އޯވަޑްރޯ ނުވަތަ ޗާޕުކުރާ ފައިސާގެ އިންޓްރެސްޓް ރޭޓް 0.1 ޕަސެންޓުން 2.5 ޕަސެންޓަށް ބޮޑުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާދީފިއެވެ.

އިގްތިސާދު ހީނަރުވުމާއި ގުޅިގެން ސަރުކާރުން އަންނަނީ އެކި ފަހަރު މަތިން ޕީބީއޭއިން ފައިސާ ނަގަމުންނެވެ. އެގޮތުން، ތިންވަނަ ފަހަރަށް އެ މުއްދަތު އެއް އަހަރަށް ދަންމާލަން، ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލިހަށް ރަސްމީކޮށް ސިޓީއަކުން އެދިފައެވެ.

އެ ސިޓީ އާއި ގުޅިގެން މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ފައިސާ ޗާޕު ކުރަން ދިން ހުއްދަ އިތުރު އަހަރަކަށް ދަންމާލަށް އެމްއެމްއޭގެ މައްސަލަ އެއް ނެތް ކަމަށެވެ. ނަމަވެސް، އެކަން ކުރުމަށް ޝަރުތުތަކެއް ކޮމިޓީގައި ގަވަރުނަރު ފާހަގަ ކުރެއްވިއެވެ.

"4.4 ބިލިއަންގެ އޯޑީ ދީފައި [2022 ވަނަ އަހަރު] ނިމޭއިރަށް 2.5 ބިިލިއަން ސެކްރިޓައިޒް ކުރުން. ނުވަތަ 4.4 ބިލިއަން ރުފިޔާގެ އޯޑީގެ މުއްދަތު އިތުރުކޮށްފައި އަންނަ އަހަރުގެ މެއި މަހު 2.5 އަށް އޯޑީގެ ލިމިޓް ކުޑަކުރުން. އަދި އަހަރު ނިމޭ އިރަށް ސެޓްލް ނުކުރާ އަދަދު ސެކްރެޓައިޒް ކުރުން" ހާޝިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ އެ ހުށަހެޅުންތަކުގެ މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ރުފިޔާ ގިނަވުމަށް ހިފެހެއްޓުންތަކެއް ގެނައުން ކަމަށެވެ. މި ހުށަހެޅުންތަކާއެކު އިތުރަށް ފައިސާ ޗާޕު ނުކޮށް މިހާރުގެ ފެސިލިޓީ އާއެކު ކުރިއަށް ދެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ މިވަގުތު އޯޑީ ފެސިލިޓީގެ އިންޓްރެސްޓް ރޭޓު 0.1 ޕަސެންޓްގައި އިނުމަކީ އިންޓްރެސްޓް ރޭޓް 0 ގައި އިނުން ކަހަލަ ކަމެއް ކަމަށެވެ.

"އެވެރެޖް އިންޓެރެސްޓެއް ގޮތަށް މިހާރު %0.1 އޭ ބުނުމަކީ ގާތްގަނޑަކަށް 0 އޭ ބުނުން ކަހަލަ ކަމެއް. އެއީ އެ އަދަދުގައި ޑިސިޕްލީނެއް ނާދޭ 0.1 ޕަސެންޓުގައި ބޮރޯ ކުރަން ފަސޭހަކަމުން. އެހެންވެ އަޅުގަނޑުމެން މި ހުށަހަޅަނީ 2.5 ޕަސެންޓް. އެއީ ފެއާ ވެލިއު ޓްރީޓްމަންޓެއްގެ ގޮތުގައި،" އިތުރަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު މިގޮތަށް ލަފާ ދެއްވި ނަމަވެސް، ފިނޭންސް މިނިސްޓްރީން ހުށަހަަޅާފައިވަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓްގައި އޯޑީގެ އިންޓްރެސްޓް ރޭޓް ބަހައްޓައިގެން އޭގެ މުއްދަތު އިތުރު ކުރުމަށެވެ. އެހެންކަމުން ފިނޭންސް އިން ހުށަހަޅާފައިވާ އިންޓްރެސްޓު އަދަދާއި އެމްއެމްއޭ އިން ހުށަހަޅާ އަދަދަށް މިއަދުގެ ކޮމެޓީގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކީކުރަން ތިހާ ކުޑަ އަދަދަކުން ތިޔަ ޕުރިންޓު ކުރަނީ ކޮއްލާ އިރު މޑޕ ގެ ކޮންމެ ބޮލަކައް މަދުވެގެން 10 ބިލިޔަން ކޮއްލާ އަދި މިއުޅޭ ކެނެރީގެ އަނބޮނޑިޔައް މަދުވެގެން 999 ބިލިޔަން ކޮއްލާ.

    11
    • ހުސޭނުބޭ

      އެންމެ ރަގަޅު ގޮތަކީ ކޮންމެ އެކްޓިވިޓިސްއެއް ގޭގައި ފައިސާ ޕަރިންޓްކުރާ މެޝިން ބަހައްޓާދިނުން. އޭރުން އަމިއްލައަށް ކޮށްލަކޮށްލަ ތިބެދާނެދޯ!

  2. ޖާން

    ސުބްހާނަﷲ! ނާށިގަނޑު ހިފާގެން ދިވެހިރައްޔިތުން ސަލާންޖަހަން ނުކުންނަންޖެހުނީނު! ސްޕަމެޖޯރިޓީ ލީޑަރ އެ އޮތީ ލަންޑަނުގައި ގައުމުގެ ބައިތުލްމާލާ އެކު ސުބްޙާނަﷲ! ލަދެއްޙަޔާތެއްނެތް ބައެއް! ގައުމެއް ފަނާވީ! އިންޑިޔާގެ ތައްޕާހަށް ސަލާން ޖަހަންވެއްޓިގަތީމަ ގައުމަށް ލިބުނު ފައިދާ ފެނެއެއްނު! އެމްޑީޕީ އާލާތުން ރާކަނިމަސް ކާންތިބޭ! ލާރިގަނޑު ޗާޕުކށްގެން ބަނޑުއަޅާލާން އަލުންވެސް . ދިވެހިރައްޔިތުން ހޭ އަރާކަށް ނުވޭބާ! މި ވެރިަން ނިމުމަކަށް ވަގުތުން ގެންނަންޖެހޭ މިހާރު ! އެެހެންނޫނީ މާދަމާ ނާށިގަނޑާއެކު ސަލާާންޖަހަން ގައުމުގެ އެންމެން ނުކުންނަންޖެހޭނެ! ބަލާބޮޑު ސަރުކާރެއް! އިސްތިއުފާދީ ޖަނަވާރުތަކާ! ގައުމު ކައިހުސްނުކޮށް!

  3. ބަންދުކުރޭ

    ފެނަކައިން ވަކިން އިންސްޓިޓިއުޓެއް އަދި ސްޓެލްކޯއިން ވަކިން އިންސްޓިޓިއުޓެއް ހިންގުމަށް ވުރެން ފެނަކައިން ކުރާ ޚަރަދު ގައުމީ ޔުނިވަރސިޓީ އަށް ދީގެން އެތަނުން އެކަން ކުރާނަމަ ގައުމަށް ފައިދާ ވާނެއޭ މިރާއްޖޭގެ ޓީވީއެމް އިން ކުރާ ކަމަކީ ހިންދީ ރާގަށް ހަދާފައި ހުންނަ ލަވަތައްގެނެސްދިނުން މެންދުރުފަސް ހަވީރުފަސް ހެދުނު ފަސްގެ ނަމުގައި ޓީވީއެމް ބަންދުކޮށްލާ އެޚަރަދު ގައުމީ ޔުނިވަރސިޓީ އަށް ދީގެން އެތަނުގެ ފެކަލްޓީއޮފް އިންޖިނިއަރިންގް އަށް ޚަރަދުކުރާނަމަ މާބޮޑަށް ފައިދާވާނެއޭ ޓީވީއެމް އެއީ ބޭނުންތަނެއް ނޫނޭ އެތަނުން ދިރުވާ އާލާކުރަނީ އިންޑިއާގެ ސަގާފަތޭ ޓީވީއެމް ބަންދުކޮށްލާ ޓީވީއެމް ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ ބަންދުކުރޭ

  4. މޮޔަސޮރު

    ފެނަކައިން ވަކިން އިންސްޓިޓިއުޓެއް އަދި ސްޓެލްކޯއިން ވަކިން އިންސްޓިޓިއުޓެއް އަދި އެމްޓީސީސީ ވަކި އިންސްޓިޓިއުޓެއް ކޮބާ އެތަނުން ލިބޭ ފައިދާތައް ދުވަހަކު ސަރުކާރުގެ ޚަރަދަކަށް މިއިންތަނަކުން ލިބޭފައިދާއެއް ނެތް އަބަދުވެސް އެތަނުން ބިލިޔަން ފައިދާވާކަމަށް ބުނަނީ އެފައިސާއިންވެސް ސަރުކާރުގެ ކޮންމެވެސް ވަރެއް ހިންގޭނެ

  5. ވާންޗޯ

    މި ގޮތަށް ދަލޭކާއްތައަށް ވެސް ވެރިކަން ކުރަން އިގޭނެ.ކަލޯ ހަމަ ނޭގެނީ. ހިންގުން ތެރިކަމެއް ނެތީ؟ އިގުތިސާދެއް ކޮޅަށް ޖަހާލެވޭނެ އިލްމެއް ހިލްމެއް ނެތި މުސާރަދޭން ފައިސާ ޗާޕްކޮށްގެން ،މަޝްރުއުތަކަށް ފައިސާދޭންވީމަ ފައިސާ ޗާޕްކޮށް،މުޅި ދުނިޔޭގެ މި ގައުމުގެ ފައިސާވެއްޓީ،ޑޮލަރު ގަންނަން ލިބޭ އަދަދު 25 އަށް ބަދަލުވެ،އިންފުލޭޝަން 40% މަތިވެގެންދާނެ. މި އޮތީ ވާ ސަރުކާރެއް،ވާންޗޯ