މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި އެމަނިކުފާނު ދެއްވަން ބޭނުންފުޅުވާ ބަޔާނުގެ ޑްރާފްޓެއް ފުލުހުންނަށް ފޮނުވައިފިއެވެ.

ނަޝީދުގެ ގާނޫނީ އެއް ވަކީލު އަދި ކޮއްކޯފުޅު ނާޒިމް އަބްދުލް ސައްތާރު ވަނީ މި ކަން "ވަގުތު" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ނަޝީދުގެ ބަޔާނެެއް ހޯދަން ތަހުގީގީ އިދާރާތަކުން އެދުމުން އެމަނިކުފާނު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާ ރައްދެއް ވެސް ދެއްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

އެމަނިކުފާނުގެ ބަޔާނެއް ބޭނުންވާ ކަަމަށް ފުލުހުން ވިދާޅުވި ފަހުން، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ފަހުން ވަނީ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދިއުމުގައި ނަޝީދުގެ ބަޔާނެއް މުހިއްމު ވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވިއިރު، ޕީޖީ އޮފީހާއި ތަހުގީގީ އިދާރާތަކުގެ ވަފްދެއް އެ ގައުމަށް ވަޑައިގެން އެމަނިކުފާނުގެ ބަޔާން ނަގަން މަޝްވަރާ ކުރެވުނެވެ. އޭރު ވެސް ނަޝީދު ޓްވީޓެއް ކުރައްވައި ވިދާޅުވީ، ދައުވާ އުފުލަނީ އެމަނިކުފާނުގެ މައްޗަށް ނޫން ކަމުން ފުލުހުން ބަޔާން ނަގަން އިިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމުގައެވެ.

ނަޝީދު ފަހުން ވަނީ ބަޔާނެއް ދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ކޮއްކޮ ނާޒިމް ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީ މަގުގައި ހުރި އެމަނިކުފާނުގެ ކާރުކޮޅަށް ވަޑައިގަންނަވަން ހިންގަވަނިކޮށް ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައީޑީއެއް ހަރުކޮށްގެން ގޮއްވާލި މައްސަލާގައި 10 މީހަކު ހައްޔަރު ކުރިއެވެ.

އެއިން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު، ދައުވާ އުފުލި މީހުންގެ ތެރެއިން ތިން މީހުންގެ މައްޗަށް އުފުލީ ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާތަކެކެވެ. ހަމަލާގެ ބައިވެރިވިކަމުގެ ތުހުމަތުގައި އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިސްތިއުފާ

  ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 2. Anonymous

  ގައުމުގެ ދައުލަތް މީނަޔައް ބޭސް ކުރުމައް ހުސްވެއްޖެ.

 3. އިބްރާ

  ބަޔާން ފޮނުވީކީނޫން. ބަޔާން ފޮނުވަންޖެހޭކަމަށް ހީވާންފެށީ.

 4. އުގުރި

  މިކަމަށް ވެސް ހާދަހާ ބޮޑު ބަޖެޓެއް ދާނެޔޭ.