ސިނަމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖް އެއާޕޯޓް ލައިޓް ހިސާބުން މާލެއަށް ދަތުރު ކުރި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު 12:10ގައެވެ.

އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކާއި ފަހަތުގައި އިން 18 އަހަރުގެ އަންހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ސައިކަލް ދުއްވަން އިން 18 އަހަރުގެ މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އަނެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ 18 އަހަރުގެ މީހާ ދުއްވި ސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ގޮސްގެން ކަމަށް ފުލުހުންނަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުުތު"އަށް ވިދާޅުވީ، އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    ތިޔަ ގާދޫކޮލު ބުރިޖަކީ ރައްކާތެރި ކުރަންޖެހޭ ތަނެއް، ގާދުކޮލު ބުރިޖަކީ ސައިކަލް ދުއްވަން ރައްކާތެރިވާން ޖެހޭތަނެއް، ވައިގަދަ ދުވަސް ތަކުގައި ގާދޫކޮލު ބުރިޖުން ސައިކަލް ނުދުއްވޭތީ އަރިމަތީ ފެންސު ޖެހުން ރަގަޅު !

    2
    2