މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި އަތްލި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެެއްގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރުކޮށް މިހާރު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޖިންސީ ފުރައްސާރަކޮށްގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 10:52 ގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އަންހެން މީހާ މީސް މީޑިއާގައި ލިޔެފައި ވާ ޕޯސްޓެއްގައި އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް އޭނާގެ ޖިންސީ ގުނަވަނުގައި އަތް ލައި ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.

އަދި މިކަންތައް ހިނގައި ދިޔައީ އޭނާ މަސައްކަތަށް ދިޔަ ގަޑީގައި ކަމަށް ބުނެފައި ވެއެވެ. އަދި މީހަކު އޭނާ ހިފެހެއްޓިއިރު، ފުލުހުންގެ އެހީތެރިކަން އޭނާއަށް ލިބުނު ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް މާލޭގެ މަގުމަތީގައި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މަރިޔަމް

    ިުރިހާކމެއްވެސް ކުރާނެ ތިއިންކޮށްމެކަމަކީވެސް މަސްތުވާތަކެތީގެ މަށްސަލަ މަސްތުވާތސކެތިހުށްޓުވާބަލަ ސަރުކާރުން

    25
  2. ސަމާ މާލެ

    ހަމަ ސަރުކާރު ކަޑައީ

    40
    9
    • ޢަހޫ

      ގަމާރުވިއަސް ތީބޮޑުވަރު

      15
      13
  3. ރައްޔިތުމީހާ

    ހައްޔަރުކުރަންވީ ތަޙްޤީޤުވެސް ކުރަންވީ އެކަށީގެންވާ އަދަބުވެސް ދޭންވީ. އެކަމަކު ދެރަކަމަކީ އިންޑިޔާ މީހަކު ވިއްޔާ ހައްޔަރުނުކޮށް ދޫކޮށްލާފައިވާތީ އަދި އެފަދަ ކަންކަމަކީ ޢާންމުތަންތާންގައި ހިންގާ އާދައިގެ ކުޑަކުޑަ ހަމެއްކަމުގައި ހޯމްމިނިސްޓަރު ވިދާޅުވާތީ

    30
    1
  4. ޕޮލިސް

    މަގުމަތިން ފުރައްސާރަ ކުރީކީ ނޫން. ޒާތީ ކަމެއް

    18
    6
  5. ނޫރި /ތިނަދޫ

    ދެޖިންސުގެ މީހުން މަސްހުނި ކޮށްގެން އަނބެއް ފިރިއެއް ނުބަލައި ނަށައި ނާޗަރަންގީ ކޮށް ކޮޑާއި ކޮނޑުޖައްސާ ސެލްފީ ނަގައި ނުބައި އާދަތައް ސިާސީ ފަރާތްތަކުން ދިރުވުމުގެ ނަތީޖާބާ؟

    33
    6
  6. ސުޖާ

    ދެރަކަމެކަމެެއް

    20
    1
  7. ބޭކާރު

    ސަރުކާރު ކަޑަކަން މިއެނގެނީ

    24
    7
  8. ނޯރޭޕް

    ޖަނަވާރުކަން ބޮޑީ. ބެލުން ތިރި ނުކުރެވެނީ.

    ލާ އެއްޗެހިން ވިއްޔަ އަންހެނުންވެސް.

    41
    4
  9. އަހުމަދުކަ

    ތީ ހަމަ ޕީޕީއެމް ކަންތަށް

    7
    36
  10. އިންޑިއާ އައުޓް

    ތިޔަ ކަނބަލުން ނެތުމުގެ ތެރެއިން ހަލްގު ކުރައްވާ ތިޔަ ކަނބަލުންނައް ގުނަވަންތައް ދެއްވި ﷲ މަގުމަތީގަ އުޅޭ އިރު އެގުނަވަންތައް ރައްކާ ކުރަން އެންގެވިގޮތައް ރައްކާކުރާނަމަ ތިހުރިހާ ކަމަކުން ސަލާމަތް ވާނެކަމައް އެފާރާތުން ވަަނީ އަންގަވާފަ ނޫންތޯ

    39
    6
    • ސްނޭޕް

      ކަލޭ ބުނި އެންމެ ރަނގަޅު ވާހަކަ

      12
      3
    • އިންޑިއާ އައުޓަށް

      ކުޑަ ކުޑަ ކުދިންވެސް ނިވާ ނުވާތީތަ އެކުދިންނާ ބެހެނީ؟ ޖަހާފަ ހުންނަ ނެޕީ ކާފަރު ކަމުން؟ އަންހެނުންނަށް އެހެން އެންގެވި ފަދައިން ފިރިހެނުންނަށްވެސް ބެލުން ތިރިކުރަން އަންގަވާފައިވޭ ކަންނޭނގެ.

      2
      1
      • އިންޑިއާ އައުޓައް

        އެހެންވެގެންތާ އެއްވެސް ލިނސެއްނެތި އެންމެން އިލާހި ގާނޫނައް ބޯލަނބަން އަންގަވާފަވަނީ އެގާނޫނައް ބޯނުލަނބާނަމަ މިހުރިހާ މުސީބާތެއް ދިމާވާނެ

  11. ސްނޭޕް

    ހަބަރު ގޯހެކޭ ނޫން. އެކަމު ޓުވީޓުގަ ވަނީ ޖިންސީ ގުނަވަނުގެ ވާހަކަބާ؟؟

    • މޮޔަ

      އިންޑިއާ...އިންޑިއާ...އިންޑިއާ...އިންޑިއާ
      އިންޑިއާ...އިންޑިއާ....އިންޑިއާ.........

      3
      1
  12. ކޮރަލް

    ރާއްޖޭގަ ސީރިއަސް ކޮށް ބަލަނީ ހަމަ އެކަނި ހަނގުރާމަ ތަކަށް ދާ ކަމަށް ބެލެ ވޭ މީހުންގެ މައްސަލަ އެކަން ޔެވެ.
    ވައްކަން ، ފޭރުން ، މީހުންމެރުން އަދި ޑްރަގް ފަދަ މައްސަލަ ތައް ސްޕީޑް ގަ ކުރިއަކަށް ނުދެ އެވެ.

  13. Anonymous

    އަނެއްކާ ކުރީސަރުކާރު ކަމެއް ނޫންބާ

  14. ބަކުރު

    އެމްޑީޕީހުން ވަރަށް ހަޔާތްކުޑަވާނެ އެމީހުންގެ ސަރުކާރު ހަމަކަޑައީ .