ރާއްޖޭގެ އެންމެ އުތުރުގެ ހަ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތަކާއި ވައިގަދަކޮށް އުޅޭތާ މިހާރު ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

ރާއްޖޭގެ މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު ސަަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ 3:30 އަށެވެ.

މިއަދުގެ ހަވީރު 6:00 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، އުތުރުގެ އެކި ހިސާބުތަކަށް ވިއްސާަރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެެއް ރަށްތަަށް ބޯކޮށް ވާރޭވެހޭނެ ކަަމަށް އެކަށީގެންވާކަަަމަށް ލަފާކޮށްފައި ވެެއެވެ.