"އިންޑިއާ އައުޓް" ނަމުގައި ފަތުރަނީ ދޮގާއި ފިތުނަ ފަސާދަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އިންޑިއާ އައުޓް" ސްލޯގަން ބޭނުން ކޮށްގެން މީޑިއާތަކާއި އަދި މީސް މީޑިއާގެ ވަސީލްތައް މެދުވެރިކޮށް ކުރަމުން އަންނަ މަސައްކަތަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބުރޫ އަރައި ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންދީ ރާއްޖޭގެ ސިޔާދަތައް ގެއްލުން ދިނުން ކަމަށެވެ.

ބަޔާނުގައި ބުނީ ރާއްޖެ އިން ބައިނަލްއަޤުވާމީ ހުރިހާ ފަރާތްތަކާއި އެކު ވެސް ބާއްވަމުން އަންނަ ގުޅުމަކީ ބައިނަލްއަޤުވާމީ ގާނޫނުތަކާއި އެއްގޮތައް ކޮންމެ ގައުމަކުން ވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތައް ބާއްވަމުން އަންނަ ގުޅުމެއް ކަމަށެވެ.

"އެއްވެސް ފަރާތަކާއި އެކު ބާއްވަމުންދާ ގުޅުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށް ގެއްލުމެއް ނުވާނެ. ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖެ އަށް ހުރިހާ ކަމެއްގައި ވެސް އެންމެ ފައިދާ ހުރި ގޮތައް." ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ އާއި ދެކޮޅަށް ވާހަކަ ދައްކަނީ ގްރޫޕަކުން ކަމަށާއި އެއީ މުޅި ދިވެހި ރައްޔިތުންގެ ހިޔާލާއި ވިސްނުން ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާއި އެންމެ ގާތުގައި އޮންނަ އެންމެ އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައި. ހުރިހާ ކަމެއްގައި ވެސް އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިންޑިއާ އާއިއެކުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ބަޔާނުގައި ވަނީ ދީފައެވެ.

"އިތުރުވަމުން އަންނަ ނިރުބަވެރިކަމުގެ ބިރުވެރިކަމާއި، ކަނޑު ފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ގައުމީ ސަލާމަތައް ނުރައްކަލެއް ނެތް ނަމަވެސް ތިމާވެށީގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނީ ރީޖަނަލް އަދި އިންޓަނޭޝަނަލް ބައިވެރިންނާއި އެކުގައި ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރަމެވެ. މިމައްސަލަތަކާއި އެއްވެސް ގައުމަކަށް އެކަނި ކުރިމަތިލެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އަވަށްޓެރި ގައުމުތަކާއި އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކޮށްފައެވެ.

އިންޑިއާ އިން އަބަދުވެސް ރާއްޖެ އަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން ބަޔާނުގައި ވަނީ ބައެއް ކަންކަން ހާއްސަ ގޮތެއްގައި ފާހަގަ ކޮށްފައެވެ. އެގޮތުން 1988 ވަނަ އަހަރު ރާއްޖެ އަށް ދިން ހަމަލާ އާއި ގުޅިގެން އިންޑިއާ އިން ދިން އެހީތެރިކަމާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި 2015 ވަނަ އަހަރު މާލެ އަށް ކުރިމަތިވި ފެނުގެ ކާރިސާ އާއި ކޮވިޑްގެ ހާލަތުގައި އިންޑިއާ އިން ވެދިން އެހީތެރިކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ގައުމު ދެކެ ލޯބިވާ

    ފިތުނައިގެ ތެރެއިން އުފެދިގެން އައި ސަރުކާރަކަށް ހީވާނެ ތި ހުރިހާ އެއްޗެއްވެސް.ފިތުނަ އުފެއްދުމާއި ދޮގާއި މަކަރުން ފުރިފައިތިބި ބަޔަކަށް ތިހުރިހާ ކަމެއްވެސް ވާނެ.

    48
    2
  2. ހަނިމާދޫ ރައްޔިތެއް

    އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ގާނޫނާ ހިލާފަށް
    ހދ. ހަނިމާދޫގައި އެބަތިބި.

    48
    • Anonymous

      ރައްޔިތުން ނުކުމެ ބޭރުކުރޭ. ގައްދާރު ޝާހިދު ވަކިކުރޭ! އިބޫ އިސްތިއުފާ!

  3. ހަނިމާދޫ ރައްޔިތެއް

    އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ގާނޫނާ ހިލާފަށް
    ހދ. ހަނިމާދޫގައި އެބަތިބި. އަޅުނގަޑަކީ ވަގުތުނޫސް ވަރަށްއަހަމިއްޔަތުކަން ދީގެން ކިޔާ އަދިކޮމެންޓްކުރާމީހަކީމެވެ. ނަމަވެސް ބައެއް ކޮމެންޓްތައް ސާއިރު ނުކުރާތީ ހިތާމަކުތަން.

    39
  4. މުހައްމަދު

    އިންޑިއާ އައުޓް. ދިވެހި ފަސްގަނޑުގައި ދިވެހި ސިފައިންތިބުމުގެ ހިތްވަރު ހުއްނާނެ. ދިވެހި ފަސްގަނޑުގައި ބޭރު އިންޑިއާ ސިފައިން ތިބޭކަށްނުޖެހޭނެ. މިހާރުން މިހާރަށް އެމީހުން މިގައުމުން ބޭރުކުރަންޖެހޭ. ދިވެހި ރައްޔިތުން މިހާރު ނިކުމެ ހިނގާ ހަރަކާތް ނުހުއްޓުވޭނެ

    45
    1
  5. ޗަރްކޭސް

    ހަމަހިނި އަންނަނީ އެބަޔަކު ހިންއެދޭ ގޮތެއް އެބަޔަކަށް ރަގަޅު ވާނީ

    32
  6. Anonymous

    ޗައިނާގެ އިންވެސްޓްމަންޓްތައް ނެތްނަމަ މިހާރު ތި އިންޑިޔާއިން އަރާ މިގައުމު އޮންނާނީ ހިފާފަ. އެކަމަކު، ޗައިނާގެ މަސްލަހަތު އޮތުމުން އިންޑިޔާއިން ބިރުގަންނާނެ ދިވެހިރާއްޖެ ހިފަން. ޗައިނާއަކާ ކުޅޭކަށް އިންޑިޔާއަކަށް ނުކެރޭނެ. ދިވެހިންގެ ނަސީބު މިތަނުގައި ޗައިނާގެ ޕްރެޒެންސް އޮތްކަން.

    40
  7. ހުސޭނުބޭ

    އިންޑިޔާގެ ގޮނޑިކޮއްކޮ ސަރުކާރަކުން ބުނާނެ އެންމެ ރަގަޅު އެއްޗަކީ ތިއީ!

    38
  8. އަޒީ

    އިންޑިޔާއަކީ އެކިއެކި އެހީގެ ފަހަތުން ފައިދިގު މަކުނާއި ބޯވަޔާއި އެއްހަމައިގައި އިސްތިޢުމާރުގެ ވަކިތައް ގެންގުޅޭ ޤައުމެކެވެ އެފަދަޤައުމަކާއި އެކު ބާއްވަން ޖެހޭ ގުޅުން 1978 ން ފެށިގެ 2008 ގެ ނިޔަލަށް ދހިގު 30 އަހަރުގައި ހިންގިއެވެ އެއަކުން ޤައުމަށް ގެއްލުންވެދާނެތީ ބަޔަކު ނޫޅެއެވެ އެކަމަކު ރަނގަޅަށް ހޭވެރިނުވާ ނުވަތަ ހިނދު ހިދުކޮޅާ އަމިއްލައަށް ސިކުޑި ކޮންޓްރޯލްނުކުރެވޭ މީހަކު ވެރިކަމަށް އަރާ 2010 ވަނަ އަހަރު އިންޑިޔާގެ ޢަސްކަރީން ގެނެސް ވޭވި ހަޑި މިހާރުމިވަނީ ރަނގަޅު ހަޑިއަކަސް ވެފައެވެ

    32
    1
  9. އަޒީ

    ބަޔަކު ދޮގުހަދާ ފިތުނަ އުފައްދަނީ ކީނޫނެވެ ތެދަށް ބުނާނަމަ އިންޑިއާގެ ޢަސްކަރީން ޤައުމުގައި ނެތްކަމަށްބުނެ އެތައްފަރަކު ދޮގު ހެދީ މިސަރުކާރުގެ މަސްއޫލުވެރިންކަން ރައްޔިތުންނަށް އެގެއެވެ އަދި އިންޑިއާގެ އަސްކަރީ ފައުޖު ރާއްޖެއިން ފޮނުވާލުމުގެ ޤާބިލުކަން ސަރުކާރުގައި ހުރިކަމާއި މެދު ސުވާލު އފެދެއެވެ އިންޑިއާގެ މިލިޓްރީ ބާރެއް ރާއްޖޭގައި އޮތުމަށް ދެކޮހަދަނީ ޕީ.ޕީ.އެމް ޕީ،އެން.ސީ އެކަންޏެއްނޫނެވެ މިސްރުކާރުން އެކިގޮތްގޮތުން މާލީއެހީތެރިކަން ލިބޭ ގިނަބަޔަކާ ރާއޖޭގެ ގިނަރައްޔިތުން އެދެނީ އިންޑިއާ ޢަސްކަރީން އައުޓުގެ އަޑު ކަނޑުވާނުލާކުރިއަސް ގެންދިއުމަށެވެ

    31
    1
  10. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    10
  11. މޮހޮރު

    ސަރުކާރުން އެތައްދޮގަކާއި އޮޅުވާލުމެއް އިންޑިއާ މިލިތާރީން ގެ މައްސަލާގައި މީޑިއާއަށް

  12. ެއިންޑިއާ އައުޓް

    އިންޑިއާ މިލިޓަރީ އައުޓް. ސޭވް މޯލްޑިވްސް

  13. މިހާރު

    ކޯލިޝަނ ސަރުކާރުން ލައިގެންހުރި މުންޓްވެސް ވިއްކަނީ، އަނބިމީހާވެސް ވިއްކަނީ. ދެން ގެއްލޭނީ މިނިވަންކަމާ ދީނާ ގައުމިއްޔަތު

  14. ތަމެންދޯ

    އިންޑިއާ އައުޓްގައި ފަތުރަނީ ދޮގުކަމަށް ވާނަމަ ދެން އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރަންވީ ނޫންތޭ ހެލިކޮޕްޓަރު ކުރީ ސަރުކާރުން ފޮނުވާލަން ނިންމާފައިވަނި ކޮށް މިސަރުކާރުން ހެލިކޮޕްޓަރު ގަނޑު ރާއްޖޭގައި ބާއްވަން ނިންމިއިރު ރައްޔިތުންނާއި މިކަމާިއ މަޝްވަރާ ނުކުރީ އެއީ ކިއެއްވެތޭ އިންޑިއާގެ 1500 ސިފައިންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 50 މިލިއަން ރުފިޔާ ޚަރަދުކުރަނީ ކިއެއްވެތޭ ކާކުތޭ ހެލިކޮޕްޓަރަށް ތެޔޮދެނީ ދިވެހިސަރުކާރުން ދޯ ދެނީ ތަމެންކުރަނީ ވައްކަމޭ..

  15. ދޮގޭދޮގޭދޮގޭ

    އިންޑިއާ އައުޓް އަކީ އެއްގޮތަކަށް ވެސް ދޮގެއް ނޫނޭ އިންޑިއާގެ މިލިޓަރީ ސިފައިން އެބަތިބި އައްޑޫގައި 1500 ދެން ލާމު އަތޮޅުގައި 500 ދެން އުތުރު ތިލަފަޅުގައި 2000 ދެން ހަނިމާދޫގައި 3000 ދެން މާފިލާފުށީގައި 5000 މިހުރިހާ ސިފައިންނަށް ކާންދީ އަދި އެމެންނަށް މުސާރަ ދެނީ ދިވެހިސަރުކާރުގެ ބަޖެޓުންނޭ މީ ސީދާ ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަން ނޫންތޭ މިހެންވެއޭ ރުފިޔާ އިތުރަށް ޗާޕް ވެސް ކުރަން ޖެހުނީ ސަރުކާރުން ހަދަނީ މުޅިން ދޮގޭ ދޮގޭ ދޮގޭ

  16. ހައްވަ

    މިތާކު ދިވެހި ސަރުކާރެއް ނެތް. މިތާ އޮތީ އިންޑިއާގެ މިލިޓަރީ އާއި އިންޑިއާގެ ބ ބާރު. އަމިއްލައަށްބ ބަސް
    ބބބބބބބުނުމުގެ އިޚްތިޔާރު ގެއްލިއްޖެ! ހާސް ހިތާމަ!

    10
  17. ޢަހަންމާ

    ޢިންޑިއާ އައުޓް

    11
  18. ޢިޔާބު

    ވަގުވޯޓުން އައީ ފިތުނަ އުފައްދާ ބާޣީ ސަރުކާރެއް

    11
  19. ރާއްޖެތެރެ

    ކަލޭމެން އެއްބަސްވުންތަ ފޮރުވައިގެން ކޮންހާ ހަޑިއެއްތަ ހާވަނީ ތި.

  20. ނުވިސްނޭމީހާ

    ދިވެހިރައްޖެއަކަ ހެވެއް ނޭދޭނެ ތިމީހުންނެ. ރައްޖޭގެ ކުރިމަގު ނައްތާލަން ތިއުޅެނީ.

  21. ޝޮކްތެރަޕީ

    ކިހާ ދޮގެއްތަ ސަރުކާރުން ހެދީ. މިހާރު އެދަނީ މަޑުމަޑުން ފަޅާ އަރަމުން އިންޑިޔަ އައުޓް

  22. ބޫރާ

    ކޮންމެ ގޮތަކަށް ބަޔާންތައް ނެރުނަސް އާރު.އެސް.އެސް. އާއި ބީ.ޖޭ.ޕީ. ޕާޓީ އަކީއިސްލާމް ދީނާއި އިސްލާމުންނާއި ދެކޮޅު ސިޔާސަތެއް ގެންގުޅޭ ބަޔަކަށް ނޫނީ ނުވާނެ.

  23. ތަރިކަ މުދާ ގެއްލެނީ

    ތިގޮތައް ބަޔާން ނެރުނަސް އަޅުގަނޑު ގޮވާންނަ އިންޑިޔާ އައުޓް

  24. އިބްރާހިމް

    އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.އިންޑިއާ މިލިޓަރީ އައުޓް.

  25. ޕަޕެޓް

    ކޮބާ މަބުނީންދޯ ދެންއަންގާނީ އެކަން ހުއްޓުވާށޭ މިއޮތީ މަބުނިތަން އައިއްސަ ލަހެއްނުވިއެއްނު އެކަމަކު އަހަރެމެން ހުއްޓީއްޔާދޯ ހުއްޓޭނީ އަހަރެމެން މިތިބީއްޔަކީ އިންޑިއާއައުޓު ކިއުން ހުއްޓާލާގޮތަކައްނޫން ދެންގިނަގިނައިންކިޔާނީ މިހާރު ރަނގަޅައްވެސް ޔަޤީންވެއްޖެ މިތާހުރީ މޭޔަރެއްކަން

    10
  26. ޢަލިބެ

    ދޮގެއްނޫން. އިންޑިޔާ އައުޓު

  27. ދުނިޔެ

    ހަނިމާދޫ ގާއުޅޭ ދިވެހިރައްޔިތުންގެ ބޭނޭ މިކިޔާ އިންޑިޔާސިފައިންތިބިކަންހާއްމަކުރުމައްޓަކާ ފޮޓޯއާއި ވީޑިޔޯ ކޮއްފައި މީޑިޔާތަކަށް ލާންވެއްޖެއެއްނުންތަ އޭރުން ރައްޔިތުންނަށް ހާއްމަވާނެ އޭރުންދިވެހި ސަރުކާރުފަލީހަތްވެދާނެ އަދިއިންޑިޔާދިފައިން ތިބިހުރިހާހިސާބަކުން މިކަން ކުރުމަކީ ދިވެހިރައްޔިތުން ވަރަށްބޮޑައްއެދޭކަމެކެވެ.

  28. މަބޭ

    ރާއްޖޭގެ ފޮރިންމިނިސްޓަރުހުރީ އިންޑިޔާއިން ކުޑަގޮހޮރާޖެހެންދެން ކާންދީފަ އެހެވީމަ ގައުމައްވުރުއިންޑިޔާގެ މަސްލަހަތު ދިފާއުކުރުންނޫންގޮތެއް މިނިސްޓަރަކައްނެއް

  29. Anonymous

    ހަޖަމް ނުވީމަ ދެން ކޮސް ގޮވާނެ ލާދީނީ ބައިގަނޑު

  30. Anonymous

    ދިވެހި ރައްޔިތުން ބޭނުމެއްނުވޭ ބީޖޭޕީ ސަރުކާރުގެ ނުފޫޒު މިގައުމުގެ މައްޗަށް އޮތުމަކަށް. އެހެންވީމަ ރައްޔިތުންގެ ޝުއޫރު ހުއްޓުވަން ނޫޅޭ. ގައްދާރުންނަށްވެގެން ކަލެމެނަށް ކާމިޔާބެއް ނުވާނެ.

  31. އަލް

    ރާއްޖޭގަ ހުންނަ އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރޭ ތިފަދަ ބަޔާންތައް ކިހިނެތް ބަލައިގަންނާނީ. ޝާހިދު އެހުރީ އެގައުމާ ތަން ހަވާލުކޮށްފަ ގޮސް މާ ދުރުގަ. ދެން އިންޑިއާ ބޭނުންވާހާ ބަޔާނެއް ނެރޭނީ.