މާލޭ ޖަލުގައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިހުރި ބިދޭސީއެއް މިއަދު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ އެމްޑީ އަކްތަރު ހުސެއިން 50، ކަމަށެވެ.
އެ ބިދޭސީ މީހާ ނިޔާވެފައި ވަނީ ގޮޅި ތެރޭގައި ތާސް ކުޅެން އިނދައި މެއަށް ތަދެއް އަރައި ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އިމަޖެންސީ ހާލަތުގައި އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ހޮސްޕިޓަލާ ހަވާލާދީ ކަރެކްޝަންސުން ބުނި ގޮތުގައި އެމީހާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
އަކްތަރު ހުސެއިނަކީ މީހަކު މެރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް، ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފައެވެ.
ޢެހެންނުންވާނީ ޑޮކްޓަރަކަށް ދައްކައެއްނުދޭނެ ކަރެކްޝަނުން ކަންތައް ކުރަނީ ވަރަށް އިހާނާތްތެރިކޮށް އެހެންވީމަ ޖަލުތަކުގައި މަރުވާ މީހުންވެސް ގިނަވާނެ ެ އެހެން ކަންކަންވެސް ވާނެ
ޢެހެންނުންވާނީ ޑޮކްޓަރަކަށް ދައްކައެއްނުދޭނެ ކަރެކްޝަނުން ކަންތައް ކުރަނީ ވަރަށް އިހާނާތްތެރިކޮށް އެހެންވީމަ ޖަލުތަކުގައި މަރުވާ މީހުންވެސް ގިނަވާނެ ެ އެހެން ކަންކަންވެސް ވާނެ ތިވަރުގެ ޒިންމާދާރުކަމެއްނެތް މުއައްސަސާއެއް ނޯންނާނެ މިރާއްޖެއަކު
ކަރެކްޝަން އެކަންޏެއްނޫން، ޚުދު އައިޖީއެމްއެޗް އަކީވެސް އެހާ ސުލޯ ތަނެއް. އެތަނަށް މެޔަށް ތަދެއް އެރިޔަސް، ވަޔެއް އެރިޔަސް، ހާޓް އެޓޭކެއްގެ ސަބަބުން ތަދުވާ މީހަކަސް ހަމަ ޓްރީޓްކުރަނީ އެއް ހަމައެއްގައި. މަރުވާ މީހަކު މަރުވާށޭ ބުނާކަހަލަ. އެކަން އިހުސާސްވާނީ ތަދުއަރައިގެން އެތާ އެދޫކުރާ ނަމްބަރު ޖެހެންދެން އިންތިޒާރު ކޮށްފަ ތިބި މީހުންނަށް.
މިފަދަ މަރުތަށް ރަގަޅަށް ތަހްގީގްކުރެވިގެން އެގޭނީ، އިވޭއަޑުތަކަށް ބަލާއިރު މީހާގެންދިޔައީވަރަށް ލަހުން،