މަގުތައް ހަދަންވެގެން ސަރުކާރުން އުފައްދާފައިވާ ކުންފުނި، އާރްޑީސީގެ އޮފީހެއްގެ ތެރޭގައި މާރާމާރީ ހިންގާ މީހެއްގެ ބޯފަޅާލަައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފެެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:07 ހާއިރު ލިބިފައިވާ ކަމަށެވެ. މިމައްސަލައިގައި މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަނީ މާރާމާރީ ހިންގީ އޮފީހުގެ ތެރެއަށް ވަތް މީހެކެވެ. ދަނގަޑު ބުރިއަކުން ހަމަލާ ދިނުމުގެ ސަބަބުން ބޯފަޅައިގެން ދިޔައީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

މާރާމަރީ ހިނގީ އެ މުވައްޒަފު އެތާގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކާއި ފޮށި އޭނާ އަށް ޖިންސީ ފުރުއްސާރަ ކުރިކަމަށް ބުނެއެވެ. މާރާމަރީ ހިންގި މީހަކީ މުވައްޒަފު ފޮށުނު އަންހެން މުވައްޒަފުގެ ފިރިމީހާ ކަމަށް ވެއެވެ.

މާރާމާރީގައި އަނިޔާވި މީހާހަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ. މައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރެހެނެކެވެ.

މިހާދިސާ އާއި ގުޅިގެން އާރްޑީސީން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖުއްބާ

    އަސްތާ! އަނެއްކާވެސް ރައްވެހި ފަތިހުގެ މަންޒަރެއް. ވަރައް ޗާލު އިނގޭ!

    28
    2
  2. އަޑުބަރޭ

    އަޑުބަރޭ ކޮއްކޮ ތި ޖެހީ ގޮސް. ޢައިލީ ކަމެއް

    24
    1
    • ހައިކް

      ހުންނަކަމެއް ބާ.. ޖެނެޓިކަލީ އިންހެރިޓްކަމަކަށް ވެސް ވެދާނެ

  3. ނައިކީ

    އަޑު ބަރޭހެ ކޮއްކޮ ތިޔަ ކަން ކޮށްގެން ހައްޔަރު ކުރި ވާހަކަ އަޑު އިވިފައޮތީ.. ހަނގުރާމަމަތީ ފެމިލީ އެއްތަ؟؟

  4. ހަލީ

    ފިރިމިހާއެއް ނޫންކަނަށް ވަނީ.. އަޑުބަރޭ ކޮއްކޮ ކަމަށް ވަނީ..

  5. ރަން ރީނދޫ

    އަންހެނުންނާއި ފޮށުން ނޫން ކަމެއް މި ތިން އަހަރަކު ސްލޯލިހު ސަރުކާރަކަށް ހާސިލެއް ނުވޭ.

  6. Anonymous

    ހައްޔަރު ކޮށްފަ ދޫކުރާކަށް މަަ ގިނަ އިރެއް ނުވެ!