ރާއްޖޭގެ ބޮޑު ސަަރަަހައްދަކަށް މިއަދުވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ ދުވަސްވަރެކެެވެ.

މެޓް އޮފީހުން މިއަދު 2:00 ޖެހިއިރު ނެރުނު ސަމާލުގައި ބުނެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 8:00އަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. ައަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.