މަހަށް ނިކުމެ އޮތް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ދެރަވެގެން އަނެއްކާވެސް އިތުރު ފަރުވާއަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އޮންލައިން ނޫސް "ގާފު" އިން ބުނި ގޮތުގައި ހާލު ދެރަވުމާއި ގުޅިގެން އިތުރު ފަރުވާއަށް ތިނަދޫއަށް ގެނެސްފައިވަނީ ތިނަދޫ "ވެހެލި" ދޯނީގެ ފަޅުވެރިއެކެވެ. އޭނާ ތިނަދޫއަށް ގެނެސްފައިވަނީ މިރޭ 20:45 ހާއިރު އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އެހީތެރިކަމާއި އެކު ސީއެމްބިއުލާންސްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގދ. ކާނޑެއްދޫ ކައިރިން ދަތުރުކުރަމުންދިޔަ، މަސްވެރިކަން ކުރާ ދޯންޏެއްގައި ހުރި އުމުރުން 63 އަހަރުގެ ފިރިހެނަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސަދަން ކޮމާންޑްގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސްގައި މިރޭ 20:55 ހާއިރު ހާއިރު ގދ. ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.

މަސްވެރިޔާގެ މިހާރުގެ ހާލަތާއި ގުޅޭ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މިއަދު ހަވީރު ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މަސްވެރިއެއް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ.