ފޮޓޯ: ރާއްޖެ އެމްވީ

އިދިކޮޅު އިއްތިހާދުގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުއަށް ކެމްޕެއިން ކުރުމުގެ ގޮތުން، އެމްޑީޕީ އިން މިއަދު މާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކޮށްފިއެވެ.

އެމްޑީޕީގެ ޑޯ ޓު ޑޯ ހަރަކާތް ފަށާފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރު އެ ޕާާޓީގެ ހަރުގޭގައެވެ. ހަރަކާތް ފެށުމުގެ ކުރިން އިބޫ ވަނީ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އިބޫ ވިދާޅުވީ މި މަހުގެ 10 ވަނަ ދުވަހު ރަނިންމޭޓަކު ކަނޑައެޅުމުން ކެމްޕެއިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުގެ ކުރިން މާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އިން އިބޫ އަށް ރިޔާސީ ޓިކެޓު ދިން ފަހުން އިބޫ ވަނީ އެމްޑީޕީގެ އެކި ކޮމިޓީތަކާއި ކެމްޕެއިންޓީމުތަކާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުންތަކަށް ފަހު ކެމްޕެއިން ކުރުމުގެ ގޮތުން މާލޭގައި ހިންގާފައިވާ ފުރަތަމަ ހަރަކާތަކީ މިއީއެވެ.

ދޮރުން ދޮރަށް ހިނގުމަކީ އެންމެ ކުރިން ފަށައިގެން ވެސް ކެމްޕެއިން ކުރުމަށް އެމްޑީޕީއިން ހިންގާ ހަރަކާތެކެވެ. އެ ހަރަކާތުގެ މަގުސަދަކީ ރައްޔިތުންނަށް ދިމާވެފައިވާާ މައްސަލަތައް ދެނެގަނެ އެކަން ކަމަށް ހައްލު ހޯދުން ކަމަށް އެ ޕާޓީ އިން ބުނެއެވެ.

އިދިކޮޅު އިއްތިހާދުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ކެނޑިޑޭޓެއް ނެރެން ނިންމާފައިވާއިރު ރަނިންމޭޓަކަށް ނެރެން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. އެހެން ނަމަވެސް ރަނިން މޭޓަކަށް ހޮވާނެ ބޭފުޅާކާ މެދު މިހާރު ހިޔާލުތަފާތުވުންތައް ވަނީ ގިނަ ވެފައެެވެ.

ޖޭޕީގެ ބައެއް ފަރާތްތަކުން ކެމްޕެއިން ކުރަމުން ގެންދަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން އައިޝާ ރަނިންމޭޓަކަށް ހަމަޖެއްސުމަށެވެ. ނަމަވެސް އެ ޕާޓީގެ އެހެން ފަރާތްތަކުންނާއި، އިދިކޮޅު އެހެން ޕާޓީތަކުުގެ އެހެން ފަރާތްތަކުން ބުނަމުންދަނީ އައިޝާއަށް ވުރެ ތައުލީމީ އަދި ހިންގުންތެރި މީހުން ޖޭޕީގައި އުޅޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ވޯޓެއް ނުދޭނަން

  2. އިބޫއޮޅާލާ ނެއްޗާސްއެއް އިންޝާﷲމިފަހަރުވެސްރައީސްޔާމިން މީދިވެހިންގެނިންމުން

  3. އަޅެތީކާކްޔާމިންހުއްޓާ

  4. ހެޔޮނުވާނެ

    އޫބަލަގަމިހެރަމޮޔަޔާ ޔާމިންހުއްޓާކަލެއައްމިދިވެހިންވޯޓްދޭނެތޭ

  5. ގާސިމްއަބިކަލުންނުކުމެއްޖެނަމަ20ސަކައްވޯޓްލިބިދާނެ

  6. އިރާދަފުޅުކުރެއްވިއްޔާމިރީދޫކަންތައްގަޑުންމިލޮބްވެތިގައުމްސަލާމައްކުރައްވާށި އާމިން

  7. މީހަމަބޮޑުބަލާވެރިކަމެއް

  8. އަލީގެ މަލީ

    ޢައިޝާ ނެރުމަކީ ވަރަށް އެދެވިގެން ވާކަމެއް ޖެންޑާ އީކުވަލް ވާން ޖެހޭދޯ އަދާލަތުގެ އެމްޕީ.. މިކަމާ ބަސް ނުކިޔާ... ޙާދަ ހެއްވަޔޭ

  9. ދޮރު ހުރީ ހުޅުވިފަ

    މިގެއަށް މަރުޙަބާ!

  10. ޑިމޮކްރަޓިސްޓް

    ރައްޓެހިންގެ ގެތަކަށް ދޯ؟ މިކަން މަގޭކައިރިޔަށް އައިސްބަލަ!

  11. 6 ދަރިންގެ އަމާ

    މިއޮއް ހުރިހާ ދުވަހު އަހަރު ދެކޮޅު ވިހަން ގޭގައި އޮންނަވާފައި، ޓަސްލާފަ ސިޔާސީ މައިދާނަށް ނިކުންނެވިޔަކަސް އެކަމެއް ނުވާނެއެވެ. މިހާރުވެސް މިއުޅެނީ މައިތިރި ނުވާ މީހުންގެ ޢަދަދު ގިނަވެގެންނެވެ. ތަޖުރިބާ ނެތް ޅަދަރި މަޔަކަށް މިފަދަ ތަނަކަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ޤާސިމް އިބްރާހީމް ދަތްޕިލާ ޖެހިލެއްވިޔަކަސް، ދިވެހި ރައްޔިތުން ތިބޭފުޅާ ސިޔާސީ ރޮނގުން އަދި ބަލައެއް ނުގަންނާނެއެވެ.

  12. ފަޅުވެރިން

    ޤައުމުގެ ވެރިކަމަށް ގްރޭޑް ދިހައެއްގެ ފެންވަރުގެ މީހެއް، ނައިބު ރައީސްކަމަށް ބިޑިކާ ބަޑިއެއް؟؟ މިހިރީ ތަހްޒީބު މުޖްތަމަޢެއްގެ ތެރޭގައި ދައްކަން ހެޔޮވާވަރުގެ ވާހަކަތަކެއް ނޫން!! ހެޔޮނުވާނެ، މިކަހަލަ ވާހަކަ ނުދައްކާ!! ކަލާކޮށްޓަކައި ގޮވާފައި މިބުނީ!!

  13. ސޮރީ ވޯޓު ނުދޭނަން

  14. ޑިމޮކްރަޓިސްޓް

    އަދި ނިކަން ވެފަޔޭދޯ މިކަލޭގެ މިހުންނަނީވެސް..

  15. ދައްކާނެ އިތުރު ވާހަކައެއް ނެތް އިބޫ އަކަސް ވެބޫ އަކަސް އެމްޑީޕީ ގައި އޮންނާނީ ލާދީނީ ސިޔާސަތު. އެމްޑީޕީ އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ، އިސްތިގުލާލާ، އެއްބައި ވަންތަކަމާ، ކުރިއެރުމާއި، ތަރައްގީގެ އިތުރުން މާތްވެގެންވާ އިސްލާމް ދީނަށް ހުރި ބޮޑުބިރެއް. އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ، އިންޑިއާ ގެ އަޅުވެތިކަމުގެ ދަށަށް މި ލޮބުވެތި ވަޠަން ވައްޓާލާނެ. ކުރިން ވެރިކަން ކުރިއިރު އިންޑިއާގެ ޖީބަށް ވެއްޓުނު މިންވަރަކީ ދެން އދ ގައި ރާއްޖެ އިން ވޯޓުދޭނީ އިންޑިއާ އެދޭގޮތަކަށް ކަން އިޢުލާނުކުރުން. އދ ގައި މިނިވަން ކަމާއިއެކު ބަސްބުނުމަކީ އދ ގެ މެންބަރު ކޮންމެ ގައުމަކަށް ވެސް ލިބިފައިވާ ޙައްގަކަށް ވީ އިރުވެސް ރީނދޫ ސަރުކާރުން އެ މިނިވަންކަންވެސް އޮތީ ވިއްކާލާފަ. އެހެންކަމުން ހުރިހާގޮތަކުންވެސް ފެއިލްވެގެންދިޔަ އެމްޑީޕީ އަށް ވޯޓު ދިނުމަކީ އަމިއްލަފައިގައި ފުރޮއިން ޖެހުން ނޫންކަމެއްނޫން....!!!!

  16. އަނހަ. އަންނީގެ އަޅުކަލޭގެ ނިކުތީތަ.....؟؟؟

  17. ނުފޯރާފޮތިން ފޫގަޅަންޏާ ފެންނާނެތަން ކެނެރީގެ ކޮކަޑި ކުމާރު ކިޔާދިން އަޑު ނާހަންތަ؟ އިބްރާހިމްބެ މެން މަޖީދީ މަގުން ހިނގާފައި ދާއިރު ފައިގަ ގަލެއް ނާޅާދޯ މިހާރު އަދި ބޮޑުފެންގަނޑެއް ގެ ތެރެޔަށް ފައިބައިގެން ދާން ނުޖެހޭ ދޯދޮރުން ދޮރަށް ހިނގާއިރު. ތިހެން އުޅޭއިރު ބޭރުމަގަށް ޖެލިލަން ޖެހިއްޖެ ނަމަ އެރޭނީ ޒަމާނީ ތާރު މަގަކަށް އެއީމައްސަލައެއްނޫން ފިނިކޮށްލަން އިހަށް ޕާކެއްގައި މަޑުކޮށްލާ ވަރުބަލި ފިލުވަން އޯކޭވާނެ ވިންޓާ ޕާކަށް ވަނަސް ނަމަ ނަމަ މާފަންނު ކޮޅުން މައްޗަށް ބޯހިއްލާނުލާތި އޭރުން ނިކަން އުސްކޮށް ހުރި އިމާރާތެއް ފެނި ބޯއަނބުރައިގަންނަ ގޮތެއް ވެދާނެ މާބޮޑު މައްސަލައެއްނޫން އެކު އުޅޭ ކުދިންނަށް ޖޫސް ދޭން އިހަށް ރަސްފަންނު ޕެވެލިއަންއަށް ޖައްސާލަބަލަ. އަނހާ އެއްދުވަހު ހަތަރުދަމު ހިނގާ ހިނގާ އަވަދިވި އިރު އަދި ދޮރެއް ނުފެނޭދޯ. ކީއްކުރާނީ ދޯ. ކަކުނި މިސާލުން މިސާލު ނަގާނަމަހީ ކުޑާކޮށް ރަނގަޅުވީސް.

  18. އިދިކޮޅު އެހެން ޕާޓީތަކުުން ބުނަމުންދަނީ އައިޝާއަށް ވުރެ ރީތި ތައުލީމީ އަދި ހިންގުންތެރި މީހުން ޖޭޕީގައި އުޅޭ ކަމަށެވެ.

  19. ވަގަކަށް ވުރެއް ކިހިނެއްތަވީ 10 ގރ ފެންވަރު ހުއްޓަސް.. މޮޅު އިކޮނިމިސްޓު އަރާ މުޅި ގައުމު އަމިއްލަ ޖީބަށް

  20. އިދިކޮޅު އެހެން ޕާޓީތަކުުގެ އެންމެހާ ފަރާތްތަކުން ބުނަމުންދަނީ އައިޝާއަށް ވުރެ ރީތި ތައުލީމީ އަދި ހިންގުންތެރި ޒުވާން އަންހެން މީހުން ޖޭޕީގައި އުޅޭ ކަމަށެވެ. އައިޝާ ކަމަކުނުދޭ.

  21. އިބޫ ރައްޔިތުންނާ ގާތަށް އާންމުންގެ އެތައް އުއްމީދެއް ކަމަށް އެމްޑީޕީން ނޫސްވެރިން މެދުވެރިކޮށް ޕްރޮޕެގެންޑާ ފެތުރި ނަމަވެސް އިބޫ އަށް މާލޭގެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއޭ ފުރަތަމަ ކަމަކީ އިބޫ އަކީ އެއީ ކުޑަ ކުޑަ އާބާދީ އަކުން އައިސް ފައި ހުރި ކުޑަ ބޮއްކުރަ އެެއް ދޯ މާލެ އެއީ ދަ ގްރޭންޑް ކެޕިޓަލް ބޮުޑު ބިޔަ އޮޑި ދޯ. އޮޑި ދޮށަށް ބޮއްކުރާ ކަނބަން ޖެހޭނީ މިހާރު މިވާ ގޮތުން ބޮއްކުރާ ދޮށަށް އޮޑި ކަނބަން ޖެހޭނީ ސަރުކާރުން މިކަން ޖެހޭނެ ޑެޑް ސީރިއަސް ކޮށް ނަގައިގެން ބޮއްކުރާ ދޮށަށް އޮޑި ނުކަނބާ ވާނެ ގޮތެއް ހޯދަން. އެކަން ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަކަށް ގުޅި ފަޅުން 10 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް 100 އަހަރު ދުވަސް ވަން ދެން ކުއްޔަށް އެެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުނެ ސަރުކާރުން އެކަން އިއުލާން ކޮށް އަދި ކޮންމެ ކްއާރޓަރ އެއްގައި 50 ހާސް ރުފިޔާ އަށް ވުރެން ދަށުން ޖީއެސްޓީ ދައްކާ ކުންފުނި ތަކަށް އެފަދަ ލިޔުން ހަވާލު ކުރަންވީއޭ އެކުންފުނި ތަކާއި އިކޮނޮމިކް މިނިސްޓަރު ސައިއްޓޭ ކީއްތޭ ކުރަނީ ފިލައިގެން އުޅޭ ބަންގާޅީންގެ ކަންކަން ވެސް ހައްލެއް ނުކުރެވުނު އަދި ބޭރުން މީހުން ގެންނައިރު ބަހައްޓަން ޖެހޭ ބޮޑު ޑިޕޮޒިޓް ކުޑަ ވެސް ނުކުރެވުނު އިކޮނޮމިކް މިނިސްޓަރު ސައިއްޓޭ މެން ތިޔާ ޑޯރ ޓު ޑޯރ ޖެއްސުމުގެ ބަދަލުގައި ތަމެން ތިޔާ މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ފަހި ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ.