ލ. އަތޮޅު ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ގަމު ކައުންސިލާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެކަމަށެވެ. އަދި

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަޝްރޫއުތަކެއް ބަޖެޓްކޮށްފައިވާ އިރު މި މަޝްރޫޢުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫއާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮއްދެއްވުމަށާއި، ރަށުގެ ސިއްހީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް ވަނީ ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުދާނެއޭ

    ކެންސަރު ހޮސްޕިޓާ އަޅަން މެޑިކަލީ އަދި އިކޮނޮމިކަލީ ފީސްބްލް ވާނީ މާލޭގައޭ މިސާލު އެފެންނަނީ އައްޑޫ ޓާރޝަލީ ހޮސްޕިޓަލުން އެ ތަނަށް އެހެން އަތޮޅެއްގެ މީހުން ދޭތޭ ނޫން ނުދޭ ދޯ އެމެން އެންމެން އަންނަނީ މާލެ ސަރަހައްދަށް ދޯ ލާމު އަތޮޅަކީ އެއީ މާރާމާރީ އާއި މަސްތުވާތަކެތީގައި އަރާ ހުރި ތަނެކޭ ވަކިން ޚާއްސަ ކޮށް ގަމަކީ އޭގެ ކިއްލާ އެކޭ އަދި ތަކެތީގެ އަގު އިންތިހާ އަށް ބޮޑު ތަނެކޭ މާލެ އާއި ވާދަ އަށް ތަކެތީގެ އަގުބޮޑު ކޮށް ވިއްކަނީ ޕޭޝަންޓުން ނުދާނެއޭ ނުދާނެއޭ ނުދާނެއޭ ނުދާނެއޭ ނުދާނެއޭ ނުދާނެއޭ

  2. ނަޒީ

    ނާޅާނެ ނޭޅޭނެ! ނާޅާނެ ނޭޅޭނެ! ނާޅާނެ ނޭޅޭނެ! ނާޅާނެ ނޭޅޭނެ! ނާޅާނެ ނޭޅޭނެ! މި ދޫފޮރޮޅި ހުރިހާކުދިން ކިޔާބަލަ!