ދިރުވާލައިގެން ރާއްޖެއަށް ރަނާއި އެހެނިހެން މައުދަންތައް އެތެރެކުރި އިންޑިއާގެ މީހަކު ޖޫރިމަނާކޮށް އެ ތަކެތި ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުލްމަނާފް އަޔަންކޯލީ ރާއްޖެއަށް ދިރުވާލައިގެން ރަނާއި އެހެނިހެން މައުދަނަތައް އެތެރެ ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އޭރު އޭނާގެ އަމަލުތައް ހުރި ގޮތުން ކަމަކަށް ޝައްކު ކުރެވޭތީ ލަގެޖާއި ހަށިގަނޑު ޗެކް ކުރިއިރު، ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވިގެން ވަނީ ހައްޔަރު ކޮށްފައެވެ.
މި ދައުވާ ހުށަހަޅަމުން ޕްރޮސެކިއުޓަރ ޖެނެެރަލް އޮފީހުން ބުނެފައިވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސް ހަށިގަނޑު ސްކޭން ކުރުމަށްފަހު އޭނާގެ ހަށިގަނޑުގެ ތެރޭގައި "ލައިކްލީ މެޓަލިކް ފޮރިން ބޮޑީސް" ހުރި ކަމަށް ސީޓީ ސްކޭނުން ދެއްކި ކަމަށެވެ.
އަދި އޭނާ ބޮޑުކަމު ދިޔައިރު ބޭރުވި ހަތަރު ބުލެޓުން ގާތްގަނޑަކަށް 605.8 ގްރާމްގެ ރަނާއި އެހެނިހެން މާއްދާތައް ހިމެނޭ މިކްސްޗާއެއް ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ދައުވާ އަށް އޭނާ އިއުތިރާފް ވުމުން ކްރިމިނަލް ކޯޓުން ވަނީ 60،000 ރުފިޔާ އިން އޭނާ ޖޫރިމަނާކޮށް އެ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށް، ރަނާއި އެހެނިހެން މައުދަނަތައް ދައުލަތަށް ނެގުމަށް ވަނީ ހުކުމް ކޮށްފައެވެ.
މިވެސް ކަސްޓަމްސް އޮފިސަރުންގެ ހުސިޔާރުކަން ވަސީލައްތައްމަދު ތަނެއްގާ މިހާރުވެސް މަސްތުވާތަކެއްޗާ އެނެހެންތަކެތިހޯދުމުގާ ކުރީގާ ކަސްތަމުސްއޮފިސަރުން ކޮބައިދެންތިބިބަޔަކު ކޮންމެ ގާނޫނެއް ފާސްވީ ކަސްޓަމްސް ބަދުވެކަން ؟؟ދެރަކަންތައްދޯ؟؟
އިމާރާތުގެ ބޭރުގަ ކުލަލާފަހުރުމުން ވ.އުފާވެއްޖެ.