އިންޑިއާ އާއި ސްރީލަންކާގެ ކޯސްޓްގާޑްގެ މަނަވަރުތަކެއް ރާއްޖެއަށް އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަނޑުމަތީގެ ތަމްރީންތަކެއް ހެދުމަށްޓަކައި ރާއްޖެ އައީ އިންޑިއާގެ އައިޖީއެސް ވަޖްރާ އާއި އައިސީޖީއެސް އަޕްރޫވާ ކަމަށަވެ. އަދި ލަންކާއިން އައީ އެސްއެލްސީޖީއެސް ސުރަކްޝަ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ތިން ކޯސްޓުގާޑް ރާއްޖެ އައީ މި މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމަޔަށް ރާއްޖެ، ލަންކާ އަދި އިންޑިއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެކްސަސައިޒް ދޯސްތީ އަށެވެ. އެ ތަމްރީނުތައް ކުރިއަށްގެންދާތާ މިހާރު 30 އަހަރުވެއްޖެއެވެ.

މި ތިން ގައުމު ގުޅިގެން ކަނޑުގެ ސަރަހައްދުތައް ޕެޓްރޯލް ކުރުމަށް ދޭތެރެ ދޭތެރެއިން އެކި ކަހަލަ އޮޕަރޭޝަންތައް ހިންގައެވެ. އަދި މި ސަރަހައްދުގެ ގައުމުތައް ގުޅިގެން ކޮންމެ އަހަރަކު ކަހަލަގޮތަކަށް އަސްކަރިއްޔާގެ އިސްވެރިން ބައްދަލުވެ އެކި ދާއިރާތަކުން ކުރިއެރުވުމާއ ގުޅޭ ގޮތުން މަޝްވަރާވެސް ކުރެވެއެވެ. އެގޮތުން ސަރަހައްދުން ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށާއި، ކަނޑުމަތީ ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައްވެސް ދަނީ ކުރަމުންނެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސުލްހައާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި އިގްތިސާދީ ދުވެލި ކަށަވަރުކުރުމަށްޓަކައި، މި ސަރަޙައްދުގެ ހުރިހާ އަވަށްޓެރި ގައުމުތަކުން، ގުޅުން ބަދަހިކުރަންޖެހޭ ކަމަށް އެންމެ ފަހުން އިންޑިއާގައި ބޭއްވި ޑިފެންސް ކޮންކޮލޭވް ގައި ވަނީ ބާރުއަޅާފައެވެ.

މިދިޔަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުނު ހަތަރުވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ލެވެލްގެ ޓްރައިލޭޓަރަލް ބައްދަލުވުމުގައިވެސް ރާއްޖެއިން ބައިވެރިވެފައެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހަުމަދު ދީދިއެވެ.

އެ ބައްދަލުވުމުގެ ނަތީޖާތަކުގެ ތެރޭގައި އޮބްޒާވާ ސްޓޭޓްތައް ހިމެނުމަށް މަޝްވަރާތައް ފުޅާކޮށް، މެރިޓައިމް އަދި ސަލާމަތީ ކަންކަމާއި ގުޅުންހުރި އެހެނިހެން މައްސަލަތައް ހިމެނުމަށާއި، ތިން ގައުމުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން ފުޅާކުރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޯ

    އިންޑިޔާ އެކަނި އައީމަ އައުޓް ގޮވާތީ ... ތަފާތު ކޮށްލީ ދޯ

    14
    4
    • ބޭބެ

      ޔެސް ހަމަ ތިޔަބުނިހެން މިމީހުން މިހެދީ! ރައްޔިތުންގެ ލޮލުގަ އަނދުނެއް އަޅުވާލީ!! މައްސަލައެއް ނެތޭ ތަމްރީނު ޕްރުގުރާމެއްގަައި ކުރު މުއްދަތަކަށް ބަޔަކު އަޔަސް! އެގޮތަށް އެމެރިކާ ސިފައިންވެސް އައިސް ޓްރެއިނިންގް ދީފަ އެކިއެކި ޕްރުގުރާމުތައް ހިންގާފަ ހަމަދަނީ!! އެކަމަކު މިސަރުކާރުން މިއުޅެނީ އަޑިނޭގޭ އެއްބަސްވުންތައް ހަދައިގެން އިންޑިޔާގެ ސިފައިން މިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިގު މުއްދަތަށް ބައިތިއްބައިގެން!! އެއީ ކަނޑައެޅިގެން ގޯސްކޮށް ގާނޫނު އަސާސީއާވެސް ޚިލާފަށް މިސަރުކާރުން ކޮށްގެން އުޅޭ ޣައިރުގާނޫނީ ކަމެއް!! އެކަން ހުއްޓުވަން ރައްޔިތުން އަޑުއުފުލަނީ!! މިގައުމުގައި ބައިތިއްބައިގެން އުޅޭ 100 އިންޑިޔާ ސިފައިން މިރާއްޖެއިން ބާލަން ރައްޔިތުން އަޑުއުފުލަނީ! ގައުމުގެ އިސްތިގުލާލާ މިނިވަންކަން މިސަރުކާރުން ނަގާލައިގެން އުޅޭތީ އެޚާއިނުންތައް ހިފާ ހައްޔަރުކުރަން ރައްޔިތުން ގޮވަނީ!! މިކަހަލަ މަކަރުތައް ހަދައިގެން އެއަޑު ކަނޑުވާލަން މިސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބުނުވާނެ!!

      5
      1
    • ކެރެފާ ބުޅީގަ ޖެހިފައި

      އިންޑިއާ ލަންކާ އައުޓް 😸

  2. ޝަމް

    އިންޑިޔާ ބަހުރުވައިން ދޯ ނަންވެސް ދޭންޖިހެނީ.... މާތް ﷲ އާއި ވަކީލު

    8
    1
  3. ޖާބިރު

    އިންޑިޔާގެ މިލިޓަރީ ހަންފެތުރުން..

    2
    1
  4. ބުރުގާ

    އޭ، ކަލޭމެން ރާއްޖެ ހިފަންތަ ތިއުޅެނީ.... އަންގާލައިގެން އުޅެބަލަ

    2
    1