މަހަށް ގޮސްގެން އުޅެނިކޮށް ސްޓްރޯކެއް ޖެހުނު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މިއަދު ހަވީރު 17:20 ހާއިރު އެ ހޮސްޕިޓަލަށް އެ މީހާ ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށެވެ.

އޮފިޝަލް ވަނީ އެ މީހާ ނިޔާވީ ސްޓްރޯކެއް ޖެހިގެންކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ މީހާއަކީ ތިނަދޫގެ ހުޅަނގުން 33 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހެކެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ސީއެމްބިއުލާންސްގައެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ސީއެމްބިއުލާންސްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީތާޔާ

    ގދ.ތިނަދޫ މީހެއް.. މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަހުމަތް ލައްވާށި އަދި އާއިލާ އައް ކެއްތެރިކަން ދެއްވާށި. އާމީން

    77
  2. ހަސަން

    ތިޔަ ވެކްސިންތައް ޖެހި ފަހުން މީހުންތައް ވަނީ ހަލާކު. ސަރުކާރުން ޒިންމާ ނަގާންޖެހޭ.

    11
    2