހަމަ މަސްަލަހަތު މަހުލޫފު ބުނި ސަރުކާރު ފަލޭހަތް ކޮށްލާނަމޭ ... އެޭގައި ޝަމީމް ހިމެނޭ އަދީބު އަތުން ލިބުނު ފައިސާގެ ތަފްސީލް ލީކް ކުރާތީ އަދި ގަލޮޅު މަދަރުސާ މައްސަލައިގެ ތެރެއަށް ޕީޖީ ފުންމާލާ ވަގުތުން އެ އަންހެން މީހާ ދޫކޮށްލީ ވެސް ހަމަ މަސްލަހަތު ކިހާ ދެރަ ކަމެއް... މިސަރުކާރަށް އިންސާފުގެ ދަތުރު އޮތީ އާއިލީ މީހުން ހިމާޔަތް ކޮށްގެން ސަފާރީ ރޭޕް ކޭސް ވެސް ބަލާ ފިޔަވަޅު އަޅަން އަންގާކަށް ނުކުރެނު ޕީޖީ އަކަށް

  5. ހ. ހުސައިން

    އާންމު މީހަކު އަޖާއިބު އަންތަރީސްވާންޖެހެނީ މި ހުރިހާދުވަހެއް ވީ އިރުވެސް ބޮޑުންގެ މީހަކު އެއްވެސް މައްސަލައެއްގާ ކުއްވެރިވެ ޖަލުމުއްދަތު ހަމަކޮށްފައިވާ ކަން މި ދިވެހި ތާރީހު ނުދެކޭތީ. އެހެންވީމާ ބުނާންޖެހެނީ ބޮޑުން، ސިޔާސީވެރިން މި ގައުމެއްގާ ކުއްވެރިވެ އަދަބެއް ނުލިބޭނެއޭ!

  6. ޚަލީލު

    އަޙްމަދު ޒަކީގެ ނަންފުޅުގެ ކުރިޔަށް އަލްއުސްތާޛެއް ނުކިޔާ. ކިޔަނީ އަލްފާޟިލް އަޙްމަދު ޒަކީ. އެމަނިކުފާނު ބަންޑާރަނައިބުގެ މަގާމު ފުރުއްވިޔަސް އަދި އޭގެކުރިން މަޙްކަމަތުއް ޝަރްޢިއްޔާގެ ވެރިޔާ (މިނިސްޓަރ އޮފް ޖަސްޓިސް) ގެ މަގާމު ފުރުއްވިޔަސް އެމަނިކުފާނަކީ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ފާހެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫން. މިއީ އެމަނިކުފާނަށް ރައްދުކުރާ އިހާނެތި ބަހެއް ނޫން. އެމަނިކުފާނަކީ ވަރަށް ތަޖުރިބާކާރު، ވަރަށް ޤާބިލު ސިޔާސީ މުދައްބިރެއް. ރާއްޖޭގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް. މީހުންނަށް ވަރަށް ހެޔޮފުޅު، އޯގާތެރި ބޭފުޅެއް. އެމަނިކުފާނު ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވީ ހައެއްކަ އަހަރު. 1993 ގައި އެމަގާމުގައި އެމަނިކުފާނެއް ނުހުންނަވާނެ. އެއަހަރުގެ ރިޔާސީ ދައުރު ނިމުމާ ހަމައަށް އެކްޓިންގ އެޓަރނީ ޖެނެރަލްގެ ގޮތުގައި އޭޖީ އޮފީސް ހިންގެވީ ޑރ. މުޙައްމަދު ޒާހިރު ޙުސައިން. ޑރ. ޒާހިރު ޙުސައިންގެ ކުރިން، ޒަކީގެ ފަހުން ސީނާ އަޙްމަދު ޒާހިރުވެސް އޭޖީއަކަށް ހުންނެވި. 1993 ގެ ނޮވެންބަރުގައި ފެށުނު ރިޔާސީ ދައުރާ ގުޅިގެން އޭޖީގެ މަގާމަށް އައްޔަނުކުރެއްވީ ޑރ. މުޙައްމަދު މުނައްވަރު. އޮނަރަބްލް އަޙްމަދު ޒަކީ އާއި އޮނަރަބްލް ޑރ. ޒާހިރު ޙުސައިނާއި އޮނަރަބްލް އަޙްމަދު ޒާހިރު (ސީނާ) މި 3 ބޭފުޅުން އަރިހުގައިވެސް އޭޖީ އޮފީހުގައި އަހަރެން މަސައްކަތް ކުރިން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  7. ވާނުވާ

    ޝަމީމް ހިތްހަމަޖެހޭނީ ތުހުމަތުވާ އެންމެން ޖަލުގައި އުމުރު ދުވަހު ބައިތިއްބައިގެން. އެމީހުންގެ އާއިލާތައް ބިކަވެ މަގުމަތި ވިޔަސް އޭނާއަށް ވަރިހަމަ. ޝަމީމް އައިފަހުން ޖަލުތަކުގައި ތޮއްޖެހިއްޖެ. ޖަލުތަކަށް ނުކަތާ ވަރަށްވެސް މީހުން އެބަތިބި ކަމަށް ކޮމިޝަނަރ އޮފް ޕްރިޝަންވެސް ވަނީ ބުނެފައި. ޝަމީމް އަދި ދުވަހެއް އެބައޮތްކަން ހަނދާން ކުރާތި ކަލޭވެސް