ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު އައްޔަންކޮށްފިއެވެ. ކޮއްކޮމެން ޕްރީސްކޫލަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވައިގެން ހިންގަވާ ޕްރީސްކޫލެކެވެ.

ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު އައްޔަންކޮށް އެ ސްކޫލްގެ ފަރާތުން ވަނީ އޭނާއަށް މަރުޚަބާ ކިޔާފައެވެ.

ސޯބިރާ އަޙްމަދަކީ 28 އަހަރު އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި ކޮމިއުނިޓީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި، ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ އިތުރުން ސޯޝަލް ޕޮލިސީ އެންޑް ލީޑާޝިޕް ޑިވެލޮޕްމެންޓްއާއި އެޑިއުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ފެންވަރުގެ ތައުލީމީ ތަޖުރިބާކާރެކެވެ.

1993 ވަނަ އަހަރު ނާސަރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި ތަޢުލީމީ ދާއިރާއަށް ނިކުތް ސޯބިރާ އަޙްމަދަކީ މިހާރު ލީޑިންގް ޓީޗަރެއްގެ އިތުރުން އެކެޑެމިކް މެނޭޖަރުކަން ކޮށް ޑެޕިއުޓީ ޕްރިންސިޕަލްއެއްގެ ގޮތުގައި ޚަރަކާތްތެރިވަމުން ބޭކަނބަލެކެވެ. މީގެ އިތުރުން ޕްރައިވެޓް އަދި ޕަބްލިކް އެޑިއުކޭޝަނަލް އިންސްޓިޓިއުޓްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް އޭނާ ދަނީ މަސައްކަތްކުރަމުންނެވެ. އޭނާ ވަނީ އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އެންޑް މާސްޓާސް ޑިގްރީއިން އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީވެސް ހަދާފައެވެ.

ކޮއްކޮމެންގެ ޕްރީސްކޫލްގެ ނަމުގައި ހިންގަމުން އައި ސްކޫލް ބައްލަވައިގަނެ އެތަން ހިންގަވަން ފެއްޓެވިކަން ޑރ.ޝަހީމް އިއުލާން ކުރެއްވީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޑރ.ޝަހީމް ވިދާޅުވީ މުސްތަޤުބަލުގައި ސްކޫލުގެ މަޤުޞަދަކަށްވާނީ، ފެންވަރު ރަނގަޅު ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމާއެކު، ރިވެތި އަދަބު އަޚުލާޤާއި ހުނަރުވެރިކަމާއި ރިވެތި ގޮތްތައް ދަސްކޮށް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަހައްމަދޫ

  ނައިސް ސްމައިލް.

 2. ރަންނަމާރި

  ޚަބަރަށް އަރަންޖެހޭ ވަރު ކަމެއް ކަމަކަށް ނުދެކެން… އެހެން ސްކޫލްތަކަށް ވެސް ޕްރިންސިޕަލްއިން ހޮވާ، ބްރޭކިންގ ނިއުސްއަކަށް ނުވޭ….ވަޓްސް ސޯ ސްޕެޝަލް؟

  2
  8
 3. މ ޢަބްދުﷲ

  ޑރ.ޝަހީމްގެ ޕްރީ ސްކޫލް ޕްރިންސިޕަލަކަށް ސޯބިރާ އަހްމަދު އައްޔަންކޮށްފި

  31 ސިކުންތު ކުރިން ( ނޮވެމްބަރު 16, 2021 )

  އަސްތާ ތިއޮތީ ލާދީީނީ ބިހެއް ފީކުރަން ލާފަ. ވަރަށް ވިސްނަންވާނެ .

  رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
  India out # India out # India out #

  2
  6
 4. މުޙައްމަދު

  ޤައުމަށް ބޭނުންވަނީ ތިޔަފަދަ ޚުލްގު ހެޔޮ ތަޢުލީމީ ދަރިން. ގުޑް ލަކް

 5. ނިޔާމް

  ގައުމީ ކޯޗު ސުޒޭން މިކަމާ ވަރަށް އުފާވާނެދޯ

  • ޙަސަނާ

   އެއީ ކޮންކަމަކާތޯ ޒުޒޭނު އުފާކުރާނީ...

 6. ޕިރާޑް

  މަގޭ އުމުރަށް ވުރެން މީނަ މިކަމުގައި ހޭދަ ކުރި މުއްދަތު ގިނަ، އެކަމު ވެސް ވަރަށް ރީތި

 7. އެނގޭމީހާގެ ވާހަކަގޯނި

  އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނުން މާސްޓާސް ޑިގްރީ ހާސިލު ކުރިބާ؟ އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލު ކުރިބާ؟ މަޢުލޫމާތުގެ ކުށް ރަނގަޅުކޮށްލާ. ފަސްޓް ޑިގްރީ ނިންމިކަމުގެ ސަނަދު ލިބިއްޖެތަ؟ފަސްޓް ޑިގްރީ ނުނިންމާ މާސްޓާރޒް އެވިޑުން ނިންމީ ކިހިނެތްބާ؟ މާސްޓާރޒް ނިންމީކިތައް އަހަރުންބާ؟ ކޮންޕަބްލިކް އިންސްޓިޓިއުޓެއްގަތަ ކިޔަވާދެއްވީ؟ ކޮންތަނެއްގެ ޑެޕިއުޓީ ޕްރިންސިޕަލްއެއްގެ ގޮތުގައިތަ ޚަރަކާތްތެރިވަމުން އަންނަނީ؟ ލަދުން ބޯހަލާކު. ފޭކިސްތާނު. މަމޮޅު

 8. ޒަފްރީނާ

  ސްކޫލެއްގެ ޕްރިންސިޕަލްގެ މަޤާމުގައި ތިބެންޖެހޭނީ ތަޢުލީމީ، އަޙްލާޤާ ސުލޫކް ރަނގަޅު މީހުން. ކޮއްކޮމެންގެ ޕްރީސްކޫލްގެ އައު ޕްރިންސިޕަލްގެ ސޯޝިއަލް މީޑިޔާއިން މިބޭފުޅާގެ މިދެންނެވި އަޙްލާޤް ހާމަވެގެންދާނެ. މިއީތޯ ސްކޫލެއްގެ ހުންގާނުގައި ހުންނަމީހެއްގެ ސިފަތަކަކީ. ލަދުން ބޯހަލާކު. ބުރުގާ އަލައިނިވާވެގެން ތިބީމާ ހަތަރުކަށިމަތި އަޙްލާޤުގެ ގޮތުނަ ހަމަވީބާ؟