މަޝްޙޫރު ދާއީ އައްޝައިޚް މުޢިއްޒު ބުޚާރީގެ ވަރަށް ޚާއްސަ ދަރުހެއް، މާދަމާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި އޮންނާނެ ކަމަށް އެމަނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ދަރުހަކީ "ދަ ޔޫތު ޑިލެމާ" ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ދަރުހެކެވެ. މާދަމާ ރޭ 21:00 ގައި ބާއްވާ މި ދަރުސް މިނިސްޓްރީގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލްއިން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ. މި ދަރުހުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެލެއްވުމަށް މިނިސްޓްރީގެ ފަރާތުން އެދިލައްވައެވެ.

އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ސްރީލަންކާއަށް އުފަން ބޭފުޅެކެވެ. އެބޭފުޅާގެ އުމުރުން 14 އަހަރުގައި ޤުރްއާން ހިތުދަސްކުރުމަށްފަހު، 10 އަހަރު ހޭދަކުރެއްވީ ޢަރަބި ބަހާއި، އިސްލާމީ ފިޤުޙު އަދި ހަދީޡް ޢިލްމު އުނގެނުމަށެވެ.

މިވަޤުތު އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ކޮލަންބޯގެ "ސަކީނާ އިންސްޓިޓިއުޓް" ގެ ސީ.އީ.އޯ އެވެ. ހަމައެހެންމެ އެބޭފުޅާއަކީ، އެބޭފުޅާ ތަޢުލީމު ޙާސިލްކުރެއްވި ކޮލޮމްބޯގެ އިންސްޓިއުޓް ކަމަށްވާ "އިންޓަނޭޝަނަލް އިސްލާމިކް އިންސްޓިއުޓް" ގައި ޢަރަބި މާއްދާ ކިޔަވައިދެއްވަމުންދާ މުދައްރިސެކެވެ. މީގެ އިތުރުން، އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ކޮލޮމްބޯގެ ވެލަވަޓްގެ އެންމެ ބޮޑު ހުކުރު މިސްކިތުގެ ޚަޠީބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2020

    ތިޔަބޭފުޅުންވިދާޅުވަނީ ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް ފައިދާކުރާނެކަމެކެވެ. ބަންގިގޮވާއަޑު(ޚާއްޞަކޮކޮށްފަތިސްނަމާދުގެ) މަޑުވުމާއި މިސްކިތާޖެހިގެންހުންނަގެއަށްވެސް ކިޔާނުކިޔާއެއްޗެއްސާފުނުވާހާބޮޑަށް އަޑުމަޑުކޮށްފަވަނީކީއްވެތޯ؟ އުފާވެރިހިތްގައިމުފަތިހުއެއަޑުއިވުނީމަ؟؟؟؟؟؟؟

  2. އަޙްމަދް

    މަޝްޙޫރު ދާއީ އެކެ ޝޭޚެކޭ ބުއްޏައްސް އަދި ކަމަކު ނުދާނެ އެވެ.
    ތި ޝޭޙްގެ ވަނަވަރަކީ ކޮބައިކަން ބުނެދިނުން ވަރަށް މުހިއްމެވެ.
    ޚާއްސަކޮށް އޭނަޣެ ޢަޤީދާޢައި މަންހަޖެވެ.