މާލޭގައި ރޭ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ވާތު ފައި ޗިސްވުމުން އެ ފައި މިއަދު ބުރިކޮށްލައިފި އެވެ.
އާއްމުވެފައިވާ ވީޑިއޯ އަކުން އެނގޭ ގޮތުގައި ރޭ 21:00 ކަންހާއިރު އެކްސިޑެންޓް ހިނގީ ނިކަގަސް މަގުން ބާޖަމާލުއްދީން ކައިރިން މަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގައި ޕިކަޕަކުން ޖެހިގެންނެވެ. ވަރަށް ބާރަށް ދިޔަ ކުޑަ ޕިކަޕެއް ކަންމައްޗަކަށް ވާ ގޮތަށް ހުރި ފާރުގައި ގޮސް ޖެހުނުއިރު އަންހެން މީހާ މަގު ހުރަސްކުރަމުން ގޮސް އެ ފާރާ އަރާ ހަމަވަނީ އެވެ.
ފާރާއި ޕިކަޕުގެ ދޭތެރޭގައި އަންހެން މީހާ ތާށިވެފައިވާ ގޮތަކަށް ތާށިވާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އެ އެކްސިޑެންޓު ހިނގުމާ އެކު ޑްރައިވަރު ވެސް ޕިކަޕުން ފައިބައި އަންހެން މީހާ ކައިރިއަށް ގޮސް އެހީތެރިވާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ 47 އަހަރުގެ ދިވެހި އަންހެން މީހާއަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަންޒަރުދުއް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ޕިކަޕްގެ ބުރަކި ފެއިލް ވެގެންނެވެ. ނަމަވެސް އެކްސިޑެންޓާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ޥަރަށް ވަރަށް ދެރަ //
ގާނޫނުނުހިގާ ގައުމުތަކުގަޢޮތީ ނަފުސީނަފުސީ މަޖީދީމަގުގަ މހުންނަ ކަފި ހުރަސްތަކުން މީހުން ހުރަސްކުރާއިރުވެސް މަޑުކުރަނީމަދު މީހެއް
އޭނަގެ މައްޗައް ހުކުމް ކުރަން ޖެހޭނެ އަންހެންމީހާޔައް އުމުރު ދުވަހު އޭނަޔައް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ދޭން. އޭނަގެ ސަބަބުން މީހަކު އުމުރަށް ނުކުޅެދޭ މީހަކަށްވީ. ބުރަކި ފެއިލް ވެގެންނޭ ބުނީމަ ނިމުނީއެއްނޫން. އޭނަ ނުޖެހޭ ކޮންޓްރޯލް ނުވާވަރަށް ދުއްވާކަށް.
ކައިވެނި ކުރު ވުން ކިހިނެއް ވާނެ... ތަކުލީފުތަށް އުފުލަ ދެވޭތޯ؟؟
ޕިކަޕް ދުއްވި މީހާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ޝަރީއަތުން ދޭންޖެހޭނެ
ފުލުހުން ތަންކޮޅެއް ޒިންމާދާރުވާޏްވެއްޖެ..ހާދިސާއެއް ހިގީމަ އަންނާނީ..އެހެންނޫނީ މީގެން ބޭކަލަކު ލޮލަށްވެސް ނުފެނޭ މިއޮއްބޮޑު މާލޭތެރޭން..ދެންފެންނާނީ ޖުރުމާނާ ކުރަންވީމަ..އެހެންނެއްނޫން..މިހާރު ވަރަސް ބާރުބާރަށް ދުއްވާ މީހުން ހިތައްއެރިހާގޮތަކަށް ދުއްވާ މީހުން އެބައުލޭ.އެމީހުން ހުއްޓުވަބަލަ ނޫނީ ޒުވާނުންނަށް އެފަދަ ޕްރޮގްރާމްތައް ހިންގަބަލަ.. ހަމައެކަނި ޓެކްސީ ޑްރައިވަރުންތަ ތާޒާކުރަން ޖެހެނީ.. އުޅަނދު ދުއްވާ އެންމެވެސް ގަވާއިދަށް ހޭލުންތެރިކުރަން ޖެހޭ.. ނޮޓް އޮންލީ ޓެކްސީ ޑްރައުވަރސް ހީވަނީ ޓެކްސީ ދުއްވާމީހުން އެކަންޏަށޭ ގާނޫނާ ގަވާޢިދު އޮންނަނީ...
ބުރި ކުރުން ނޫން އެހެން ފަރުވާއެއް ދެވޭނެ ޑަކުޓަރެއް، ހޮސްޕިޓަލެއް ނެތް ތަނެއްގައި އެނުން ގޮތެއް ނޯންނާނެ.. ތެދަށް ބުނާނަމަ 50 ގެ އަހަރު ތަކުގެ ދިވެހި ބޭސްވެރިންވެސް މާ މޮޅު، މާ މޮޅު. އައި.ޖީ.އެމް.އެޗަށް ބަލިމީހާ ނުގެންދިޔަ ކަން ރަނގަޅު.. އެހެން ނޫން ނަމަ ކިޑްނީގެ ބައްޔަށް ބޭސް ކުރަން ފަށާނެ.. އިންޑިއާގެ ބޭސް ފިހާރަ ތަކުގައި ނަންބަރު ޖަހަން ތިބި މީހުން މިތަނަށް ގެނެސް ފުނި ޖަހާފަ.. ރަނގަޅު ފަރުވާއެއް ނުދޭ ތާނގައި އޯގާތެރިކަމެއްވެސް ހުންނަ ބައެއް އުޅޭ ތަނެއް ނޫން..