އދ. ގެ އާންމު މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެހެން ތަނެއްގައި ވަޒީފާގައި ހުރެގެން ދިވެހި ރައްޔިތުންގެ ފައިސާއިން ހާރިޖީ ވަޒީރުގެ މަގާމުގެ މުސާރަ ނަގަނީ ލަދެއް ނެތުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާނަމަ ޝާހިދު ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެހެންކަމުން މިހާރު ގާނޫނީ ޚާރިޖީ ވަޒީރެއް ނެތް ކަމުގައި ޖަމީލު ޤަބޫލު ކުރައްވައެވެ.

"އެހެން ތަނެއްގައި ވަޒީފާގައި ހުރެގެން ދިވެހި ރައްޔިތުންގެ ފައިސާ އިން ހާރިޖީ ވަޒީރުގެ ނަމުގައި މުސާރަ ނަގަނީ ލަދެއް ނެތުމުން،" ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ޝާހިދު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފުވެފައި ކަަމަށް ކަނޑައަޅައި މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައި ވަނިކޮށެވެ. އެހެން ނަމަވެސް އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެއް ނުވެއެވެ.

 

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ. އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މިއީ އަހަރު ދުވަހުގެ ދައުރެއް އޮންނަ މަގާމެވެ.

ޝާހިދު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފު ވެފައި ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ވެސް ބުނަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު، ސަރުކާރުން ބުނާ ގޮތުގައި، އދ. ގައި ކުރާ މަސައްކަތްތަކަކީ ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި އޮންނަ ގޮތުން، ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭ ފަދަ އެނޫން ވެސް މަގާމެއް ފުރައިގެނެއް ނުވާނެއެވެ.

ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެންނުވަނެ ކަމަށް ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފްރާޑާ އައިނު

  ބަލަ ކަލޭގެ ރައީސްމީހާ ބުނީ މުސާރަަނަގާނީ %50 އެކަމަކު ކަންވެގެންދިޔައީ ދިމާއިދިކޮޅަށް ؟؟؟؟؟؟

  4
  8
  • Anonymous

   ކޮން ދިމާއިދިކޮޅެކޭ ގޮވާކަށް؟ ލަދުކުޑަވިޔަސް ތިއީ ބޮޑުވަރު. ދެން އެހެންތާ ވާނީ. ކަލްޓް ލީޑަރު ދަސްކޮށްދޭ ގޮތަކަށްތާ އުޅެވޭނީ. ދޮގެއް ހެދެން އޮތިއްޔާ ތެދެއް ނަހަދާތި ނަމަނަމަ.

   1
   1
 2. މުހަންމަދު

  ޑރ.ޖަމީލު،ސިޔާސީ އެއްވެސް މީހެއްގެ ލަދު ހަޔާތެއް ނުހުންނާނެ.

  5
  1
 3. އަބްދޫ

  ގާނޫނުއަސާސީ އާ ހިލާފަށް ވަޒީފާ އަދާކޮށް ނަހަލާލު ގޮތުގަ ފައިސާ ޖަމާކުރަމުންދާކަމަށް ތުހުމަތު ކުރެވޭ.

  7
  1
 4. އަލްޖިބްރާ

  ދިވެހިރާއްޖޭގެ އެކިތަންތަން ބިދޭސީންނަށް ވިއްކާ އެ ހުރިހާ ފައިސާ އަމިއްލަ ޖީބައް ކަހާލާ އަދި އެވަރުން ނުވެގެން ދިވެހިރައްޔިތުންގެ ފައިސާއިން މިރާއްޖޭގައި މިހާތަނަށް އިމާރާތް ކޮށްފައި ނުވާވަރުގެ ބޮޑު ޢިމާރާތެއް ނަގާ ކޮޅަށް ޖަހާފަ އެހެރީ ލަދުހަޔާތް ކޮންތާކު އޮވެގެންތަ ؟