ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ނިންމުމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.
މިހާރުގެ ރިޔާސީ ދައުރު ނިމި އަންނަ ރިޔާސީ ދައުރު ފެށޭނެ ދުވަހަކާމެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި މަހުލޫފު ކުރެެއްވި ޓުވޯޓެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2013 ގައި ރިޔާސީ ދައުރު ފެށުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށެވެ. އަދި އެންމެ 6 ދުވަސް އިތުރަށް ވެރިކަމުގައި ހުންނެވުމުގެ ބަދަލުގައި 11 ނޮވެމްބަރު 2018 ގައި އާ ފެށުމަކުން ރިޔާސީ ދައުރު ފެށުމަށް ޖާގަ ދެއްވުމަށް ރައީސް ޔާމީންއަށް ގޮވާލާކަމަށެވެ.
Alhugandumennah hedhunu goahehge natheejaa akee, 17 November 2013 ga riyaasee dhauru feshun. Emme 6 dhuvas ithurah verikamuga hunnevumuge badhaluga, 11 November 2018 ga aafeshumakum riyaasee dhauru feshumah jaaga dhevvumah Yameen ah govaalan. #RiyaaseeInthkhaab2018
— Ahmed Mahloof (@AhmedMahloof) July 7, 2018
ރިޔާސީ ދައުރާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ، ކޮމިޝަންގެ ބައެއް މެންބަރުން ދެކިވަޑައިގަންނަވަނީ ރިޔާސީ ދައުރު ނިމޭނީ، 17 ނޮވެމްބަރުގައި ކަމަށެވެ. އަދި އަނެއް ބައި މެންބަރުން ދެކެވަޑައިގަތީ ރިޔާސީ ދައުރު ނިމޭނީ ގާނޫނީ އަސާސީގައި ބުނެފައިވާ ގޮތަށް 11 ނޮވެމްބަރުގައި ކަމަށެވެ. ނޮވެމްބަރު 11 އަކީ އާންމު ގޮތެއްގައި ރާއްޖޭގެ ރިޔާސީ ދައުރު ފަށާ ދުވަހެވެ. ނަމަވެސް 2013 ވަނަ އަަހަރު އިންތިޚާބު ތެރޭގައި ދިމާވި ކަންތައްތަކަށް ފަހު އިންތިޚާބު ބާއްވާ ރައީސް އަށް ހުވައި ކުރެވޭ ވަރުވީ ނޮވެމްބަރު 17 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ ދައުރު ނިމި އާ ރިޔާސީ ދައުރެއް ފެށޭނެ ދުވަހަކާމެދު ހިޔާލުތަފާތުވުން އުފެދި، އެކަމުގެ ލަފައަށް ބަންޑާރަ ނައިބްގެ އަރިހުން އެދިފައެެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ލަފައެއް ބަންޑާރަ ނައިބް އަދި ދެއްވާފައެއް ނުވެއެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި، ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މި ތާރީހު ފަސްވެދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
6 ދުވަސް ހަމަނުވެއޮތަސް މަހުލޫފު ބުނާނީ ތިމަމެން ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުކޮށްފީމޭ.
މަހުލޫޓުއައް އެނގޭނެ ހުރިހާ އެއްޗެއްވެސް އޭނާ ބުނާ ގޮތެއް ހަދާ. ޢޭނާއަކީ ބަންޑާރަނާއިބު. ޢެންމެންގެ ބަންޑާރަ ނައިބު. ދުނިޔޭގެ ބަންޑާ ނައިބު. ރީލޯޑު.
ތީ ކާކު؟ ގޮތް ކިޔަން
ބަލަގަ މަހުލޫފައް ދޯ އިގޭނީ ނިންމިއްވާދުވަހެން ތުންތުނާ މަޑުންހުރޭ
މަހުލޫފައްތަ ތިޔަކަން އެނގެނީ..
ކަލޯ ވިހެއި ދުވަހަށް ނިންމާނީ.