އަންހެން ބޭފުޅަކު ރާއްޖޭގެ ވެރިކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަށް ގިނަ ބަޔަކު ތާއީދު ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ނގުޅިގެން ހިންގި ޕާލިމެންޓް އިންކުއަރީގެ ރިޕޯޓުން ދައްކައިފިއެވެ.

މި ދިރާސާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ހުއްޓުވަން ކުރަން ޖެހޭ ކަންކަން ދެނެގަތުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލި އެ ދިރާސާގައިވާ ގޮތުން، އޭގައި ބައިވެރިވި 618 މީހުންގެ ތެރެއިން 46 އިންސައްތަ މީހުން ގަބޫލު ކުރަނީ ރާއްޖޭގައި އަންހެނަކު ވެރިކަން ކުރަން ތާއީދު ކަމަށެވެ. އެދެވޭ ކަމެއް ނޫން ކަމަށް 37 އިންސައްތަ މީހުން ގަބޫލުކުރާއިރު، ވަކި ގޮތެއް ނުނިންމާ 16 އިންސައްތަ މީހުން ތިއްބެވެ.

ދިރާސާގައިވާ ގޮތުން، ނައިބު ރައީސަކަށް އަންހެނަކު ހުރުމަށް 61 އިންސައްތަ މީހުން ތާއީދުކޮށްފައިވެއެވެ. އެކަމަށް ތާއީދެއް ނެތް ކަމަށް ބުނެފައި ވަނީ 25 އިންސައްތަ މީހުންނެވެ.

އުއްތަމަ ފަނޑިޔާރަކަށް އަންހެނަކު ހުރުން މައްސަލައެއް ނޫން ކަަމަށް 46 އިންސައްތަ މީހުން ބުނެފައިވާއިރު، ސުޕްރީމް ކޯޓުގައި އަންހެން ފަނޑިޔާރުން ތިބުން 49 އިންސައްތަ މީހުން ގަބޫލެވެ. އެ ވިސްނުމަށް ތާއީދު ނުކުރާ ކަމަށް 31 އިންސައްތަ މީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުކަމާއި ސަލާމަތީ ބާރުތަކުގެ އިސް މަގާމްތަކަށް އަންހެނަކު ހުންނަން 67 އިންސައްތަ މީހުން ތާއީދު ކުރާ ކަމަށް އެ ދިރާސާއިން ދައްކައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރަން 66 އިންސައްތަ މީހުން ތާއީދު ކުރާކަމަށް އެ ދިރާސާއިން ދައްކާއިރު، މަޖިލީހުގެ ނައިބު ރައީސް ކަން ކުރަން 77 އިންސައްތަ މީހުން ތާއީދު ކުރެއެވެ.

މިނިވަން މުއައްސަސާތަކުގެ އިސް މަގާމުތަކާއި އަތޮޅު ކައުންސިލްގެ ރައީސް ކަމާއި ކައުންސިލްގެ ރައީސް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތައް އަންހެނަކު ފުރުން 80 އިންސައްތައަށް ވުރެ ގިނަ މީހުން ތާއީދު ކުރާކަމަށް އެ ދިރާސާއިން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ވިސްނާ މީހާ

    ތިދިރާސާ ކުރަން ކިތައް އަންހެނުންނާ ސުވާލުކުރިބާ. ކިތައް ފިރިހެނުންނާއި ސުވާލު ކުރިބާ. ކަމުގެ މާހިރުންގެ ލަފާ ހޯދުނުބާ. އަދި އިސްލާމީ ޤައުމަކަށްވާތީވެ، ދީނީ ޢިލްމުވެރިންގެ ބަހެއް ހޯދިބާ

    65
    2
  2. ނާޅި

    ތިޔައީ ކަންޑައެޅިގެން ދޮގު ދިރާސާއެއް، ވަކި ބަޔަކު ނެރެން ބޭން ކަމެއް ދިރާސާއިން ދެއްކިކަމަށް ހަދާލީ، ނަތީޖާ ބޭނުންގޮތަށް ނެރޭގޮތަށް ހެދި ދިރާސާއެއް، ކިތަންމެ ދިރާސާއެއް ކުރިޔަސް އިސްލާމް ދީނުގެ ހުކުމް ފުޅުތަކެއް ބަދަލެއް ނުގެނެވޭނެ ' ތިޔަކަން ނުފެންނަ ކަމަށްވެސް ދިރާސާއެއް ހަދާފަ ނެރެވިދާނެ !

    46
    1
  3. އަޙްމަދް

    އެއްވެސް ޝައްކެއް ނެތް މީސްތަކުން ޖާހިލުވާ ވަރަކަށް ތިހިރެކަހަލަ ކަންމަށް ލިބޭ ތަރުހީބު ބޮޑުވާނެ އެވެ.

    55
    1
  4. ސސ

    ތިޔައީ ފަސްވަރަކަށް އަންހެނުން އަޑީގައި ތިބެގެން އަންބުރާ ގޭސްގަޑެއް، ރާއްޖޭގެ އެންމެން ބޮލުގައި އަޅުވަން އުޅޭކަމެއް،، ރާއްޖޭގެ ހިގާނީ ރާއްޖޭގެ ދުސްތޫރާއި އެއްގޮތަށް ސެކިއުލާ ދިރާސާއާއި އެއްގޮތަކަށްނޫން، އިސްލާމީ ޝަރީއަތާއި ހިލާފު ދިރާސާވެސް ވަނީ ދުސްތޫރީ ގޮތުން ބާތިލް ދިރާސާއަކަށް !

    45
    1
  5. ފައުޒީ

    އަންހެނުން ވެރިކަން ކުރުމައް އެންމެން އިއްތިފާގުން ތާއިދުވިޔަސް އިސްލާމްދީނުގައި ހުއްދަނުކުރަންޏާ އިސްލާމީގައުމެއްގެ ވެރިޔަކައް އަންހެނަކައް ނުލެވޭނެއެވެ. މީހުން އެއްބަސްވާކަމެކޭ ކިޔާފަ ބޭނުންހާކަމެއް ކުރުމުގެ ހުއްދަ އިސްލާމްދީނަކު އެއްވެސް މުސްލިމަކައް ހުއްދަދީފަކާއެއްނުވެއެވެ. މިސާލަކައް އަދި އެންމެންގެ ޚިޔާލުނެގުމުގެ ވޯޓަކުން އެންމެން ވެގެން އެއްޖިންސުން މީހުންނާއި އިނުމައް ތާއީދުކޮއް އިއްތިފާގުވިޔަސް އެއީ އެކަމެއް ހުއްދަ ކުރެވޭނެކަމެއް ނޫނެވެ. ބުއްދީގެ އަހުލުވެރިންނައް ވެތިބުމަކީ ވަރައް މުހިންމުކަމެކެވެ. ކީރިތި ގުރްއާނުގައި އެކަލާނގެ އެންމެ ފަހުން ބާއްވާލެއްވި އާޔަތުގައިވަނީ މާތް ރަސްކަލާނގެ ހަޒްރަތައް ރުޖޫއަށް ކުރެވޭނެ ދުވަހާއިމެދު ހަނދާންނެތި ނުކުރުމައް އަނގަވާފައެވެ. އެއީ ސަބަބަކާއި ހުރެއެވެ.

    44
    1
  6. ހަސަނާ

    ގިނަ މީހުން ތާއީދު ކުރުން އެއީ މުހިންމު ކަމެއް ނޫން، ބަލަން ބޭނުންވާ ކަމެއްވެސް ނޫން، ދީނުގަ އެކަން އޮންނަ ގޮތް ބަލާފަަ މީހުންގެ ވޯޓް ނަގާ ކަން ކަން ކުރަން ވާނީ،
    މާދަމާ ދިރާސާ އަކުން ދައްކަފާނެ ކެސީނޯ އަޅަން ތާއީދު ކަމައް މި މާލޭގަ، ދެނޯ ؟؟
    އެކަމާ މިކަމާ ހަމަ ހަމަ ކުރަނީކީ ނޫން، އެކަން ތިޔަ ކަހަލަ ކަން ކަން ކުރަންވާނީ ދީން ތަންދޭވަރަކުން

    37
    1
  7. ާަްާިޮްަްއއ

    މާ މޮޅު ލޫޕް ހޯލް އަކީ ތޯ

    20
    1
  8. Anonymous

    ބަންގާޅުގެ ހާލަތައް ވެއްޓޭނެކަން ޔަގީން.

    16
    1
  9. ނަވީޒް

    ގައުމީ ޔުނިވާސީޓީއިން ދީނާއި ފުށުއެރުން ހުންނަ ދިރާސާ ކުރުމަކީ ރިސާޗް އެތިކްސް އާއި ޚިލާފުކަމެއް. ދިރާސާ ކުރުމުގައްޔާއި އަދި ދިރާސާ ޕަބްލިޝް ކުރުމުގައި ރިޗާޝްއެތިކްސްއަކީ ދާއިރާގެ ވަރައް މުހިންމު ބަޔެއް. ވީމާ އިންޓަނޭޝަނަލް ފެންވަރުގަވެސް ތިޔައީ ރިސާޗް ސުޓެންޑާރޑްތަކާއި ޚިލާފުކަމެކެވެ. އަދި އިސްލާމީގައުމެއްގެ އިސްލާމީ ދައުލަތެއްގެ ޙަރަދުގައި ހިނގާ ޔުނިވާސިޓީއެއް ޖެހޭނީ އިސްލާމްދީނާ ފުށުނާރާގޮތައް ރިސާޗް އެތިކުސް އިމްޕުލިމެންޓުކުރާށެވެ. ޔުނިވާސިޓީގެ އެކެޑެމިޔާގައި ބޮޑެތި ގެޕްތަކެއް ހުރިކަން މިކަމުން ފާހަނގައެބަކުރެވޭ.

    24
    1
  10. އަލްޖިބްރާ

    ދުނިޔެ ހަލާކުގެ ތެރެއަށް ވެއްޓިގެން ދާއިރު މިފަދަ ހުރިހާކަމެއްވެސް ފާޅުވާނެ !

    21
    1
  11. ޢިޔާބު

    ގައުމު ގެ ފިރިހެނުންގެ އާބާދީ %20 އަށް ދަށްކުރުން ކިހިނެއްބާ

  12. އަލީ

    ގައުމީ ޔުނިވަރސިޓީގައި ހުރި ހަސަން ހަމީދަކީ ރާއްޖޭގައި އިސްލާމްފޯބިޔާ އުފައްދަން ހުޅަނގުން އައްޔަނުކޮށްފައިވާ މަކަރުވެރި މީހެއް. އޭނާ އެތާ ހުރެގެން ހައްދުވާނެ ތިކަހަލަ ކިތަންމެ ދިރާސާއެއް.

  13. މަ

    އަންހެނުންނަށް ވެރިކަން ކުރެވޭނެ. މީ އަފްޤާނިސްތާނެއް ނޫން.
    ދެން މުއްލާއިން ތުން އަބުރާނެކަމެއް ނެތް.

    3
    13
    • ޔއަލީ

      މައްސަރުކަން ކުރެވޭނީ..

      7
      2
      • ކޭ

        މައްސަރުކަންވެސް ކުރަމުން ކަލޭ މައިމީހާވެސް ކަލޭބަލާ ބޮޑުކުރީ.

        5
        3
      • ކިޔު

        ޔއަލީއެއް ކަމަކު ތިޒާތަށް ރައްދު ދިނުމަކީ ވ.ހުތުރު އަމަލެއް..ރައްދު ދޭންވާނީ މައްސަލައާއި ގުޅުން ހުރި ކަމަކާ ބެހޭ ގޮތުން..

      • ޓޮޕް މޮޑެލް ކްލައުޑިއާ ޝިފަރ

        ކުރާނެ. ހަމަ ކުރެވޭނެ. ފިރިހެނުން ތިބެގެންވަނީ ކޮންކަމެއް؟ މިދިޔަ ހަފްތާގަވެސް ކިތަށް ކަމެއް ހިނގި. މީހެއްގެ ފައި ޗިސްކުރި. ބޮޑު ސިންގާ ފިރިހެނެއް ރަހީނުކުރި. އަންހެނެއްގެ ގައިގަ އަތްލި. މިހެންގޮސް އެތައްކަމެެއް. އެހެންވެ މަމިބުނަނީ މިއީ ނަމެއްގަ ފިރިހެން ސަރުކާރެކޭ. ތަމެން ވޯޓް ހޯދަންވެގެން ޖަލުގަ ތިބި އެންމެން ދޫކޮށްލީ.

        2
        1
    • ނަން

      ވެރި ކަމަކީ ކޮބާ ކަން އިގޭ މީހަކު އެބަ ހުރިތަ މިތާ ލާރިކޮޅު ކާލާކައްނު އިގެނީ މިތާ މި އުޅޭ އެނމެނައް ވެސް
      އަފްޤާނު މުއްލާ އިންނައް އިގޭ ރަގަޅަށް ވެރިކަން ކުރަން

      3
      1
    • ކިޔު

      މުސްލިމުން އަމަލުކުރަން ޖެހެނީ މާތްﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސް ދެއްވި އުސޫލުތަކާއި ހަމަތަކަށް..އަދި އެއުސޫލުތަކާއި ހަމަތަކަށް އަމަލު ކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބެއް..އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަފްޣާންގެ މުއްލާއިންގެ ވާހަކަ ގެންނާކަށް ނުޖެހޭ.

  14. އަހުމަދު

    މި ރިސަރޗް އަކީ ކުރެވިގެންވާނެ އެއްޗެއްނޫން. ނަޝީދުގެ ކުރީގެ ސަރުކާރުގައިވެސް ރާއްޖޭގައި އެހެން ދީނެއް އޮންނަން ފެނޭތޯ ދައުލަތުގެ މީޑިއާ އިން ޕޯލް ބޭއްވި. މަގްސަދު ވަރަށް ސާފު

  15. ސައްލި

    ޤާނޫނުއަސާސީ އާއި ހިލާފު ދިރާސާ ތަކެއްވާނީ އެއިގެ ޒާތުގައިވެސް ބާތިލް ދިރާސާ އަކަށް، ހިޔާލު ފާޅުކުރަން ވާނިވެސް ދުސްތޫރާއި ފުށުނާރާ ގޮތަކަށް ، ދިރާސާ އެކޭ ކިޔާއިގެން ހަޤީގަށް އޮޅޭ ގޮތަށް ކަންކަން ކުރުމަކީ ޤާނޫނީ ކުށެއްނުންތޯ ؟

  16. އަޙްމަދު

    ހަމަ ޔަޤީނުންވެސް މަށަކާ ސުވާލެއްނުކުރޭ އަދި މަދަންނަ އަންހެނާކާވެސް ސުވާލެއް ނުކުރޭ! ފަހަރެއްގައި ވެދާނެ ނޫންތޯ އެމްޑީއެންގެ ހައެއްކަ މީހުނަށް ފެންނަގޮތްކަންވެސްމީ!

  17. ޢަތާހިޔާ

    الله ގެ ރަސޫލާގެ އަރިހަށް އީރާނުގެ އޭރު ވެރިކަންކުރަމުންގެންދިޔަ އަނޯޝިރުވާން ގަތުލުކޮށް އޭނާގެ އަންހެންކޮއްކޮ ވެރިކަމަށް އައުމުން އެޚަބަރު އެކަލޭގެފާނުގެ އަރިހަށް ލިބިވަޑައިގަތުމުން ޙަދީޘްކުރެއްވީ: ގައުމެއްގެ ބަޔަކު އެބަޔެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފިނަމަ އެބަޔަކު ކާމިޔާބެއް ނުވާނެތެވެ.

    11
    1
  18. އަލިބެ

    ހުރިހާކަމެއް ވަރިހަމަ ކުރަމުން ގޮސް ރާއްޖޭގައި އެމީހަކު ބޭނުން ދީނަކަށްވެސް އުޅެން ވޯޓުދޭ ހިސާބަށް ނުދާނެބާއެވެ. 100% މުސްލިމް ޤައުމެއްގައި ދީނުގައި ތިކަން އޮތްގޮތަށް ބެލީމާ ނިމުނީއެވެ.

  19. އަލިބެ

    ހުރިހާކަމެއް ވަރިހަމަ ކުރަމުން ގޮސް ރާއްޖޭގައި އެމީހަކު ބޭނުން ދީނަކަށްވެސް އުޅެން ވޯޓުދޭ ހިސާބަށް ނުދާނެބާއެވެ. 100% މުސްލިމް ޤައުމެއްގައި ދީނުގައި ތިކަން އޮތްގޮތަށް ބެލީމާ ނިމުނީއެވެ. ބުރުގާ ނާޅައި ކަކޫ ދައްކައިގެން ކީކޭ ބުނާނީ މީވެސް މުސްލިމުންނޯ!!!! ދީނީޢިލްމުވެރިންވެސް މިފަދަ މީހުންނާ ދޭތެރޭގައި އެއްޗެއްބުނަނީ ވަރަށް މަދުންނެވެ. ހައްތާވެސް ޤުނޫތުކިޔާތީ ދުޢާއަށް އަތްނަގާތީ މިފަދަ ވާހަކަތައް ދައްކާތީ ފެނެނެއެވެ.

  20. ސަރީފް

    އާ ތާއީދު ބޮޑުކަމުން މަޖިލީހައް ކުރިމަތިލާ ހުރިހާ އަންހެނުން ހޮވެނީ

  21. ޒަމީރު

    ކިތަންމެ ގިނަ ބަޔެއް ދެކުނަސް ޙަރާމް ވާނީ ހަރާމް ކަމަކަށް
    އެންމެ 600 މީހުން ބޭނުންކޮށްގެން ހަދާފަ އޮތް ދިރާސާއެއް. އޭގަ ކަލެކްޓް ކުރާ ކޮމިއުނިޓީއެއްގެ ބާވަތުން ތިއަށް އަސަރު ކުރާނެ
    ހުސް ސިޔާސީ/ލާދީނީ/އިލްމާނީ ފިކުރު މީހުން އެކަނި ބޭނުންކޮށްލިނަމަ 100% އަށްވެސް އަރާނެ

  22. ހަސަނުބެ

    ތިތާ އެބަ ތިބިބާ ތިބުނާ ކަހަލަ އަންހެނަކަށްވާ ކަހަލަ އަންހެނެއް ހިއް ހިއް ހިއް

  23. ފެމިނިސްޓް ބޯއިސް

    ހުރިހާ ކަމެއް ރިވާސް ކޮއްލަބަލަ، ފިރިމީހާއަށާ ދަރިންނަށް ޙަރަދު ކުރުންވެސް ތީގަ ހިމެނިނަމަ މާ ތާހިރުވީސް

  24. އާދަނު

    މިތާގައި ނާދިރާ ކޮބައި؟