ގައުމު ތަރައްގީ ވާނީ ހާލަތު ބަދަލު ކުރުމުގެ ވިސްނުން ސިކުނޑީގައި އުފެދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގައުމު ތަރައްޤީ ވަނީ ގައުމުގައި އުޅޭ މީހުން ތަރައްޤީވެގެންނެވެ. "ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން." ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ސާނަވީ އިމްތިޙާން ނިންމާ ކުދިންގެ ތެރެއިން، މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވަމުން ދާތީއެވެ. ރައީސް ވިދާޅުވީ މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ޘާނަވީ އިމްތިޙާން އެވްރެޖްކޮށް 5600 ދަރިވަރުން ހަދަމުންދާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން، މަތީ ސާނަވީއަށް ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން ކަމަށެވެ. އެއީ ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 އިންސައްތައެވެ. ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ސާނަވީ ހަދާފައެއް ނުވެއެވެ.

"މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫނެވެ. "އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް. އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19ގެ ދަތިތައް އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ފިލައިގެނެއް ނުދެއެވެ. މިހާރުވެސް އަޅުގަނޑުމެން މިއުޅެނީ، އެ ދަތިތަކާއި ނުރައްކަލުގެ ތެރޭގައި ކަމަށާއި ނަމަވެސް، އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތް މި ކުރަނީ، އެ ދަތިތަކުން އަރައިގަނެވޭތޯ އާއި ޤައުމު ބިނާކުރެވޭތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމަ އެ ޢަޒުމުގައި، ދުނިޔޭގެ މިސްރާބުވެސް މިހާރުހުރީ ވަރަށް ބޮޑެތި ބަދަލުތަކަކާ ދިމާޔަށް. މިއިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ، ޒަމާނީ ޓެކްނޯލޮޖީގެ ބަދަލުތަކެއް، ވަރަށް އަވަހަށް ފެންނަން ފަށާނެ. ތިޔަ ކުދިންވެސް މިއަދު ވިސްނުން އަމާޒުކުރަންވީ، ދުނިޔެއަށް އަންނަ ބަދަލުތަކަށް. ތިޔަ ކުދިން މިއަދު ފިކުރު ހިންގަންވީ، މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭގައި." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް

    22
  2. ޢަޒު

    މާތްﷲގެ އިރާދަފުޅާއެކު ކަލޯ 2023 ހުގަ ކަލޯ ވެރިކަމަށް އައިގޮތަށް ފައިބައިގެން ދާންޖެހޭނީ ކޮންފަދަ ވައްކަމެއް ކޮއްގެން ވެރިކަމަށް އައީ

    25
  3. Anonymous

    ގައުމު ތަރައްގީ ވާނީ، ﷲގަންދީ ކުރިހުވަޔާ އެއްގޮތަށް ޢަމަލުކޮށްގެން.

    25
  4. ދޯ

    ހާލަތު ބަދަލު ކުރުމުގެ ވިސްނުން ސިކުނޑީގައި ނެއް ރައިސެއް ތީ

    24
  5. ބަކުރު

    ތާކުންތާކު ނުޖެހޭ މޮޔަރައީސެއް އަހަރުމެންގޭގަ ހުރޭ ސޭކުކުއްޖެއް ވެރިކަމުގަ މިހުރި މީހާއަށްވުރެ އޭނަ މާވިސްނުންތޫނުވާނެ.

    23
  6. ހުސޭނުބޭ

    ހާލަތު ބަދަލުވާނީ ކަލޭ ކަހަލަ ހުސްއަނގަތަޅާ މީހުން އެއްފަރާތްވެގެން!

    25
  7. ޢަދުރޭ

    ހަރުބަސް ވިދާޅުވާން ލިބިފައޮތް ވަގުތު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުޑަވަމުން

    22
  8. ކާފަބޭ2020

    ތިޔަބޭޅުންގެނައިތަރައްގީއަކީ ސިކުނޑިއަށްގެނައިތަރައްގީނޫންތޯ އެތަރައްގީ ވަޒީފާގަތިބޭމީހުނަށްކަމަކުނުދޭނޫންތޯ؟ ތިޔަބޭޅުން ވިދާޅުވާއެއްޗެއް މާނަކުރަންޖެހޭނީދިމާއިދިކޮޅަށް ފެންނަމުންދާ ހަގީގަތެއް ދެން ސިކުނޑިތަރައްގީކުރެވޭނީ ކިހިނެއްތޯ؟😆😆😆

    19
  9. ކޮއްުޔާ

    3 އަހަރުހުސްވެއްޖެ ތިޔަވިސްނުން ކޮބާބާ !! ހާލަތު ބަދަލް ކުރަން އަޅުވެތިކަމަކަށް ނުގޮސް ނިމޭނެބާ !!

    21
  10. މުހަންމަދު

    ވިސްނުން އަންނަނީ ކޮން ދުވަހަކުން ؟ އިތުރުދައުރެއްގެ ވާހަކަބާ ؟ ޢެހެންނުވާނެ ،،،، އިސްތިއުފާ އިބޫ އިސްތިއުފާ ،،،

    24
    1
  11. އަލީ

    ގައުމު ތަރައްގީވާނީ ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބައިތުލްމާލުން ވައްކަންކުރުން ހުއްޓާލީމާ

    22
  12. އަހުމަދު

    ހާލަތު ބަދަލު ކުރުމުގެ ވިސްނުން ހުރިވަރު އަންނަ ވޯޓުން އެގޭނެ

  13. Anonymous

    ވަރަށް ބޮޑު ތެދުފުޅެއް މިވެރިން މިހާރުން މިހާރައްވެސް ބަދަލު ކުރުން ވަރަށް މުހިންމު.

  14. ކާފަ

    އަޅެ މިބޭ އަދިވެސް މައިތިރިވާކަށް ނުވޭތަ؟

  15. Anonymous

    2023ގަ ގަމާރު ހުންނާނީގެޭގަ

  16. Anonymous

    މިބިމުން އި ްޑިއާސިފައިން ބާލާފަ ކަލޭއިސްތިއުފާދީފަ މިބިމުގެ ހއްގުވެރިންނައްބިން ހަވާލުކުރޭ