އޭޝިއާ ބައްރުގެ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމުގައިވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021 "ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފައެވެ.

ސްޓެލްކޯއިން ބުނީ، މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ 3 އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުރިއާއި އަޅާބަލާއިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެންގޮސްފައިވާ ސްޕީޑާއި ގުޅިގެން ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި، މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ލިބުން ވަނީ ފާހަގަ ކޮށްފައެވެ.

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭ އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ވަނީ ސްޓެލްކޯއަށް ވަނީ ލިބިފައިވެއެވެ.

މި އެވޯޑް ލިބުމާއި ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި، ތަފާތުދައްކާ، ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި، ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

"ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ" މުޣުނީ ވިދާޅުވިއެވެ.

އޭޝިއާސް މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑް ވެސް ލިބިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފޮރުވައިގެން

    ހަސަދަވެރިވާ ބަޔަކު ތިބޭނެކަން ސަމާލުވާތި.

    5
    9
  2. Salifu

    ތިޔާ ގަންނަން ލިބޭ އެއްޗެއް

    15
  3. ހަސަދަ ވެރިޔާ

    ތި އެވޯޑް ތި މީހާޔައް ލިބުނު ގޮތެއް އެއްގޮތަކައްވެސް ނޭގުނު ތިމީހާގެ ދަޝުން މަސައްކަތްކުރާ ބަޔަކު އުޅޭކަންވެސް ތި މީހާޔައްނޭގޭ !

  4. Anonymous

    ފެނަކަ ކޯޕަރޭޝަން ކުންފުނި ފެއިލްވުމުގެ އެއް ސަބަބަކީ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓުން 6700 މުވައްޒިފުން ބެލެހެއްޓުމުގެ ޤާބިލްކަމެއް އެ ޑިޕާރޓްމަންޓުގެ ހެޑްގެ ކިބަޔަކު ނެތުން. ޢަހުމަދު ސައިދާއި އެކު މި ނޫން އެހެން އެޗް އާރު ހެޑެއް ހުރި ނަމަ މި އެވޯޑް އެމްޑީ އަހުމަދު ސައިދަށް ލިބުމާއި ވަރަށް ގާތް

    2
    2
  5. ގލޅ

    ސަރު ާކރުގެ ގިނަ ކުންފުނި ތަ ކަ ކީ މޑޕގެ
    އެ ކްޓިވިސްޓުންގެ އަތްދަށުގައިވާ ތަންތަނެވެ އެތަންތަނުން
    ކުރާ މަސައް ކަތައް ކ ކުރިއަރާ ނުދަނީ މޑޕގެ ނުފޫޒާ
    ހެދި އެވެ.

  6. ހުސެންކޮއެ

    ގެންގަނެ ފިޔެ ވޯޑްއެ
    ދެންފަހެ މިޔެ ކަންއެ
    ނެތްކަ ވީއަދު މެއްއެ

  7. Anonymous

    މުޢުނީއަށް ހާދަ އެވޯޑެކޭ މިލިބެނީ.

  8. ސަޅި

    އެހެން ވެދާނެ! ކޮވިޑްތެރޭގައި ގޭބިސީތަކުގެ ކަރަނަޓްބިލްތައް ހެޔޮއަގުންގޮަަސް ރައްޔިތުން ހިތުން ނުފިލާވަރުގެ ހިތި ދައްކާލާފަވަނީ! ހޫނުގަދަވެގެން ގޮސް ކަރަންޓްބިލްތައް އަތްނުފޯރާފަށަށް އަގުހެޔޮވެގެންގޮސް ރެކޯޑްމިންވަރަކަށް ތިޔަ ތަނަށްފައިދާވީ! ރައްޔިތުން ހޭއަރަންވެއްޖެ އެއްނު! މީ ކަރަންޓް ހެޔޮކުރިސަރުކާރު! ރައްޔިތުންނަށް ކޮބާ ފައިދާއެއް!

  9. އަހައްމަދޫ

    ވާނުވާ ނޭގި ކަރަންޓް ބިލްތައް ބޮޑުކުރާވަރަކަށް ގިން އެވޯޑްތައް ލިބޭގޮތައް ތަ އޮންނަނީ