ކ.ހުރާ ގެއެއްގެ ތެރެއިން ސިހުރު ހަދާ ވަޅުލާފައި އޮތް ކަމަށް ބެލެވޭ މިނި ކަށިގަނޑެއް ފެނިއްޖެއެވެ.

އެ ކަށިގަނޑު ފެނިފައިވަނީ އެރަށުގައި ފަހުން ގޯތި ދޫކުރި ސަރަހައްދުގައި އަޅާފައިވާ ގެއެއްގެ ތެރެއިންނެވެ.

" ވީއެފްޕީ" އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނެފައިވާ ގޮތުގައި އެ ގޭގައި އުޅޭ އަންހެނަކަށް އުނދަގޫތަކެއްވާތީ ރުގުޔާ ކުރާ މީހަކު ގެނެސްގެން ބެލުމުން އެކަށިގަނޑު ވަޅުލާފައި އޮތްކަން އެނގުނީއެވެ. އަދި އެ ކަށިގަނޑު ވަޅުލާފައި އޮތީ ގެއަށް ވަންނަ މައިދޮރު މަތީގައި ކަމަށް އޭނާ ބުންޏެވެ.

ރުގުޔާ ކުރާ މީހަކު ގެންގޮސްގެން ބެލި ބެލުމުން ސިހުރު ހަދާފައިވަނީ އެ ގޭގައި އުޅުނު ދެމަފިރިން ދުރުކޮށް ދެމަފިރިން މަރާލަން ކަމަށް އެނގިފައިވާ ކަމަށް އޭނާ ބުނެއެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ މަރުވެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ސިހުރު ހެދުމަކީ މާތްވެގެންވާ އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަމަކެވެ. އެއީ ބޮޑުވެގެންވާ އޮޅުވާލުމެއް ކަމުގައި އެކަން ވާތީއެވެ.

ސިހުރު ހަދާފައިވާ ކަށިގަނޑު ކައުންސިލުގެ ހުއްދައާއެކު ވަޅުލަން މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ހުރާއިން ސިހުރު ހަދާފައިވާ މިނި ކަށިގަނޑެއް ފެނިފައިވާއިރު ދާދި ފަހުން ވަނީ ޖިންނިއަކު ސިވެެއްސަކު މަރާލިކަމަށް ބުނާ ވޯޑިއޯއެއް އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހުދީ

    އިސްލާމީ ސަރީއާއިން އިގެނީ ސިހުރު ހަދާ މީހުންނަށް އޮތީ އެންމެ ހުކުމެއްކަން، އެއީ ގަތުލުކުރުން. މިކަމަށް ހެކިދޭ ކަމަކީ ހަފްސަތުގެ ފާނުގެ ނޯކަރަކު ސިހުރުހެދިކަން އިގުމުން އޭނާ ގަތުލުކުރުން.

    ހަމަކަށަވަރުން ﷲ އީ މޮޅަދެނެވޮޑިގެން ވާ، އަހަރުމެންގެ ރައްކާތެރިކުރައްވާ ފަރާތް.

  2. ޑިމޮކްރަޓިސްޓް

    ސިހުރު ހަދާފަ ހެދިމީހާއަށް ވަކި ސަލާމަތުން އުޅޭވޭނެބާ.. މަރުވީ ނަރަކައިގެ އެންމެ އަޑީގަ އެކުރިކަމެއްގެ ހިތިރަހަ ދެކިދެކި އަލިފާނުގަ އަނދައަނދާ..

  3. އ

    ވޯޑިއޯ އަކީ ކޮން އެއްްޗެއް

  4. ޥަހީދު

    ރުގުޔާ ކުރަން ގެންދާ މީހާ ވެސް ވަރަށް އޮޅުވާލާކަން ފާހަގަ ކުރަނ