އާންމު ތަނެއްގައި މީހަކު ކުފުރު ކުރުމުން ޖިނާއީ ކުށަކަށް ވެވޭ ހާލަތު ތަފްސީލްކޮށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސަައިން ހުށަހެޅުއްވި ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ދީނީ އުސޫލު ބަޔާން ކުރުމަކީ ކުށެއް ނޫން
ކޮމިޓީން ބިލަށް ގެނައި އެއް ބަދަލަކީ އިސްލާމް ދީނުގެ އުސޫލުތައް ބަޔާން ކޮށްދިނުމަކީ ކުށަކަށް ނުވާނެ ކަން ބަޔާން ކުރާ މާއްދާއެއް ބިލަށް އިތުރު ކުރުމެވެ.
މި ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އޭގައިވެއެވެ.
"އެކިއެކި ކަންކަމާ މެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ." ކޮމިޓީން އިތުރު ކުރި މާއްދާގައި ބަޔާން ކުރަނީ މިހެނެވެ.
ކުފުރުކުރުން ޖިނާއީ ކުށަކަށްވާ ހާލަތު
މީގެ އިތުރުން މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައި ބިލަށް އެ ބައިތައް އިތުރުކޮށްފައިވެއެވެ.
ފުރަތަމަ ހާލަތަކީ، އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމާއި އަދި ސުންނީ މުސްލިމުންގެ ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަކައަކާ ގުޅުވާފައި އެ މީހަކު ކާފަރު ކުރުމެވެ.
ދެވަނަ ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުގެ މުރުތައްދުވާނެ ކަމެއް ނޫނީ ބަހެއް ނުފެންނަ ހިނދަކު އެ މީހަކު ކާފަރެއް ނުވަތަ މުރުތައްދެއް ގޮތުގައި ސިފަކުރުމެވެ.
އަދި މިވަރުން ދަންޏާ ގުރުއާނުގެ އާޔަތްތަށްވެސް މިމީހުން ބަދަލުކުރަން އުޅޭނެ.ދުނިޔޭގެ ތިބި ބަޔަކަށް މިތަންވެސް ފެންނާކަށް މާގިނަދުވަހެއް ނުވާނެ.
ޝަހިންދާމެންކުދިން ދެން އައްޖަހާ
އިންޑިޔާއޭ ކިޔަކިޔައި ތިއްބާ މިކަންވެސްކޮލީދޯ! މިއަދު ބަޔަކުމީހުން ވަރަށް އުފާވާނެ!
އެކިއެކި ކަންކަމާ މެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.
ކޮބާ ޢިލްމުވެރިންގެ އިޖްމައު އަދި ދީނުގެ އެހެން މަސްދަރުތައް؟! ދެން ގަންޖާ ހަރާމޭ ބުނެފިއްޔާ ކުށްވެރިވާނެދޯ!
ނަޝީދު މުރުތައްދު ވިކަމަށް ބުނާނެ ކަންތަށް ތިރިޔަށް ކޮމެންޓް ކޮށް ދީބަލަ
ކޮމެންޓް ކުރުމުގެ ކުރިން މިލއުން ރަގަޅަށް ކިޔާލަ ބަލަ ، އޭގައި ދީނާ ފުށުއަރާ ކަމެއް އަހަންނަކަށް ނުފެނޭ ، ލިއުމުގެ ފަހަތުބައި ކިޔާލުމުން މިބިލުގެ މުހިއްމުކަން އެގޭނެ
އަހަރުމެންނަކީ މުސްލިމުންނަށް ވާއިރު ކީރިތި ޤުރުއާން އާއި ސުންނަތުން އެގެންހުރި އެކަންކަމާއި ޚިލާފްވާހަކަ ދައްކާ މީހުނަށް ފިޔަޅު އެޅޭގޮތަށް ބިލްފާސް ކުރުމަކީ މުހިއްމުކަމެއް
ކޮބާ އެއޮތީ ނަފުރަތުގެ ބިލް ފާސްކޮއްފަ ދެންތިބެންޖެހޭނީ އަނގަ ފަހައިގެން ކޮންމެ އެއްޗެއް ލިޔުނަސް ދެން ނުބުނެވޭނެ އަނގައަކުން
އެމްޑީއެން އަށް ހިމާޔާތް ނުދީ ފިޔަވަޅު އަޅާ. ބޭކާރު ވާހަކަ ދައްކާނެކަމެއްނެތް.
# ކެހިވެރިފަތިސް
# ނޯގޯތި ނޯވޯޓް
ކުފުރުވާނެ ޙާލަތްތައް ކޮންމެހެން ބިލެއްގަ ލިޔާކަށް ނުޖެހޭނެ... އއެކަންކަން ވަނީ ސާފުވެ ބަޔާންވެގެން
އެމްޑީޕީ ގެ ލާދީނީން ކިތައްމެ ވަރަކައް އަނގަމަތީ ޓޭޕް އަޅަން އުޅުނަސް ތިކަމެއް ނުވާނެ. ލާދީނީ ވީމަ ލާދީނީއޭ ގޮވާނެ.
މިވެނި މީހަކީ، ދީނުގެ ޤަޠަޢި ޙުކުމް ފުޅުތަކަށް އިންކާރު ކުރާ މީހެކޭ ބުނެފިއްޔާ އެމީހާ ކުއްވެރިވާނެބާ؟ ބައެއް މީހުން މަރަށް މަރުހިފުމާއި ދެކޮޅުކަން ފާޅުގައި ވާހަކަ ދައްކާފައި އެބަހުރި، އެހާލަތުގައި އެހެން ބުނިމީހާ ކުއްވެރިވާނެބާ؟
ގަމާރުން ގިނަވީމާ ކޮންމެ އެއްޗެއްވެސް ލިޔެގެން ފާސްކުރަން ޖެހޭނީ
ނަސީދު ގެ ވާހަކަތަކުން އޭނަގެ މުސްޅިމް ކަމާ ކާފަރު ކަން ކީރިތި ގުރްއާނުން ސާބިތު ވާން އެބަހުރި އަދި މިގާނޫން ބާރުވެސް ޅިބިއްޖެ.މައްސަޅަޔަކީ ބަޅާނެ އިދާރާ އެއް ނެތުން.ު