އަންހެނުންނަށް ޖިންސީ ފުރައްސާރަކުރަ ކުރުން އިތުރުވަނީ އެމީހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށް ދެކޭ ފިރިހެނުންގެ އަދަދު ގިނަ ކަމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެމްއެންޔޫއާ ގުޅިގެން ހެދި އެ ސާވޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުނަށް ހުއްޓުވަން ކުރަން ޖެހޭ ކަންކަން ދެނެގަތުމެވެ.

މި އަހަރު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހިންގި އެ ސާވޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 619 މީހަކު ވަނީ ބައިވެރިވެފައެވެ. އެެންމެ ގިނައިން މީހުން ބައިވެރިވެފައިވަނީ މާލޭ ސަރަހައްދު ހިމެނޭ ގޮތަށް ކ. އަތޮޅުންނެވެ. ސާވޭގެ 78.9 ބައިވެރިންނަކީ އަންހެނުންެ. 21.1 އިންސައްތައަކީ ފިރިހެނުންނެވެ.

ސާވޭގެ ބައިވެރިންގެ އުމުރުފުރާތައް

  • 26-35 ދެމެދުގެ 38.2 އިންސައްތަ
  • 36-45 ދެމެދުގެ 31.4 އިންސައްތަ
  • 18-25 ދެމެދުގެ 14.6 އިންސައްތަ
  • 46-55 ދެމެދުގެ 2.8 އިންސައްތަ

ސާވޭގައި ބައިވެރިންގެ ބޮޑު އިންސައްތައެއް އުޅެނީ ކައިވެނިކޮށްގެންނެވެ. އެއީ 468 މީހުންނެވެ. އެކި ދެ ޖިންސުގެ ކަންކަމާއި ގުޅޭ ގޮތުން ސާވޭހެ ބައިވެރިންނަށް ގިނަ ސުވާލުތަކެއް ވަނީ ކޮށްފައެވެ.

އަންހެނުންގެ ރައްކާތެރިކަން: ޖިންސީ ފުރުއްސާރަކުރަން

  • މި ސާވޭގައި ބައިވެރިވި 80 އިންސައްތައަށްވުރެ ގިނަ ބައިވެރިން ދެކޭ ގޮތުގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ޖިންސީ ފުރުއްސާރައާ ކުރިމަތިލާން ޖެހެއެވެ.

އަންހެނުންގެ ރައްކާތެރިކަމާ މެދު ސާވޭގެ ބައިވެރިން ދެކޭ ގޮތް

  • އަންހެނުންނަށް ފުރުއްސާރަ ކުރިމަތިވަނީ އެމީހުންގެ އަމަލުތައް ހުންނަ ގޮތުންކަމަށް 57.3 އިންސައްތަ ބަައިވެރިން ނުދެކެއެެވެ.
  • ސާވޭގެ 20.3 އިންސައްތަ (122) މީހުން ދެކޭ ގޮތުގައި ޖިންސީ ފުރުއްސާރަ ކުރިމަތިވަނީ އެމީހުންގެ އަމަލުތައް ހުންނަ ގޮތުންނެވެ.

"އެ އަދަދު މަދުވިޔަސް އެއީ ބޮޑު ޕަސެންޓޭޖެއް" ޕްރެޒެންޓޭޝަން މަޖިލީހަށް ހިއްސާކުރައްވަމުން އެމްއެންޔޫއިން ވިދާޅުވިއެވެ.

ރިސޯޓު ތަކުގައި މަސައްކަތްކުރާ އަންހެނުންާ މެދު ދެކޭ ގޮތް:

  • 44.2 އިންސައްތަ މީހުން ބަލައިގަނެއެވެ.
  • 30 އިންސައްތަ ދެކޭ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރުމަކީ އަންހެނުންކުރަން ރަނގަޅު މަސައްކަތެއް ކަމަށް މުޖުތަމައު ބަލައިނުގަނެއެވެ.

އަންހެނުން ތަފާތު މަގާމުތައް ފުރުމާ ބެހޭ ގޮތުން ދެކޭގޮތް

  • ގިނަ ބަޔަކު ދެކޭ ގޮތުގައި ސަލާމަތޫ ބާރުތަކުގެ އިސްމަގާމުތަކުގައި އަންހެނުން ތިބުމަކީ އެދެވޭ ކަމެކެވެ.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި އުއްތަމަ ފަނޑިޔާރުކަން އަދ ރައީސްކަމަށް އަންހެނަކު ހުރުން އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ސާވޭޣެ ބައިވެރިން ދެކެއެވެ.

ސާވޭގައި އެއްކުރުވުނު މައުލޫމާތުތަކުގެ މައްޗަށް އެމްއެންޔޫއިން ވަނީ ރިކޮމޮންޑޭޝަންތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝިޔާމް

    މުޅިންވެސް ތެދު ތީ.

    6
    1
  2. އަންހެނެއްގެ ތަޖުރިބާ

    ކުރު ޓޮޕް ލައިގެން ނިކުތީމަ ބެހޭ.
    މޫނު ބުރުގާ އަޅައިގެން ނިކުތީމަ އަޅައެއް ނުލާ.

    11
    • ޥަގު

      އޮރިޔާމުން ނިކުތަސް ބެހެން ޖެހޭތަ

  3. ލލ

    ، ކުޑަ ކުދިންގެ ހިޔާލު ހޯދައިގެން ހަދާ ދިރާސާ އަކުން މާކަ ރަގަޅު ނަތީޖާއެއް އިންސާނީ ދަރިފަސް ކޮޅަކަށް ނުލިބޭނެ، އިންސާނީ ދަރިފަސްކޮޅު ރަގަޅުވާނީ ﷲ ގެ ޝަރީޢަތަށް އިންސާނުން އުޅެގެން، އެޝަރީއަތާއި ދުރަށްދާ ވަރަކަށް އެކިއެކި މައްސަލަ ދިމާވާނީ!

    10
  4. ކާލި

    އަޅުގަޑުމެން އުޅެ ކަންކުރަންވީ މުޖުތަމައު ބުނާ ގޮތަށް ހަދާ ދިރާއަކުން ދައްކާ ގޮތަކަށްތޯ ނުވަތަ ބިންމަތީގައި އިންސާނި ދަރިފަސްކޮޅު އުޅެން ﷲ އެންގެވި މަތިވެރި ޝަރީޢަތަށްތޯ ؟

  5. ރާއްޖެ

    އަސްލު ގިނަފަހަރަށް ގިނަ އަންހެނުން މަގުމައްޗަށް ނިކުންނަނީ ދެއްކުން ތެރިކަމާއެކު..އެހެންވީމާ ކޮށިއަރާފަ ތިބޭ ފިރިހެނުން ދެއްކުން ބަލަިގަންނަނީ..އަންހެނުންވެސް ފިރިހެނުންވެސް އަބުރު ވެރި ބަޔަކަށް ވާންޖެހޭ..ނަމަވެސް ގިނަ މީހުން ހެދުން އެޅުމާ ހިނގުމާ ދެއްކުންތެރިކަމަކީ އަމިއްލަ މިނިވަން ކަމުގަ ދެކެނީ..މީހުން ބެހި ފޮށި ހަދާނަމަ އަމިއްލަ ޒިނާތަކެއްވެސް ހުންނަންވާނެ އެކަން އެގޮތަށް ދިޔަ ނުދިނުމަށް..ދިވެހި މުޖުތަމަޢުގެ ގިނަ ޢާއިލާތައް ރޫޅެނީ އަންހެނުންނާ ފިރިހެނުންގެ ވަޙުޝީކަމުން..މުޖުތަމަޢުގައި ފާފަތައް ގިނަ ވުމުން އެއީ އެއްވެސް ކަމަކށް ނުވޭ..އެފަދަ ވާހަކައެއް ދައްކާމީހަކީ ކަށި ހަރުފައިވާ މީހަކަށް ވާނީ..އަހަރެމެން ތަހުޒީބު މާނަކުރަނީ މުޅިން ގޯސްކޮށް..މުޅިންވެސް ދެއްކުންތެރިކަން ގިނައީ... ަަަަަަަަަަަަ

  6. ޢަހްމަދު

    ގަޔަށް ބާރު ކުރު ހެދުން އަޅައިގެން އޮރިޔާމުން ވަނާތައް ފާޅުކޮށްގެން ނުކުތީމަ ފޮށޭ މީހުން ގިނަވޭ. ކީއްވެތޯ އައުރަ ނިވާނުކޮށް ނިކުމެގެން އުޅެނީ. ހުޅަނގުގެ މީހުން ކޮޕީކުރިމަ ވާގޮތްތައް މިފެންނަނީ. އިސްލާމީ މިންގަނޑުން އައުރަ ނިވާކޮށްގެން ތިބޭ ކުދިންނާ ފޮށޭތޯ؟ އަމިއްްލަޔަށް ދައުވަތު ދިނީމަ ފޮށެން ދާނެ މީހުން. އަމިއްލަޔަށް ނޫންތޯ ސޯސަލް މީޑިޔާގަ އިސްތިހާރުކޮށް މީހުނަށް ދައުވަތު ދެނީ