ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި ލ. ހިތަދޫ އަންހެނަކު ނިޔާވެއްޖެއެވެ.

ލ. ގަން ހޮސްޕިޓަލުގެ ޑިޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް "ވަގުތަށް" ވިދާޅުވީ، ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެ އަންހެން މީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ސިޒޭރިއަން ހެދުމަށް ފަހު ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

"އިއްޔެ ހެނދުނެ ބަނޑަށް ތަދުވާތީ ގެނައި ހޮސްޕިޓަލަށް. ގެނައި އިރުވެސް ކުރިން ސިޒޭރިއަން ހެދި ލަކުނު ފަޅައިގެން ގޮސް ލޭ ފައިބަމުން ދިޔައީ. އެހެންވެ ދަރިފުޅު ނަގާފައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ސިޒޭރިއަން ހަދައި އަންހެން މީހާގެ ބަނޑުން ދަރިފުޅު ނެގިއިރު ބަނޑަށް 33 ހަފްތާ ކަމަށާއި ކުއްޖާއަށް އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް، ހާލު ދެރަވެގެން މިވަގުތު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސިޒޭރިއަން ހަދައި ނިމިގެން ފުދޭވަރަކަށް ލޭއަޅަން ޖެހުނު އަންހެން މީހާގެ. ދެން ފަހުން ކުއްލިއަކަށް ހާލު ބޮޑުވެގެން އައިސީޔޫއަށް ލާން ޖެހުނީ. ލޭ މަނާ ނުވެގެނެއް ނޫން ނިޔާވީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އަންހެން މީހާ މަރުވިއިރު، އަންހެން މީހާގެ ނުވަ ކުދިން ތިބޭ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން އާއިލާގެ ފަރާތުން އެއްވެސް ކަހަލަ ތުހުމަތެއް ހޮސްޕިޓަލަށް ކޮށްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޙަދިސައިބު

    މިއީނޫންތޯ އަތޮޅުތެރޭގެ ހެލްތު ސިސްޓަމު ކުރިއެރުމަކީ، ކޮވިޑުގައި 300 އެއްހާމީހުން މަރުވުމަކީވެސް ހެލްތު ސިސްޓަމުގެ ކުރިއެރުން

    62
    5
  2. މުފައްކިރު

    އަތޮޅުތެރޭގެ ސިއްޚީ ނިޒާމަށް ދިރުން، ވައުދު ބިލާހަކަށް.

    62
    4
  3. ޙަލީ

    9 ކުދިން .... މައްޔިތާއަށް ހެޔޮރަހްމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި

    127
  4. ބުރުގާ

    އެމްޑީޕީ ސަރުކާރުގަ ރަގަޅު އެއް ނިޒާމެއްވެސް ނެތިއްޔޭ. ސިއްހީ ނިޒާމު ހަވަރައްދީފަ، މަސްތުވާތަކެތީގެ ޒުވާނުން ޖައްސުވާފަ، ދެން އޮންނަނީ ފާޑުފާޑު ނަންނަމުގެ ދައުލަތުން ވައްކަންކުރުން. ހީލަތްތެރި ފަތިސް

    68
    17
  5. އަހަރެން

    އަޑުއިވޭ ގޮތުން ސިއްހީ ކަންތައް އެންމެ މަތީކަމަށް އަޅުގަނޑު ހީކުރީ، ހުރިހާ ނޫސްތަކުގެ ފަލަ ސުރުހީތަކުގަ ކަންތައްތައް ތަރަށް ގީ ވީ ވީނުން ހަނދާންނެތޭ ވާހަކަ

    35
    2
  6. ހެޔޮބަސް

    ސިޒޭރިއަން ހަދާ އަންހެނުން އެހާގިނަ ކުދިން ހޯދުން ބުއްދި ވެރިއެއްނޫން .. ނުރައްކަލަ ކާއި ކުރިމަތިލުން ކައިރި.

    36
    7
  7. ފާތުން

    9 ކުދިން. ވަރަށް ދެރަ.

    36
  8. ކާފަ

    އަތޮޅުތެރޭގެ ސިއްޚީ ނިޒާމަށް ދިރުން، ވައުދެއް ހަގީގަތަކަށް!

    24
    1
  9. އަހުމާލު

    މިކަމުގާ ލ. ގަމު ހޮސްޕިޓަ ލްގެއިހުމާލު ވަރައް ބޮޑު

    17
    11
  10. ާއަހްމަދު

    އުމުން 18 އަހަރުން ފެޝިގެ ކޮންމެ 18 މަސްދުވަހަކުން ބަލިވެއިދެ ވިހެއުމަކީ ހާދަ ވޭނެއް ތަހަމްމަލް ކުރަންޖެހޭނެ ކަމެކޭ މައްޔިތާއަށް ސުވަރުގެ
    މިންވަރުކުރައްވާށި އާމީން

    53
    4
  11. އަހުމާލު

    މިކަމުގާ ލ. ގަމު ހޮސްޕިޓަ ލްގެއިހުމާލު ވަރައް ބޮޑު އެކަނި ފާހާނާ އަށް ދިއުން އެއީ ހޮސްޕިޓަލްގެ އިހުމާލު

    22
    7
  12. ރީތި މޫސަ

    ކިޔަވައިގެން ތިބިޒުވާނުން ތިއްބާ ސަރުކާރައް ބަލަދުއަރާފަހުރި 1950ގެ އަޖޫޒެއް ހެލްތު ދާއިރާކުރިއަރުވަންލީމަ ވާންވީ ހައެތި ވަމުން މިދަނީ

  13. ހަސަން

    ކިތައް މީހުން މިއަހަރުވެސް ތިގޮތައް މަރުވެއްޖެ. ހަމަ ފަރުވާ ކުޑައީ.

    11
    1
  14. ސުހާނީ

    16 އަހަރުގައި ވިހަން ފެށިޔަސް ކޮންމެ 2.5 އަހަރަކުން ކުއްޖެއް..ކުރިން ކުދިން ވިހާފަ ފަހުން ސިޒޭރިއަން ހަދާފަ ވެސް ހުރެދާނެ. ހާދަ ހިތާމަވެރި ޚަބަރެކޭ. މައްޔިތާއަށް ހެޔޮރަޙްމަތް ލައްވަވާ ސުރަވރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި. އަދި މައްޔިތާއަށް ލިބިފައިވާ ދަރިންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ ޢާޢިލާއަށް ކެތްތެރިކަން ދެއްވާށި....އާމީން

    17
  15. ރަން ރީނދޫ

    ސިއްކަ ބޮޑު ވަގު ސިއްހީ ނިޒާމު ފުނޑާލައިފި.

    10
    1
  16. ލ.ގަމު މީހާ

    އެހޮސްޕިޓަލްގެ ހުރިހާ އިސްމަޤާމުތަކުގައި ތިބީ އެމްޑީޕީގެ އުޑެއް ބުޑެއްނުދަންނަ ބައިގަނޑެއް ގަމު ދާއިރާގެ މެންބަރ ސަންޕަތުގެ ބާރުން ހޮވާފަތިބިމީހުން އެއްވެސް ފެއްވަރެއްނެތަސް މަޑުހެދިފައެތިބީ މީމިހާރު މުޅިދިވެހިރާއްޖޭގެ ހާލަތު މިވަބާއިން ސަލާމަތްވާނީ އެމްޑީޕީގެ ބަލާވެރރިކަމަށް ނޫނެކޭ ބުނެގެން!

    12
    1
  17. ޙަސަނު

    މި ހަބަރައް ސިޔާސީ ކޮމަންޓް ކޮއްފަ ތިބި މީހުންނައް ބުނެލަން ، ކިތަންމެ ފެންްްވަރު ރަނގަޅު ހޮސްޕިޓަލެއް ، އަދި ކިތަންްމެ މޮޅެތި ޑޮކްޓަރުން ތިބި ކަމުގައި ވިޔަސް ، އެމީހެއްްްގެ މަރު އައިސް ޖެހުމުން ، ކިތަންމެ މޮޅު ފަރުވާއެއް ދިންކަމުގައި ވިޔަސް ، ވަގުތު ޖެހުމުން ކުރާނެ އެއްވުސް ކަމެއް ނޯންނާނެޔޭ ، ދެން ތިބުނާނީ ހޮސްޕިޓަލުން މިވަނި ނުވަތަ އެވަނިހެން ހެދިނަމަ ފުރާނަ ސަލާމަތް ކުރެވުނީހޭ ، އަހަރެން ހިތައް ހަމައަރަނީ ، އެހެން އެބުނާ ބަޔަކީ ހަމަ ހެޔޮވިސްނޭ ތަސައްރަފު ފުދިފަތިބޭ މީހުންބަވޭ . ނޫނީ

    7
    2
  18. އަދުހަމް

    ވޭތުވެ ދިޔަ 3 އަހަރު ސިއްހީ ދާއިރާއަށް އައި ބޮޑު އިންގިލާބަކީ މިއީތޯއްޗެއް؟

    4
    1
  19. ފުޅޮއި

    ވައިސް ޕްރެސިޑެންޓް ވިދާޅުވި ކަމަށް ފަލަސުރުޚީގައި އޮތް އަތޮޅުތެރޭގެ ސިއްހީ ހާލަތު އުޖާލާވެ ބަބުޅާ ވާހަކަ. އެކަމަކު ކޮންމެ ސައުވީސް ގަޑިއިރަކުން މިކަހަލަ ހިތާމަވެރި ޚަބަރެއް ނީވޭ ދުވަހެއްނުދޭ. ކޮބާތަ ހެލްތު މިނިސްޓްރީގަ އޮންނަ ޖެލްތުޕރޮމޯޝަން ބޯޑް. މީހުންހޭލުންތެރިކުރަން ކީއްބާ ކުރަނީ. ފުޓްބޯޅްކުޅޭމީހުންނާ އެކްޓިވިސްޓުން ލައިގެން ހަދާފަ އޮތްބޯޑެއްއެވެސް. ސިއްޙީ ހިދުމަތްދޭތަންތނުގަތިބީ ހުސް ގަމާރުން. ތަނެއްދޮރެއްނޭނގޭ ޕްލިޓިކަލް އެޕްއިންޓީންނޯ. ރައީސް މީހާ އަރާފަ ކިޔާނެ ކިޔަވާށޭ. ކިޔަވައިގެން ތިބޭ މީހުން އެއްފަރާތް ކުރަމުން މިހެންބުނިމާ ވަރަށް ކަޑަ.

  20. ޗ

    އާރުޓީ

  21. ޢާޢިޝާ

    ޢެމީހާގެ އަންހެން ކުއްޖެއް ހުރިނަމަ މަށަށްދީ

  22. ޢިންޑިޔާ

    ޢިންޑިޔާ ޑޮކްޓަރެއް ބާ؟؟؟ 🧐🧐🧐

    • ާިްަެައަލީ

      މަސްޓް ބީ

  23. އަދުހަމް

    ސިއްހީ ދާއިރާއަށް މި ސަރުކާރުން މިއޮތީ ހާދަ ބޮޑު އިންގިލާބެއް ގެނެސްފައޭ ދޯ. އަދިވެސް ލަދެއް ހަޔާތެއް ނެތި ދޮގުހެދޭތޯ ބަލާތި ވޯޓު ހޯދަން