ގާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓްގައިވާ އަދަދަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ ޚަރަދު ކުރި މައްސަލަ ޝަރީއަތަށް ގެންދާނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފާހަގަ ކުރެއްވި ކަމަކީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާއާ ޚިލާފަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަމަލު ކުރައްވާފައިވާ ކަމެވެ.

މިގޮތުން ގާނޫނު އަސާސީގެ އެ މާއްދާގައި ބަޔާން ކުރާ ގޮތުން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބަޖެޓް މުރާޖައާ ކުރުމާއި ބަދަލު ގެނައުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. ސަރުކާރުން ބަދަލު ގެންނަ ނަމަ، ޖެހޭނީ މަޖިލީހުގެ ހުއްދަ ނަގާށެވެ.

"މި އަންނަ އަހަރުގެ ބަޖެޓާއެކު ދެ ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުވާފައި މި އޮތީ، މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ، ފިނޭންސް މިނިސްޓަރު އަމަލު ކުރެއްވީ ގާނޫނު އަސާސީއާ ޚިލާފަށް،" ޝިޔާމް ވިދާޅުވިއެވެ.

ނޫސްވެރިއަކު އެ ކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އަމަލު ކުރާނެ ގޮތަކާ މެދު ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޝަރީއަތަށް ވެސް މައްސަލަ ގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަޖިލީހުގެ ކޮމިޓީއަށް ވެސް އެ މައްސަލަ ހުށަހަޅާނަން، ޝަރުއީ ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާނަން، ރައްޔިތުންގެ ފައިސާ ހުއްދަ ނުހޯދައި ބޭނުން ކުރުމުގެ މައްސަލަ ވައްދާނަން،" ޝިޔާމް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، ގާނޫނު އަސާސީއާ ޚިލާފަށް މަޖިލީހުންނާއި ސަރުކާރުން ވެސް ގޮތެއް ނިންމައިފި ކަމުގެ މައްސަލަތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށެވެ.

މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ކެޕިޓަލް ޚަރަދުގެ 11.8 ބިލިއަން ރުފިޔާ މުރަޖާކޮށް 8.2 ބިލިއަން ރުފިޔާ ހޭދަ ކުރަން ސަރުކާރުން ނިންމާފައިވެއެވެ. ރިކަރެންޓު ޚަރަދުގެ ގޮތުގައިވާ 21.7 ބިލިއަން ރުފިޔާ ވެސް 24.3 ބިލިއަން ރުފިޔާއަށް ބަދަލުކޮށްފައިވެއެވެ. ޕީއެސްއައިޕީގެ ޚަރަދު ވެސް ފަސް ބިލިއަން ރުފިޔާއަށް ބޮޑުކޮށް، މުޅި ޖުމުލަ ބަޖެޓުގެ އިތުރަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި އަހަަރަށް ލަފާކޮށް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    މަޖުލިހަށް ހުށަނާޅާ މަޖުލިހުގެ ރުހުމެނެތި ރާ އްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ގެ އްލުންލިބޭގޮތަށް އިންޑިޔާ އެކު އެ އްބަސްވުންތަކުގަ ސޮ އިކުރި މަ އްސަލަ ކޯޓަށް ވަ އްދާނީ ކޮން އިރަކު.. އެ އެ އްބަސްވުންތަ އް އުވާލަން ހުށަންޖެހޭނުން..މަޖުލިހުގެ ކޮމެޓީ އަށްވެސް.. އޭގެ އިތުރުން އިބުރާހިމުގާނޫނާ ޙިލާފެވެ އްޖެކަން ކަށަވަރުކުރަން ޖެހޭނުން މަގާމުން ވަކިކުރަންޖެހޭނު މިހާރު..

  2. ހުސޭނުބޭ

    ކޯޓުތަކުގައި ތިބީ އެމީހުންގެ ބޮޓުން. ތި މައްސަލަ ބޭރުކޮށްލާނެ

  3. ހަވާސާ ހަމީދު

    ގާނޫނު އަސީސީގެ ތަރަހައިގެ ތެރޭގައި އަމަލުކުރި އެއްވެސް ވަޒީރަކު މިސަރުކާރުގައި ނުތިބޭނެ!

  4. ނުނނު

    ކަލޭމެން ވަކިމާތާހިރުތަ ވާހަކަ ދައްކަން މުޅި ދައްލަތް ބަނޑުއެޅި ބައެއްގެ ވާހަކަ މިދައްކަނީ........

  5. ނަޒީރު

    2 ބިލިޔަން ރުފިޔާއަކީ ޑޮލަރުން ގުނާނަމަ 129ި،7016،86 ޑޮަލަރެވެ. ނުވަތަ ސަތޭކަ އޮނަތިރީސް މިލިޔަން ޑޮލަރެވެ. މިއީ ރާއްޖޭގައި ކޮންޓުރެކްޓާ އަގުގައި ފައިވްސުޓާ ދެ ރިސޯޓު ނިންމާލެވޭހާ ލާރިއެވެ.

  6. ކޮބާމާނައަކީ

    "ލާދީނީ" ވުމަކީ ކޮބާކަން ފުރަތަމަ ޑިފައިންކުރަންވީއެއް ނޫންތޯ؟ "ލާދީނީ" ކަންކަން ކުރަންޏާ "ލާދީނީ"އޭ ވެސް ގޮވާނެ. މައިތިރިވެ ތިބެވޭނަމަ އެކައްޗެކޭވެސް ނުގޮވީސްނޫންތޯ؟

  7. އަބްދޫ

    ގާނޫނުއަސަސީގެ 97 ވަނަމާއްދާ ގައިވަނީ ގާނޫނުގައި ބަޔާންވެގެންވާގޮތުގެ މަތިންމެނުވީ އެއްވެސް ހަރަދެއް ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށާ ވަޒީރުންނަށް އަމުރުކުރާކަމަށް.މިއަމުރާ ހިލާފަށް ރައީސުލް ޖުމްހޫރިއްޔާއާއި އެކޮންމިކް މިނިސްޓަރާއި ފިނެސް މިނިސްޓަރާއި އެޑިޔުކޭސަންމިނިސްތަރު ވަނީ އެންޓިކަރެޕްސަނުގެ ގާނޫނުގައިވާ އަމިއްލަޔަށް ނާޖާއިޒް ފައިދާ ހޯދުމާއި އެކިއެކި ފަރާތްތަކަށް ނާޖާއިޒް ފައިދާ ހޯދާދީފާ ކަންޔަގީން އިބޫސާލިހް ވިދާޅުވި ވީޑިއޯގަ ބުނާގޮތުން ވަޒީރުން ނޫންމީހުނަށް ޔައުނީ ސިޔާސަތު ކަނދައަޅާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ބޭރުގައުމުތަކުގަ ތިއްބަޗވާ ސަފީރުން މިފަދަ މަޖިލީހުން ފާސް ކުރާ މަގާމް ފިޔަވައިއެހެން ފަރާތްތަކަށް ވަޒީފާ ދިނުމކަކީ އެންޓީކަރެޕްސަނުގެ ގާނޫނުގަ ބުނާ ނާޖާއިޒް ފައިދާ ލިބިގަތުމާއި ނަޖާއުިޒްފައިދާ ހޯދާދިނުން ނޫންކަމަކަށް ނުވާނެ. އެންޓިކަރެޕްސަނުގެ ގާނޫނު ބުނާގޮތުން މިއީ ޖިނާއީ ކުށެއް. އަދި ގާނޫނެއްނެތި އެކޮނޮމިކް މިނިސްތަރު އެބައްސަވާ ފައިސާތަކާއި އެޑިޔުކޭސަން މިނިސްޓަރުގެ ނާސްތާ އަކީވެސް ގާނޫނުއަސަސީގެ 97 ވަނަ މާއްދާގައިވާ އަމުރަށް ގޮންޖައްސަވާ ހިންގަވާ އަމަލަކަށް ނޫނީ ނުވާނެ . މިފަދަ ގައިރު ގާނޫނީ ކަންކަމަށް ފައިސާ ދޫކުރުމަކީ ފިނޭންސް މިނިސްތަރު ނިންގަވަ ޖިނާއީ އަމަލަކަށް ނޫނީ ނުވާނެ.

  8. އަބްދޫ

    ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ އަށް ބަލާއިރު އެއްވެސް ފަރާތަކަށް ވަޒީފާ ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައި ނުގަންނަވާ.115 ވަނަމާއްދާގެ ޅ ގައިވާގޮތުން ރައީސުލް ޖުމަހޫރިއްޔާއަށް ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުނަ ރުހުންދޭފަރާތްތަށް މަގާމްތަކަށް އައްޔަން ކުރުމުގެ ބާރު އެކަނި އެފަރާތްތަކަކީ ކެބިނެޓް މެމްބަރުންނާއި ބޭރުގައުމު ތަކުގަތިއްބަވާ ސަފީރުންނާއި މިނިވަން މުވައްސަސާ ތަކުގެ މެމްބަރުންނޢި މިފަދަ މަޖިލީހުން ރުހުންދޭ ފަރާތްތައް މަޖިލީހުންކަނޑައެޅި މަގާމްތަކަށް މީހުންއައްޔަން ކުރުން. އެއްވެސް ފަރާތަކަށް ވަޒީފާދިނުމުގެ އިހްތިޔާރެއް ގާނޫނުއަސަސިއަކުން ރައީސުލް ޖުމަހޫރިއްޔާއަށް ލިބި ދީފައެއް ނުވޭ.