އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިހާތަނަށް ހުށަހެޅިފައިވާ އެކިއެކި މައްސަލަތަކާއި ގުޅޭ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރު ނޫން ކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށްދިޔަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފައެެވެ. އަދި ކޮމެޓީގެ މެންބަރުން ވަނީ އެ ކޮމިޝަނުން މައްސަލަތައް ނުބެލި ދިގުލައިގެން ދާތީއާއި، ހުށަހެޅިފައިވާ އެކިއެކި މައްސަލަތަކާއި ގުޅިގެން ސުވާލު ކޮށްފައެވެ. އެގޮތުން، ފާއިތުވި ވެރިކަމުގައި 83 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލައަކާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ކޮށްފައިވެއެވެ. އެ ސުވާލާއި ގުޅިގެން އޭސީސީގެ މެމްބަރ އިބްރާހިމް ޝަކީލް ވިދާޅުވީ ކޭސްގެ އަޕްޑޭޓް ދިނުމަށް ތައްޔާރުވެފައި ނުވާ ކަމަށެވެ.

"އެންސީއައިޓީ އާއި ކޮމިއުނިކޭޝަން މިނިސްޓްރީގެ ވިންޑޯސްގެ ލައިސަންސްތަކާއި ގުޅޭ މައްސަލައެއް އަޅުގަނޑުމެން އަތުގައި އެބައޮތް. އެހެން ނަމަވެސް، ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް ވީމަ ކޭސްތަކުގެ އަޕްޑޭޓެއް ދޭން ތައްޔާރު ވެގެންނެއް ނޫން އަޅުގަނޑު މިތަނަށް އައީ" ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމަށް އޭސީސީން އެދުނު 3.9 މިލިއަން ރުފިޔާ އިތުރަށް ދިން ނަމަވެސް އެ މައްސަލަތައް އަންނަ އަހަރު ވެސް މައްސަލަ ނިންމޭނެ ކަމުގެ ޔަގީންކަމެއް އެ ކޮމިޝަނުން ދީފައެއް ނުވެއެވެ. މި މައްސަލައާއި ގުޅިގެން ޝަކީލް ވިދާޅުވީ މިވަގުތު ބޮޑުހިޔާނާތުގެ މައްސަލަ ނިމޭނެ ފޯކާސްޓެއް ނެތްކަމަށެވެ.

އޭސީސީން މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފު ވިދާޅުވީ މިވަގުތު 1145 މައްސަލައެއް ބަލަމުންދާ ކަމަށެވެ. އޭގެ ތެރެއިން 548 މައްސަލައަކީ އާ ކޮމިޝަނުން ހަވާލުވިއިރު ވެސް އޭސީސީގައި ހުރި މައްސަލަތައް ކަަމަށް ވި