ރާއްޖޭގައި ކުރިއަރަމުން އަންނަ ފިލްމީ ތަރި މަރިޔަމް ޝިފާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ރޭ ގުޅިއްޖެއެވެ.

ޓިކްޓޮކުން ދިވެހި އެތައް ބައެއްގެ މަގުބޫލުކަން ހޯދި ޝިފާ އެމްއެންޕީއާ ގުޅުނީ އެމްއެންޕީގެ ޔޫތު ވިންގުގެ ފަރާތުން "ނޫކަށި ލައުންޖް" ނަމުގައި ޒުވާނުންނަށް ހާއްސަ ލައުންޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުއެވެ. މި ލައުންޖް ހުޅުއްވައި ދެއްވީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. މި ރަސްމިއްޔާތުގައި އެމްއެންޕީގެ ލީޑަޝިޕްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޕީން ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނެއް ކަމަށްވާ ޝިފާއަކީ އެމްއެންޕީގެ ލައުންޖް ހުޅުވުމަށް ފަހު އެ ޕާޓީ އަށް ސޮއިކުރި ފުރަތަމަ ޒުވާނާ ކަމަށެވެ. ޝިފާ ޕާޓީ އަށް ސޮއިކުރި ފޯމް ހަވާލު ކުރީ ޕާޓީގެ ރައީސް ނާޒިމްއާއެވެ.

ނާޒިމް އާއި އެމްއެންޕީގެ އިސް ބައެއް ބޭފުޅުން ކެރަމް ކުޅުއްވަނީ. --- ފޮޓޯ: އެމްއެންޕީ

މާފަންނު ވެސްޓްޕާކް ސަރަހައްދު ކައިރިން، ހަވީރީ ހިނގުމުގައި ހުޅުވި މި ލައުންޖަކީ ޒުވާނުން އެއްތަނަކުން ބައްދަލުވެ ޕްލޭ ސްޓޭޝަން، ރާޒުވާ އަދި ކެރަމް ފަދަ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޒުވާނުންގެ ލައުންޖެކެވެ.

ނާޒިމް ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްއެންޕީ

މިލައުންޖް ހުޅުވައިދެއްވުމަށްފަހު ޕާޓީގެ ރައީސް ނާޒިމް ދެއްކެވި ވާހަކައިގައި އެމްއެންޕީއަކީ ޒުވާނުންގެ ޕާޓީއެއްކަމަށާއި، އެމްއެންޕީގެ އަމާޒަކީ ފުދުންތެރި ޒުވާނުންތަކެއް އުފެއްދުން ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ ދިވެހި މި ގައުމުގެ މުސްތަގްބަލްކަމަށާއި ކޮންމެ ޒުވާނަކުވެސް ޒިންމާދާރު ޒުވާނަކަށް ވާން އަޒުމު ކަނޑައަޅަންޖެހޭ ކަން ފާހަގަކުރެއްވިއެވެ.

އެމްއެންޕީއާ އަލަށް ގުޅުނު ޝިފާއަކީ ނެށުމުގައި އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ ޒުވާނެކެވެ. ޝިފާގެ ނެށުމުގެ ހުނަރު އެތައް ޕްލެޓްފޯމެއްގައި ވަނީ ފެނިގެން ގޮސްފައެވެ. އޭނާ ވަނީ ބައެއް ފިލްމްތަކާއި، ޑްރާމާތަކުގެ އިތުރުން، ބައެއް ލަވަތަކާއި، އިޝްތިހާރުތައް އަދި ޕްރޮގްރާމް ތަކުންވެސް ފެނިގެން ގޮސްފައެވެ.

މިހާތަނަށް ޝިފާ ފެނިގެން ގޮސްފައިވާ ފިލްމްތަކަށް ބަލާއިރު "ދެވަންސޫރަ"، "ފޯޓީ ޕްލަސް"، "ނިވައިރޯޅި"، "ހުވާ ކޮށްފައި ބުނަން"، "ރޫމީ އާއި ޖަންނަތް" އަދި "ހެހެސް" ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ވެބް ސީރީޒް "ނަފްސު"، "ގަމިނީ" އަދި "ހާސާ" އިން ޝިފާ ފެނިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ކާފޭ

  ކަނޑުގެ އާބާދީއަކާވެސް ގުޅިފައިވަނީ ވަރަށް ވޯޓް ހޯދާދެވޭނެ..

  21
 2. އަހްމަދު

  ދެންއެންމެއަވަހައް ސޮއި ކުރުވަންވާނީ މިސްކިއްތަކަށް ހީސްލައި ﷲގެ ކަލާންފުޅައް ކުޅުޖެހިމީހާލައްވަ އަދި ވެސްއުޅޭނެ ބުރުގާއަޅާފަ ބުރުގާނެގިޒުވާނުންކޮޅެއް އެމީހުންވެސް ހޯދައި ސޮއިކުރުވަންވާނެ

  42
  3
 3. ވެލާ ޝިފާ

  ގަދަ ކަލޭ އިނގޭ

  24
  3
 4. ހަނީފް

  ތިކަލަ ބުރާންތިން ޕާޓީތަކަށް ލައިގެން އުޅޭހާހިނދު ކަންކަން ރަގަޅެއްނުވާނެ ނަމުން މުސްލިމުންނެވެ. އެކަމަކު ޣައިރު މުސްލިމުންގެ ސްޓައިލަށް ދިރިއުޅޭ ތިފަދަ މީހުންނަކީ އަހަރެމެން ބަލައިގަންނަ ބައެއްނޫނެވެ.

  55
  1
 5. ޝިފޫ

  ޝިފާ ފެންވެސް ނުވަރާތަ ދިޔައީ ސޮއި ކުރަން

  46
  2
 6. ނިމްޝާ

  ކޮން އިރަކު ހަށި ވިއްކާ ލައުންޖް ހުޅުވަނީ

  43
  4
 7. މުރާލިދޮންބެ

  ހުޅުވާ ތަންތަން ހުންނަނީ ބަންދުކޮއްފަ އެތަނަށް ދާނެ މީހަކު ނުވޭ ، ރިޔާޒުގޭ ކައިރީ ހުޅުވި އޮފީސްވެސް ހުންނަނީ އަބަދު ބަންދުކޮއްފަ މިހާރު އެހެންތަނަކަށް ބަދަލު ވީތާ ދޯ

  24
 8. ހަސަން ޒަރީރު

  އޯ ގަދަ. 2023 އެމްއެންޕީއަށް ޔަގީންވީ. ކެމްޕެއިނަށް ޝިފާ ނެރުނީމަ، ދެން އެ ނިމުނީ. އިތުރު އެހެން އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް

  38
  2
 9. ވިސްނާލުމަށް އެދެމޭ

  ތިޕާޓީއަކީ މިހާރު ސިފަކުރެވެނީ މޮލީވުޑް ޕާޓީއެއް ކަމަށް.. ސިޔާސީ ގައުމީ ވިސްނުމެ ގައުމީރޫޙު ހުރިމީހަކު ތިޕާޓީއާ ގުޅޭތަނެނުފެނޭ.. ދެންވެސް ގުޅޭތަން ފެންނަނީ ޖީބާ ޖީބުގެ ގުޅުން މނޕގެ އެކައުންޓާ ކައިރީގަ ހުޅުވޭ އެކައުންޓްތަކެއް..ﷲ ގެ ކުޅަ ދުންވަންތަކަން ނުހައްގު ހުކުމެކޮށް ނުހައްގުން ޖަލުގަ ރޔާމީނު ބެހައްޓަން މިސިޔާސީ އެއްމެން ފޫގެޅައިގެން ތިއްބަސް ރޔާމީންއަށް އޮތް ތާއި ދެ ލޯތްބަކަށް ފަޑުކަމެނައި...ﷲއީ ހުރިހާކަމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ..އަނިޔާއާ ބޭއިންސާފަށް ﷲގެ ނަސްރެނުލިބޭނެ..ރޔާމީންއަށް ކެތްތެތިކަން ދެއްވާށި އަ ދި ﷲގެނަސްރާ ފަތަހަ ނަހެއްނެތި މިންވަރުކުރައްވާށި..އާމީން..

  12
 10. ނަމަ

  އެއްވެސް ސަރުތަކާ ނުލާ ވޯޓު ލާދޭނެތާ އެހެންވީމަ

 11. ޝިފާޒާ

  ބޮންދުންގެ ވޯޓު ޔަޤީނުންވެސް ލިބޭނެ ގެރެންޓީ.

  10
 12. ބަޑަންޑޫ

  ތީ ގާތްގަނޑަކަށް ލައްކައެއްހާ ވޯޓު ނާޒިމުސޯއަށް ވަރަށް ވެދުން

  7
  2
 13. އަހުމަދު

  ޓިކްޓޮކް ޕާޓީ.

  11
 14. ސަރ

  ތި ޝިފާއަކީ އިންފުލުއެންޝަރ އެއް ނޫން. ތީ އިޙްތިރާމް ގެއްލިފަ ހުރި ނާޗަރަންގީ ކުޅޭ މީހެއް. ނާޒިމް ސަރ އަތުން ލިޔުމާއި ޙަވާލުވުން ބަލައެއް ނުގަނެވޭ. ސަރ ތިޔަށްވުރެ ކޮލިޓީ ވާން ވެއްޖެ. ރަނގަޅުކޮށްލާނެ ކަމަށް ހީކުރަން.

 15. ލޯބިވާ ވަޠަން

  އޮރިޔާން ވާވަރަކަށް ވިދާނެ.

 16. ފައުޒީ

  އާދެ.. ތިޕާޓީއާއި ޝިފާމެންކަހަލަ ހިތާނު ކުރާ ގޭގެޔައް ގޮސް ނަށާދީ ހަދާ ކުދިން ހަމަވަރައް ގުޅޭ.

 17. އަލީ

  ކޮންމެހެން ސިޔާސީ ޕާޓީއެއް ނުހެދިޔެއްކަމަކު ތިޔަ ޖަހަން އުޅޭ ސަކަރާތެއް ޖެހިދާނެ ކަންނޭންގެ! މިކަހަލަ ބަޔަކު ވެރިކަމައް އަތުވެއްޖިއްޔާމު ގައުމުގެ ހާލަތު ހުންނާނެ ގޮތެއްވެސް ނޭންގެ!!

 18. އިބްތީ

  ތިހުރީ ޕާޓީ ބޮޑުވެފަ. ތި ޕާޓީ ކުދިންކޮޅު ގޮވައިގެން ޓިކްޓޮކް ޖައްސަން ފެނޭ. ވެރިކަމަށް ދަހިވެތިވެފަހުރިވަރުން ދީނެއް މިއްލަތެއް ނުބަލާނެ. ހެވެއް ނުބައެއް ނުބަލާނެ. ނާޒިމަށް އަދި ތި ހީވީކީ ރަނގަޅަކަށްނޫން. ގެޓްވެލް ސޫން