ފައިސާ ޗާޕް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ވެކްސިނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމުންނާއި، ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު، 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤުތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ، 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް މިނިސްޓަރު އަމީރު ވަނީ މަޖިލީހުގެ ކިބައިން އެދިފައެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިޤުތިޞާދީ މާހިރުން ވިދާޅުވެއެވެ.

ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯ ކުރުމަކީ ނުވަތަ ފައިސާ ޗާޕް ކުރުމަކީ 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމަށް ފަހު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ޗާޕް ކުރުން 2013 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދު

    ލާރި ޗާޕުކޮއް ލާރީގެ އަގުވެއްޓި މިތަން ދެވަނަ ޒިންބާބުވޭއަކަށް ވެއްޖެއްޔާ އޮންނާނީ ބޮނޑި ބޮވިފަ. ކެނެރީގޭ މުގާބޭ ދަށުވެގެން ދެން އުޅެންޖެހޭނީ

  2. އަހްމަދު

    ބަލަކިހިނެއްމިވަނީ އަމީރުބުނި ހިލޭއެނހީވެސް ބަޖެޓުގައި ޖަހާފައިންއަދަދައް ލިބޭނޭ ބަޖެޓުފޮތުގައެބައޮތްތޯ ފައިސާ ޗާޕުކޮށްގެން މުސާރަދޭން ފައިސާހޯދާވާހަކަ ފައިސާ ޗާޕުކުރަން ހުއްދަދޭނަމަ މިހާރުމިސަރުކާރުން މިއުފައްދާ ދަރަންޏާ އެކަމައްވޯޓުދޭހުރިހާމެމްބަރުންވެސް ޒިންމާވާންޖެހޭނެ އަދި ސަރުކާރު ބަދަލުވީމަދަޢުވާވެސް ކުރަންޖެހޭނެ ރައްޔިތުންގެބޮލުގައި ދަރަނި އެޅުވުމަކީ އެއްވެސް މެމްބަރަކަށް އޮތްހައްގެއްނޫން

  3. ހުސެންއ

    އެހެންވީމާ ފާއިސާ ކޮންމެ ގެޔަކުން ޗާޕްކުރަންވީތަ
    އެމީހަކަށް ޖެހުނުވަރީ ހެޔޮވަރެއް.އަޅެފަހެ މިއީ ސަރުކާރެއްތަ.ހިންުގުންތެރިކަމެއް ނެތް ސަރުކާރެއް މިނުނިއްޔާ ހަޔާތުގައި ނުދެކެން،ހާދަ ކަޑަޔޭ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު،މިއެމްޑީޕީ ރާއްޖޭގެ އެއްވެސް މަޤާމެއް ދެން ނުދޭން ރައްޔިތުން އަޒުމް ކަނަޑައަޅަން އެބަޖެހޭ

  4. ދަރަނި ދަންތުރަ

    ދަރިންގެ ދަރިންނަން ދާންދެން ދަަރަނިވެރިވާތީ ދިވެހިން ދަރަނިން ސަލާމަތްކުރަން އައި މީހުން މިއީ ، މިހާރު ދިވެހި އަންހެނަކު ދަރިޔަކު ހޯދަން ހިތަށް އަރާއިރު އެކުއްޖާ ވެސް ބިލިޔަނުން ދަރަނިވެރިކުރުވާ އެބަ މި ރީނދޫ ބައިގަނޑު ، ކަލޭނޭ ގައުމެއްނެތް ސޯލިބޭ ބުނީ ތާހިރު 5 އަހަރޯ އެހެންވެ ހަޒާނާވެސް ދޮވެލީ...

  5. އިބްރާހިމް

    ނޭވައި ކޮޚުވިއަސް ދައުލަތް ފެލައިގެންވެސް 5އ ހަމަކުރެވޭތޯ ބައްލަވަނީ.

  6. ޏަމް

    ފައިސާޗާޕު ކޮށްފިއްޔާ އަހަރެންވެސް ފިނޭންސު މިނިސްޓަރުކަން ކޮށްފާނަން ކަލެޔަކަށް ތިކަމެއްނުވި ކަލެއެކޭ މިގައުމުގަހުރި ރައީސެކޭ ތަފާތެއްނެތް ހުސްރަމްޒީ މީހުން.

  7. ހުސޭނުބޭ

    އެންމެ ރަގަޅު ގޮތަކީ އަމިއްލަ ކޮމްޕިއުޓަރުން ފައިސާ ޕްރިންޓްކުރުމުގެ ހުއްދަ ފައިނޭންސް މިނިސްޓަރަށް ދިނުން. ލޮލް

  8. ާައަހުމަދު

    މިގައުމުގެ ފިނޭންސް މިނިސްޓަރ ކަމަށް މިނޫން މީހަކު ނެތީބާ؟

  9. Anonymous

    މި ވެރިކަން ނިމެންދެން ތިޔަ ޗާޕު ކޮއްކޮއް ތިބެންވީނުން.