އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވިކަމަށް ޝަރީޢަތުގައި އަމިއްލައަށް އިއުތިރާފުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ލޮލުގެ ފެނުން ދަށްވަމުންދާ ކަމަށް އޭނާގެ ޕާޓީ އެމްޓީޑީ އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުރިން ކުރި 30 އަށް ވުރެ ގިނަ ދައުވާ އަނބުރާ ގެންގޮސް، އޭނާއާ އެކު އެއްބަސްވުމެއް ހަދައި، ދައުލަތުން ކުރި ހަތް ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ކުރީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. އަދީބުގެ މައްޗަށް ޖަލު ހުކުމެއް އޮތް ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން އޭނާ ހުންނަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އަދީބުގެ އެމްޓީޑީ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އަދީބުގެ ލޮލުގެ ފެނުން ދަށްވާތީ މިއަދު ވަނީ ލޮލުގެ ޑޮކްޓަރަކަށް ދައްކާފައި ކަމަށެވެ. އަދީބަށް 2015 އިން 2018 އަށް ޖަލުގައި އެކަހެރިކޮށް ބާއްވައިގެން ޔާމީންގެ ސަރުކާރުން އެތައް އަނިޔާއެއް ކޮށްފައި ވާތީ އެތައް ސިއްހީ މައްސަލަތަކެއް އަދީބަށް ދިމާވެފައިވާ ކަމަށް އެމްޓީޑީ އިން ބުނެއެވެ. އެގޮތުން ހަކުރު ބަލި ވެސް އަދީބަށް ޖެހިފައިވާ ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

އަދީބު ގޭބަންދަށް ބަދަލު ކުރުމުން ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަނީ ނިދަން މެޝިނެއް ބޭނުން ކުރަން ޖެހޭތީ ކަމަށެވެ. އެ މެޝިން ޖަލުގައި ބޭނުން ނުކުރެވޭ ކަމަށް އިމްރާން ވިދާޅުވި ނަމަވެސް އެއީ ކޮން ކަހަލަ މެޝިނެއް ކަމުގެ ތަފުސީލެއް އާއްމެއް ނުކުރައްވަ އެވެ.

އަދީބު މިހާރު ދިރިއުޅެނީ ހުޅުމާލޭ އަމީން އެވެނިއު ގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަސީނާ

  ތިއީ ވަރަށް ގިނަ ސިޔާސީ ބޮޑެތި މީހުން ޖަލަށް ލީމާ ޖެހޭ ބައްޔެއް. ކަރެކްޝަން މީހުންގެ ޔުނިފޯމް ކުލައިން ދިމާވާ ކަމެއް ކަމަށް. ލޮލަށް އަޅި ބުރުވަބުރުވާ ވާގޮތެއް. ކާނަލް ނާޒިމަށް ވެސް މައުމޫނަށް ވެސް މިހާރު އަދީބަށްް ވެސް..ކުރިން ޖެހުނު މީހުން ބަރާބަރު މިހާރު

  16
 2. ހަސަން

  އެމީހަކު އުޅުނު ގޮތުގެ ކަންތައް ދުނިޔެ މަތީގަ ވެސް ދަށްކަވާ، އެކަމުން އިބުރަތް ލިބިގަތުން މުހިއްމު

  19
 3. ޝުމްބް ޗޮންގް

  އަދީބް އެއީ ވަގެއް ދޯ.

  8
  1
 4. ޙިސާން

  ދެން އެސޮރުދޫކޮށްލާފަ ނިސާނު އިއްޒަތުގެ ލަގަބުދީ.ވަގުތުން ލޯއަލިވާނެ.

  10
 5. ބޮލި މުލައް

  ރައްޔަތުންގެ މުދަލުން ވައްކަންކޮށްފަ ލޮލުގެ ފެނުން ދައްވީމަ އެވާހަކަ ދެއްކުން މާރީއްޗެއްނޫން

 6. ޔާހޫ

  ދެން އަވިޖައްސާލަން 1 އަހަރަށް ބޭރަށް ނެރިފަ ދޫކޮށްލަންވީއެންނު

 7. Anonymous

  އެހެންނޭ ވަނީ.
  ބުރޯ ބޯޓު ތަކަށާއި ތަންތަނަށް ވަދެ ފިލާ އޮންނަށްވެއްޖެއްޔާ
  ވައްކަން ކުރަން ހުންނަ ގަޓު އަދަބު ލިބެންވެސް ހުންނަށް ޖެހޭނެ ބުރޯ
  ކުރީގައި ކިހާ ސްމާޓްތަ ޙަޔާތުގެ ކުލަތައް ހަޑިވެއްޖެ.