ނައިބު ރައީސް ފައިސަލް ނަސީމް، ހޯރަފުށީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަހަށް ފެށިގެންދިއުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނެ ގޮތްވުން މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަނުގެ ހިދުމަތްދިނުމުގައި އެންމެ ދަތިވާ މައްސަލަތަކާއި މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ މައްސަލަތައް ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ހއ. އަތޮޅު ސްކޫލުގެ ފަރާތުން ވެސް ވަނީ ސްކޫލަށް އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ބޭނުންވާ މުހިންމުކަންކަން ނައިބު ރައީސް ހިއްސާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ޚިހިމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުންކަމުގައި އެމަަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގުލްޝަން

  އެމްޑީޕީގެ މިވެރިކަމެއްގަ ތިކަމެއްނުވާނެ / ވ ސާފު //
  އެސުވާލަށް ޖަވާބުވެސް ނުދެވުން //

  9
  1
  • އެމްޑީޕީއަށްވާނެ

   އެމްޑީޕީ ވެރިކަމުގަ އެންމެ ބޮޑު މަޝްރޫއުވެސް އެ ރަށުގަ ހިންގާފަ އޮތީ... ޔާމީނު ދެއްކީ ހުވަފެންއިންތިހާބަށް މަހާޖައްރާފު ގެންގޮސްސަ ވޯޓުލާ ނިމުމއެކު އަނބުރާ ގެނައީ.. އެހެންވީމަ އެޔަށްވުރެއް ކުޑަކަމެއް ހޮސްޕިޓަލްތީ..

   1
   3
 2. ނީކް

  ބަޖެޓުކޮށްފައެއްނު އޮތީ އެހެންވީމަ ކުރިޔަށް ދާނެކަމަށް ބަލާ.. އިންތިހާބު ކުރިމަތީގަ އޮންނަ އިރު ބަޖެޓުގަ ޖަހާކަންކަން ކުރިޔަށް ނުކަނޑައެއް ނުދާނެ..

  5
  2