ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ކެނެޑާއިން ގޮވާލައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ކެނެޑާ އިން ގޮވާލާފައި ވަނީ ކެނެޑާއިން ދިވެހި ރާއްޖެއަށް ކަޑައަޅުއްްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން މިއަަދު ކުރެއްވި ޓުވީޓެއްގައެވެ.

މިޓްވީޓްގައި ޑޭވިޑް މެކިނަން ވިދާޅުވެފައިވަނީ ނޫސްވެރިންނާއި މުޒާހަރާތަކުގައި ބައިވެރިވާ އާއްމުންނާއި ދެކޮޅަށް ހިންގާ ހަމަނުޖެހުން އިތުރުވެ، މުޒާހަރާތަކުގެ ތެރޭގައި ނޫސްވެރިންނާއި އާއްމުން ހައްޔަރު ކުރުން އިތުރުވަމުންދާ ކަމުގެ ރިޕޯޓްތަކާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައްވަވާ ކަމަށާއި ،އަސާސީ ހައްގުތަކާއި މިނިވަންކަން އިއާދަކޮށް، ޑިމޮކްރަސީގެ މަގަށް ރުޖޫޢަ ވުމަށް ގޮވާލާކަމަށް އެޓުވީޓްގައިވެއެވެ.

ރައީސުލ ޖުމްހުރިއްޔާ ފުރަތަމަ އިއުލާން ކުރެއްވި ކުއްލި ހާލަތުގެ މުއްދަތު ހަމަވުމާއެކު، ކުއްލި ހާލަތު އިތުރު 30 ދުވަހަށް ދަންމަވާލެއްވުމަށް ރައްޔަތުން މަޖިލާހަށް ހުށައެޅުއްވި ޤަރާރު މަޖިލީހުން ވަނީ ފާސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހޭއިރު ކެނެޑާއަކީ ޑިމޮކްރަސީ ވެސް އޮތް ގައުމެއް ނޫނެއްނު؟ އެގައުމުގެ ވެރިއަކީ އިނގިރޭސި ރާނީޔޯ.....!!!

  2. ތިލަފުށި

    ޤާނޫނާއި ޤަވައިދާ ޚީލާފަށް އުޅޭމީހުންނަށް ކެނެޑާއިން ހިތްވަރުދޭކަށް ނުޖެހެއި ބަންދުކުރީ ގޭގަތިއްބައެއްނޫން ، ނުލަފާއަރުވަން އުޅުނީމާ

  3. ާފލަަ

    ަެހެަޮޖިނޮސުން ގުލުން ހިންގަން ދޭެބަލަ ކެނެޑާަައައް

  4. ރައްޔިތު މީހާ

    މިފޮޓޯއިން ފެންނަނީ ދިވެހި ފުލުހުންގެ ހިނިތުންވުން، ކެތްތެރިކަން، ރައްޔިތުންގެ ވާހަކަ އަޑު އަހާ މިންވަރު. މިޤައުމުގެ އަބަދުމެ މިނަވަން ޤައުމެއް ގޮތުގައި ލާއްވާށި. އާމީން.