ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޯޕީޑީ އިމާރާތެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތު ގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޗީފް އޮޕްރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލްއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 21 ކޮންސަލްޓެންސީ ރޫމާއި، ޓްރީޓްމަންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އިކޯ ރޫމުއްގެ އިތުރުން އީސީޖީ ރޫމެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 20.22 މިލިއަން ރުފިޔާ ހަރަދުކޮށްގެން 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވިގެންދާ އޯޕީޑީ އިމާރާތުގެ ސަބަބުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް
ހައްލެއް ލިބި ބަލިމީހުން ބެލުމަށާއި މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާގާބިލް

    ކީއްކުރަން ހަދާ އިމާރާތެއް.
    އައްޑޫގައި ނެތް ސާމާނެއް ނެތް. އެހާބޮޑު އިމާރާތެއް. ޢެކަމަކު ހިންގުންތެރި މެނޭޖްމަންޓް ޓީމެއް އަދި ޑޮކްޓަރުންނެއް ނެތް

    3
    1
  2. ޑަބިޔާ8

    އެޔޮށް ބޮޑު ބިން އޮއްވަވެސް އަބަދުވެސް ބަލަނީ ކޮންމެ 5 އަހަރަކުން ތަންކޮޅެއް ހަދާލެވޭތޯ. އަދި އެއީ ވަރަށް ބޮޑު ކަމެއް ގޮތުގަ ރައީތުންނަށް ދައްކާ އިސްތިހާރު ކުރުން. ދުރު މުސްތަގުބަލުގަ ތަނަށް އޮބިނޯންނަ ވަރަށް ހިދުމަތް ހޯދާ މީހުން އަންނަން ފެށީމަ ދެން ތިބޭނެ ޖާގައެއްނެތޭ ތަން ބޮއްސުން ލިއްޔޭ އިހުމާލޭ ކިޔަން.