ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ބާއްވަން އުޅޭ ނަމަ އެ ކަމުގެ ހޭޅުންތެރިކަމަށް އަށް ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީ ހިމެނޭހެން އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ހަބީބް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިއަށް ވެސް ބޮޑު އިންތިޚާބެއް އައިސްދާނެ ކަމަށް ބެލެވޭތީ އެ ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަން ރާވާފައިވާ ކަމަށެވެ.

މި ގޮތުން ފާހަގަ ކުރެއްވި ކަމަކީ އަންނަ އަހަރު ތިން ސިޓީއަކާއި ހަތް އަތޮޅުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގަން ވެގެން އަށް ލައްކަ ރުފިޔާ ބޭނުންވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި 2023 ގައި ބާކީ ހުރި އަތޮޅުތަކާއި އެއް ސިޓީގައި އެ ކަން ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބު ބާއްވަން ޖެހޭނަމަ އީސީއިން ރާވަނީ ވެސް 2022 އަދި 2023 ގައި ދެ ބުރަކަށް ބަހާލައިގެން ކަމަށް ހަބީބް ވިދާޅުވިއެވެ. އެއީ އެ ކަން ކުރަން ނިންމައިފިނަމަ ވަގުތުން އިންތިޚާބު ބޭއްވޭނެ ފައިސާ ނުހުރެވެސް ގޮސްދާނެތީ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެއީ ކޮން އިންތިޚާބެއް ކަން ހަބީބް ފުރަތަމަ ވިދާޅެއް ނުވެއެވެ. ދެން ކޮމިޓީގައި އިންނެވި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެއީ ކޮން އިންތިޚާބެއް ކަން ސާފުކޮށްދޭން އެދިވަޑައިގެންފައެވެ.

ހަބީބް ދެން ވިދާޅުވީ އެއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ކަމަށެވެ. އަދި އެ ވޯޓު ބާއްވަން ނިންމުމާ ގުޅޭ ވާހަކަތައް މީޑިއާގައި ވެސް ރިޕޯޓް ކުރެވެމުން ދާތީވެ އެ ކަމުގެ ހޭލުންތެރިކަން އިތުރު ކުރަން އީސީއިން ބަޖެޓެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމުން ލިބޭނެ ފައިދާއާއި، ރިޔާސީ ނިޒާމުން ލިބޭނެ ފައިދާ، މި ކަންކަން ހޭލުންތެރި ކުރަން، މިހެން ހުރި ކަންކަމުގެ މައުލޫމާތު ދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އޮންނަ ޒިންމާއެއް،" ހަބީބް ވިދާޅުވިއެވެ.

ހަބީބް މިހެން ވިދާޅުވުމުން ޔައުގޫބް ވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހާއި، އަދި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް ނިންމާފައި ނުވާ ކަމަށެވެ.

ނިޒާމީ ވޯޓަށް ދިއުމަށް މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. ނަޝީދު އަބަދުވެސް ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށެވެ.

ދެހާސްހަތްވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއާއި ނަޝީދު ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ. އެކަމަކު އެމްޑީޕީގައި މިހާރު ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހް މި ކަމުގައި ވަކި ކޮޅަކަށް ތާއީދު ކުރައްވާކަން އަދި ހާމަ ނުކުރެއްވިޔަސް، އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އައްޔު

  ވޯޓު ނަގަން ނުޖެހުނަސް، އިންތިޚާބުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަކީ އީސީ އިން ކުރަންޖެހޭނޭ ކަމެއް. ބަޖެޓް ދީގެން ކުރެވޭނީ. ވޯޓު ނަގަންފެށީމާ އެއް ނޫން، ހޭޅުންތެރިކުރުވަންޖެހޭނީ.

 2. ޔޫބެ

  ވޯޓު ނަގަން ނުޖެހުނަސް، އިންތިޚާބުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަކީ އީސީ އިން ކުރަންޖެހޭނޭ ކަމެއް. ބަޖެޓް ދީގެން ކުރެވޭނީ. ވޯޓު ނަގަންފެށީމާ އެއް ނޫން، ހޭޅުންތެރިކުރުވަންޖެހޭނީ.

 3. ޑިމޮކުރަސީ

  މިއޮތީވާކަމެއް ތީރައްޔިތުން ގޮތްނިންމާފައޮތްކަމެއް ވަކިމީހަކު ބޭނުންވީމަ ފުރޮޮޅައެެއްނުލެވޭނެ

  12
  1
 4. ދަރަނި ދަންތުރަ

  ތިޔައީ ކުރަންޖެހޭ ކަމެއްތަ ؟

  12
  1
 5. ނޫސަންދަ

  އެއްކަމެއްވެސް ކުރާނެ ކަމެއް ނެތް. އޭރުން ހަރަދެއް ނުހިނގާނެނުން

 6. އަހްމަދު

  ދިވެހިރައްޔިތުންގެވޯޓަކުން ދިވެހިރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަމަށް ނިންމާފައޮށްވާ އެނިޒާމްބަދަލުކުރަން ދިވެހިންގެ ޓެކްސްފައިސާއިން ޚަރަދުކުރަންޖެހޭ އެއްވެސް ސަބަބެއްނެތް

 7. ލލ

  2018 ގައި ރައްޔިތުން ވަނީ މިރާއްޖޭގައި ރިޔާސީ ނިޒާމަށް ވޯޓް ދީ ނިއްމާފައި !

 8. ބޮލި މުލައް

  ކާކު ބުނެގެންތަ ނިޒާމީ ވޯޓު ނަގަން ތިއުޅެނީ މިހާތަނަށް ކުރި މާލީ މަންފާ ކުޑައީތަ؟
  ސަރުކާރުން މިކަމުގަ ގޮތެއް ނުނިންމިއަސް އައްނި އެއްޗެއް ބުނާއިރަށް އީސީ މެމްބަރުންނާއި ވެރިންނަށްމިވާގޮތެއް ދޯ

 9. ޣަންނި

  މިސްކިތްތައް މަރާމާތްކުރަންވީނު ތި ފައިސާއިނ. ނިޒާމަކުން ރައްޔިތުންނަށް އެއްޗެއް ލިބޭތަ. ވަކި މީހަކަށް ވެރިކަން ނުލިބިގެން ކިޔާ އެއްޗެއް ވިއްޔާ

 10. ޙަަަހަ

  ކަލޭ މޮޔަވީތަ ހަބީބު ރައްޔިތުންދޯ ނިޒާމް ގޯސްވީމަ ވާހަކަ ދައްކާނީ ، އެކަން ބޭނުންވާ މީހަކު ހުއްޓަސް އިލެކްޝަން ނުޖެހޭދޯ ހޭބަލިވާކަށް ، އަދި 2018 ގައި ނެގި ވޯޓު އޮޅުވާލިކަމަށް ރައްޔިތުންގެ ތެރެއިން 95000 މީހުންނާއި މީޑިއާތަކާވެސް އެވާހަކަ ދެއްކި ކީއްވެ އިލެކްޝަން އިން ޒިންމާދާރުވެ އަލުން ވޯޓު ނުގުނީ ، ތީ ކޮންމެސް އަމިއްލަ އެޖެންޓާއެއް

 11. ދެބޯގެރި

  ޔައުގޫބާ ކަލޭ ދެބޯގެރި ދުއްވާނެކަމެއް ނެތް. އީސީއަކީ އެމްޑީޕީ އެމްޑީޕީ އަކީ އީސީ މިވަގުތަށް. ބަލަ ރައްޔިތުންނަކަށް ނޯޅޭ. ބައިތުލްމާލް އެއީ ކެނެރީގެ ކަމަށް ވެފަތި ތިއޮތީ. ބަލަ ރައްޔިތުން ބޭނުންވަނީ ނާގާބިލް އެމްޑީޕީ މުޅި މަސްރަހުން ބޭރުކޮށް މިރާއްޖޭގައި ގާބިލް ސަރުކާރެއް ގާއިމްކުރަން. ރިޔާސީ ނިޒާމު ނޫން ނިޒާމެއް ބޭނުމެއްނޫން. އެއީ ބުއްޅަބެއަށް ވެރިކަމަށް ނާދެވޭ ނިޒާމު.

 12. އިބްރާހީމް

  ސާބަހޭ... ހަމަ އަންތަރީސް ވެއްޖެ. ދަރަނި ބޮޑުވެގެން އުޅޭއިރުވެސް މިދެން ކުރަންޖެހޭ ކަމެއްތަ... ރާއްޖެ އިގްތިޞާދީގޮތުން ހަމަޔަކަށް އެޅެންދެން މިކަހަލަ ކަންތައްތައް މަޑުޖައްސާލަން ޖެހެއެއްނު އެބަ

 13. ފަޒާ

  ބަލަ މީ ގ. ޚެނެރީގޭ ބަޖެޓުތޯ؟ މޮޔަފުޅުވެގެނޭ ތި އުޅެނީ...ބަލަގަ މީ ޝަމުޝއްދީނގެ ވެރިކަމެއްވެސް ނޫނޭ މީ.
  ދިވެހިރައްޔިތުން މާކުރިން ގޮތް ނިންމާފަ އޮތްކަމެއް މީ. ވެރިކަމަށް ހުރި ދަހިވެތިކަމުގެ ބޮޑުކަމުންނާ ރިޔާސީ ނިޒާމެއްގެ ތެރެއިން ދުވަހަކުވެސް ވެރިކަން ލިބެން ނެތަތީ، ރައއޔިތުންގެ ބައިތުލްމާލް ކޮޅައިގެން ވެސް ރައްޔިތުންގެ ބޯކެވޭތޯ. އސނެއްކޮޅުން އީސީ ތި ހިންގަނީ ބޮޑު ޖަރީމާއެއް. އަމިއްލައިސްނެގުމެކޭ ކިޔައިގެން ގުޅިގެން އަޑިން ކުޅޭކަން އެގޭ. ހަމަވާނީ ފޭލް