ފެނަކަ ލ.ގަމު ބްރާންޗްތަކުން ވަޒީފާއިން ވަކިކުރި ދެ މުވައްޒަފަކަށް އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ހުކުމް ކޮށްފިއެވެ.

ވަޒީފާއިން ވަކި ކޮށްފައިވާ ދެ މުވައްޒަފުންނަކީ ލ.ގަމު މަތިމަރަދޫ ފެނެކައިގެ ބްރާންޗުގެ ސްޓޭޝަން މެނޭޖަރެއްގެ މަގާމުގައި ހުރި ހުސެއިން ހަލީމާއި ގަމު ތުނޑީ ބްރާންޗުގެ އެސިސްޓެންޓް އިންޖިނިއަރެއްގެ މަގާމުގައި ހުރި ޔަންމާ އަލީ ދާވޫދުއެވެ.

ހުސެއިން ހަލީމް ވަޒީފާއިން ވަކި ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. ދާވޫދު ވަޒީފާއިން ވަކި ކޮށްފައިވަނީ އެ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި ދެމުވައްޒަފުން ވަޒީފާއިން ވަކި ކުރި ސަބަބު އެނގިފައެއް ނުވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ޓްރައިބިއުނަލުން ބެލި މި ދެ މައްސަލައިގައި ބުނެފައިވަނީ އެ ދެ މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އެ ދެ މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކުރާ ކަމަށެވެ.

ޓްރައިބިއުނަލްގެ ހުކުމްގައި އިތުރަށް ބުނެފައި ވަނީ ހަލީމާއި އަލީ ދާވޫދު ވަޒީފާއިން ވަކިކޮށްފައި ވަނީ ލ.ރީޖަނަލް އޮފީސް އުވާލުމާއި ގުޅިގެން މަޤާމު އުވާލެވިފައި ވާތީކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވީ ނަމަވެސް އެ ދެ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައި ނުވާ ކަމަށެވެ.

ޓްރައިބިއުނަލް އިން ވަނީ އެދެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް އެ ދެމީހުންނަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ވެސް އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުންޑާ

    ކޮބާ ނަމުންސޯލިހުވެގަނެގެން އުޅޭ ރަށްޔަތުންނަށް ހަރާމްކޯރުވާ ވެރިޔާ.

    7
    1
  2. ދަރަނި ދަންތުރަ

    ކޮބާ ދުއާލިބުން ސޯލި އަލިފާން ކެވިއްޖެބާ ..

    4
    1
  3. އިސްޢާފް ސަލީމް

    ރާކަނިމަސް ކެވިއްޖެނު؟

  4. ކުލޮ

    ނުދޭނެ..ވަޒީފާ ދޭނީ ކުރީސަރުކާރުން ވަކިކުރިނަމަ،،